އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޫކުރާ އިންޖީނުތަކެއް މަރާމާތުކުރުމުގެ މަސައްކަތް ފެނަކަ މުވައްޒަފުންތަކެއް ކުރަނީ.---ފޮޓޯ: ފެނަކަ
21 ޖުލައި 2025 - 14:06
އައްޑޫގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލަ ހައްލުކޮށް، މިހާރު ބޮޑު ބަޔަކަށް ކަރަންޓު ދީފައިވާ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.
މުޅި އައްޑޫން ކަރަންޓު ކެނޑުނީ މެންދުރު 12:30 ހާއިރެވެ.
ފެނަކައިން ބުނީ އައްޑޫގެ ހަ ސަރަހައްދެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. ކަރަންޓު ނުދީ ހުރި ސަރަހައްދުތަކަށް ވެސް ވަރަށް އަވަހަށް ދޫކުރެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު "މިހާރު" އަށް ވިދާޅުވީ އެއާޕޯޓާއި ރަށުގައި ހިދުމަތްދޭ ގިނަ ތަންތަނުން ވެސް ކަރަންޓް ކެނޑުނު ކަމަށެވެ.
"ފެނަކައިން ބުނީ އިންޖީނުތަކަކަށް މައްސަލައެއް ދިމާވެގެން މުޅި އައްޑޫން ކަމަށް މިއަދު ކަރަންޓު މި ދިޔައީ. ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫގެ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވެ ކަރަންޓު ބޭނުންކުރާވަރު އެންމެ އިތުރުވާ ގަޑިތަކުގައި ކަރަންޓު ކަނޑާތާ ދެ ދުވަސް ވެއްޖެ އެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެއްވެސް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ބުނެ އައްޑޫ މީހުން އަބަދުވެސް ނުރުހުން ފާޅުކުރެ އެވެ.
އައްޑުއަށް ޒަމާނުއްސުރެ ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފެނަކައިން ވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ)އާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު ސަމާހް
22 July 2025
ދާއިމަށް އައްޑޫ މިކަމުގެ ހައްލު މިސަރުކާރުން ގެންނާނެ. ބަލަން ތިބޭ
މުޝައްރަފް
22 July 2025
އައްޑޫ ރައްޔިތުންގެ މައްސަލަތަކަށް މިސަރުކާރުން ކަންކަން މިދަނީ ކުރަމުން. އެހެން ސަރުކާރުތަކާ ހިލާފަށް އަވަސް ހިދުމަތެއް މިދެނީ ދެމުން.
ހުސަ
22 July 2025
އައްޑޫސިޓީގެ ކަރަންޓް މައްސަލަ ޙައްލެއްނުލބި އޮތްއޮތުމަކީ އެއަތޮޅުގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް! ކަރަންޓް ކަނޑައިގެންދާލެއް ގިނަވުމާއި ކުއްލިކުއްލިއަށް ކަރަންޓް ކަނޑައިގެން ދިއުމުން ގޭތެރޭގައި ގެންގުޅޭ ކަރަންޓް އާލާތްތައް ހަލާކުވެ ރައްޔިތުންނަށްވާ ގެއްލުންވެސް އިންތިހާއަށް ބޮޑު! މިކަން ޙައްލުވާނެ ދުވަހެއް ނޭނގޭ! މިކަމަށް ޙައްލެއް އޮތީ މުޅިން އާކަރަންޓް އިންޖީނުގެ އަށް އަޅާ ވަޓްސެލާ އިންޖީނުތައް ބަހައްޓައިގެން 50 މެގަވޮޓް އުފެއްދިގެން!
އައްޑޫ ދީދީ
22 July 2025
އޭރުވެސް ހީވިއޭ އިއްޒަތްތެރި އަފީފު ދީދީ މި ތަނުން ފެންނާނޭ
އިސްރާފް
22 July 2025
ބޮޑެތި އާބާދީތަކަށް ކުރަން ޖެހޭ ކަންކަން ލަސްނުކޮށް ކުރަން ދަސްކޮށްބަލަ، އެއްފަހަރު ތަނެއް ހުޅުވާއިރު ހަވާނޭރުވިޔަސް ރައްޔިތުން ބަލައިގަންނާނެ.
އޮނަރަބްލް އަފީފު ދީދީ
21 July 2025
ޙަޤީގަތަކީ 8 މެގަވޮޓްގެ 12 ޖެން ސެޓް ބަހައްޓައިގެން ގަނޑިހަމަވުމުން ކުރާންޖެހޭ ސާވިސް އަދި އޯވަހޯލް ކުރުންފަދަ ކަންކަންކުރުމާއިއެކު ކަރަންޓްކަޑާނުލާ އައްޑޫރައްޔިތުނަށް ކަރަންޓް ދެވިދާނެކަން. އަދި މިހާރުހުރި 26 ޖެންސެޓް ހިންގުމަށާއި، އޯވަރހޯލްކުރުމާއި ހޯދާންޖެހޭ ޕާޓްސް ހޯދުންފަދަ އަދި ނިސްބަތުން ތެލައްކުރާ ޙަރަދުވެސް 26 ގަނޑެތި ހިންގުމަށްވުރެން މިދެންނެވިގޮތަށް 8 މެގަވޮޓްގެ 12 ޖެނަރޭޓަރ ހިންގުމުން ކުންފުންޏަށް ފައިދާވެސް ބޮޑުވެގެން ދާނެކަން.
