ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. މާފަރަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
21 ޖުލައި 2025 - 12:40
ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ނ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މާފަރު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، އުމްރާނީ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ އެ މަނިކުފާނުގެ ވައުދުފުޅެކެވެ. އެހެންވެ، އެހެންވެ، ޕްލޭންތަކަށް ފަހު އޭގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ނ. މާފަރަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާ--- ފޮޓޯ: ރައީސް އޮފީސް
އޭގެ ތެރޭގައި މާފަރުގެ މަގުތައް ހަދަން ފެށުން މި އަހަރަށް ޕްލޭން ކޮށްފައިވާ ކަމަށާއި އެ ރަށުގެ ތަރައްގީ އަށް ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވާ މިންވަރަށް ޒަމާނީ ފެންވަރުގެ ސިއްހީ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
ކައުންސިލާއި އެ ރަށު ސްކޫލުން އެދުނު ގޮތަށް ހަތަރު ކްލާސް ރޫމް އަޅައި ފުޓްސަލް ދަނޑު ހެދުމުގައި ލަސްވެފައިވާ ލަސްވުމަށް ހައްލު ގެނެސް، އެ މަޝްރޫއު ހިމެނޭހެން ކުޅިވަރުގެ ގިނަ ވަސީލަތްތައް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިން
22 July 2025
ރޮގެެއް ދަމާލާނެ. އެ އޮތީ މަގު ހެދިފައި.
ރިފާއު އައްބާސް
22 July 2025
ސާބަހޭ ރައީސް. ތީ ވެރިންނަކީ.
ނަމަނަމަ
21 July 2025
ނަމަނަމަ ވޯޓުނުދޭތި، އެއްވެސް ކަމެއްނުކުރެވި 2 އަހަރު ބޭކާރުވީ، އަދިވެސް ދޮގުވަޢުދުތައް އާކުރަނީ.
ހޮޓްކިންގ
21 July 2025
ތީ ހުސްދޮގު. ވޯޓަކާއި ގާތްވާހެން އެބަހީވޭ. އެހެރީ ފެނާއި ނަރުދަމާގެ ނިޒާމު ހުއްޓުނު ރަށްރަށުގާ އެކަން އެ ހުއްޓުނުގޮތަށް ކުރިއަށްް ނުގޮސް. މުއުއްޒު ވިދާޅުވީމު ވެރިކަން ލިބޭދުވަހުން ފެށިގެން އެފަދަ އެއްބަސްވުންތައް ބާތިލްކޮށްފައިނަމަވެސް އެ މަސައްކަތް ނިންމާނަމޭ. 2 އަހަރުވަނީ ކޮބާ އެއްކަމެއްވެސް ނުހިނގާ. ހުސްދޮގު.
1818
21 July 2025
ހޮޅި ވާހަކަ!
ވާނުވާ....
21 July 2025
ދަށްކަވަން ހުރި ތަނެއް ދަށްކަވާފަ ގެންދަވާނީ
އ އަހްމަދު
21 July 2025
މީހަމަ ކައުންސިލް އިންތިހާބައް ޖަހާކަޑަތަކެއް މިގައުމުގެ އިގްތިސާދީހާލަތު މިވަގުތު މިކަހަލަކަމަކަށް ތަންނުދޭކަންއެއީ އެންމެއާދައިގެމީހާއަށްވެސް އެނގޭކަމެއް ރައްޔިތުން ގުބޯހައްދަންހެޔޮނުވާނެ
ޙުއްތު
21 July 2025
ދުބާއީ ގޮތަށް މަގުތައް ވެސް ހަދާލާތި، އަދި ދިވެހިންވެސް އަރަބި ޖުއްބާއާ ފަގުޑި އަޅާ ގޮތަށް ހަދާލީމަ ވަރަށް ސަޅިވާނެ
އަސަރޭ
21 July 2025
ބައްލަވާ ރައީސް.. މިހާރުވެސް މިއުޅެނީ ޗައިނާ މީހުން މާލޭގެ މަގުތައް ހަދާވަރުން ޓްރެފިކް ތޮއްޖެހޭވަރުން.. ދެން އަނެއްކާ ހުރިހާ ރަށެއްގައި މަގު ހަދަން ފަށައިފިއްޔާ ރައްރަށުން ރައްޔިތުން ބާލަންޖެހުދާނެ..
88888888888
21 July 2025
މީހަކު ބުނި ވެރިކަމަށް އަރާ ފުރަތަމަ މަސް ތެރޭ މުޅި މާލޭގައޮ ތާރު އަޅާނަމޭވެސް