އުންމު އަފީފް
22 July 2025
ތިއައީ ތިރަށު މީހުންނަށް ޙައްޤު މިންވަރު. އެހެން މީހަކަށް މޮޅެއް ލިބިދާނެތީ މުޅި މީހާ ހަލާކުވަނީ.
އޮނަރަބްލް އަފީފު ދީދީ
21 July 2025
އައްޑޫސިޓީއަށް ބޭނުންވާ 60 Megawatt ކަރަންޓް އުފެއްދުމަށްޓަކާ FENAKA ކުންފުނިން ހިންގާ އައްޑޫ ސެންޓްރަލް ޕަވަރ ހައުސްގައި އެކިވައްތަރު އެކިފާޑު ފާޑުގެ ބުރޭންޑެއް އުފެއްދިތާރީޙެއް ހާމަނުކުރާ 26 ގަނޑެތި މިހާރުވެސް ހުރިކަމަށް ފެނަކައިން ބުނޭ. މީގެތެރެއިން 6 ޖެންސެޓް މުޅިން ހަލާކުވެފައިވާއިރު 4 ޖެނަރޭޓަރ ޕާޓްސް ނެތުމުގެސަބަބުން ވަނީ ހިންގޭގޮތް ނުވެފައި. މިހާރު ހިންގަމުންދަނީ "ރައީސްގެ ހެޔޮފުޅުކަމުން ރޯދައަށް ފޮނުވި 2 ޖެނަރޭޓަރާއިއެކު 18 ޖެނަރޭޓަރ.
ތެމޫ...
21 July 2025
އައްޑޫ ގެ ފެނަކާ ޖެހޭނީ ވަކި ކުންފުންޏެއް ގޮތުގައި ހިންގަން. މި ހެޑްއޮފީހުގެ ތިބިމީހުންނަކައް ނޭގޭ ފެނަކާ ހިންގަން. ބަލަން ތިބޭތިއަދިވެސް ކިތަންމެ ފަހަރަކު ކަރަންޓް ކެޑޭނެ
އޮނަރަބްލް އަފީފު ދީދީ
21 July 2025
ކ.މާލޭގެ ފެނަކަ ކުންފުނީގެ ސަބަބުން އައްޑޫމީހުންގެ ގޭގޭގައި ގެންގުޅޭ ކަރަންޓް އާލާތްތައް ހަލާކުވެ، ވިޔަފާރިވެރިންގެ ފިނިކުރި މުދާތައް ނައްތާލަންޖެހި އައްޑޫ ރައްޔިތުނަށް މިކަން މުސީބާތަކަށް ވެފައިވާއިރު މިކަންހައްލުކުރާން މާލޭސަރުކާރުން މަސައްކަތެއް ނުކުރާތަނުގައި ވެރިކަމުގައިހުންނެވި މީހާ އެއްޗެއްވެސް ބުނެނުލާ. އެކަމަކު އިހައްދުވަހު މާތްވެގެންވާ މުޤައްދަސް ރަށްކޮޅުން 1 ގަނޑި އިރަށް ކަރަންޓް ދިއުމުން އެކަން ތަޙްޤީގު ކުރަން ކޮމިޝަން ވެސް ހެއްދެވި.
އޮނަރަބްލް އަފީފު ދީދީ
21 July 2025
އައްޑޫ އިން ކަރަންޓް ކެޑޭއިރުވެސް ވުޒާރާ ހިންގަން ހުރިމީހާ އުޅެނީ "ސްމާޓް މީޓަރ" ހަރު ނުކުރެވިގެން؟! ފެނަކަ ކުންފުންޏަށް އެންމެބޮޑު އާމްދަނީ އެއްލިބޭ އަދި ކުންފުނީގެ މަސައްކަތް ކަމުގައިވާ ކަރަންޓް ވިއްކުމުގެ ވިޔަފާރި އެންމެ ފުޅަކޮށް އޮތް އައްޑޫސިޓީގެ މުޅި އޮޕަރޭޝަނަށް ކުރާ ޙަރަދަށް ވުރެން ބޮޑު ހޭދައެއް ކުންފުނީގެ އެއްވެސް މަސައްކަތެއްނެތް ކ.އަތޮޅު މާލޭގައިހުރި ހެޑް އޮފީސް ޙަރަދަށް ހިގާ! މިއީ މާލޭމީހުނަށް ވަޒީފާދޭން ހިންގާ ކުންފުންޏެއްވީމާ ވާގޮތް.