އުއްތަމަ ފަނޑިޔާރުގެ މަގާމުން އިއްޔެ ރިޓަޔާ ކުރެއްވި މުއުތަސިމް: އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި --- ފޮޓޯ/ރައީސް އޮފީސް
21 ޖުލައި 2025 - 16:42
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދުން ފެށިގެން އެ މަގާމުން ރިޓަޔާވެ ވަޑައިގަތުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް މިއަދުން ފެށިގެން މަގާމުން ވަނީ ރިޓަޔާ ކުރައްވާފައިވާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައިވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖްރިބާ ހުރުމެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ނަން ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް 2019 ވަނަ އަހަރު އައްޔަން ކުރެއްވި މުއުތަސިމްއަކީ ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާވެ ވަޑައިގަތް ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މުއުތަސިމް އޭގެކުރިން ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.
މުއުތަސިމް ރިޓަޔާ ކުރެއްވުމުން ސުޕްރީމް ކޯޓުން ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާ ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖޮން
21 July 2025
މިވެރިންގެ ރާއްޖެއިން ދެނެއް ޢަދުލު އިންސާފެއް ނުލިބޭނެ ޅިޔަނަކު ހަމަޖެއްސީމާ ރަގަޅުވާނެ!
އޮނަރަބްލް އަފީފު ދީދީ
21 July 2025
ލިޔެކިއުން ތަކުގައި ކިތަންމެ ވަރަކަށް "ޝަރަފުވެރިކަމާއި ޢިއްޒަތާއި އެކު އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމުން ރިޓަޔަރ ކުރެއްވިކަމަށް" ލިއުނު ކަމުގައި ވިޔަސް ދައުލަތުގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމްގައި ހުންނަވައިގެން މަރުޙޫމް ހުސަން ސަލާޙުއްދީނަށް ކާފަ ވިދާޅުވާ ކ.މާލޭ ގުލްފާމްގޭ ތިޔަ ފިރިހެންމީހާ ކަންކުރެއްވިގޮތް ދިވެހި ރައްޔިތުނަށް އޮޅިފައި ނުވޭ. މުއުތަސިމް އަކީ ނަޒާހަތްތެރި ގޮތެއްގައި ހުންނަވާ މީހެއްކަމަށް ކުރިން ހީކުރެވުނީތީ މިހާރު ދެރަވެސްވޭ.
ލޮލްސް
21 July 2025
ނޭނގޭ، ކިޔާދެއްވަންވީނު
އިއްޒަތު
21 July 2025
މިވެރިކަން ދެމިއޮތްހާ ހިދަކު ސްޕްރިމްކޯޓްންކުރާ އެއްވެސް ހުކުމަކަށް ދިވެހިން ދެނެއް އިތުބާރެއްނުކުރާނެ އެއިތުބާރު މިހާރު އެއްކޮށްވަނީ ގެއްލިއްފަ! ވެރިމީހާ އެއިތުބާރު ގެއްލުވާލައިފި! ދެންމިރާއްޖޭގެ ކޯޓްތައް ހިންގާތަނަކަށް މިނިސްޓްރީއޮފް ޖަސްޓިސް އުފައްދާ އެތާގެދަށަށް ހުރިހާ ކޯޓެއް ބަދަލުކޮށް ފަހުބަސް ބުނާމީހަކީ ރައީސުލް ޖުމްހޫރިއްޔާކަމަށް ހަމަޖެއްސީމާ ރަގަޅުވާނެ! މީއެވެރިންގެ ރާއްޖެ.
ސަންޑޭ
21 July 2025
ޝަރަފުވެރިކަމާއި އެކުގައި ތޯ ނޫނީ ލަދުވެތި ކަމާއި އެކުގައި ތޯ އިސްތިއުފާ ދިނީ ކަނޑައަޅާނީ ރައްޔިތުން.
ރަމަ
21 July 2025
ކޮންމެވެސް ޅިޔަނަކަށް ހަމަޖައްސާލީމާ ރަގަޅުވާނެ ތިކަން ގެންދާނެގޮތާއި ދާނެގޮތް ދިވެހިންނަށް މިހާރުއެގޭނެ މިއަދުން ފެށިގެން ކޯޓްތަަކަށް އަތްބޭނުން ނިމުނީ!
ތައްހާނު..
21 July 2025
"ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖްރިބާ ހުރުމެވެ" ... މިޝަރުތުތައް ކަމަކު ނުދޭ. އުއްތަމަ ފަޑިޔާރަށް ވާން ޖެހޭނީ މިއަށްވުރެއް ތަޖުރިބާ ހުންނަ މީހެއް. މިޝަރުތު ހަމަވެދާނެ މިހާރު ވަކީލުކަންކުރާ ދެކޮޅު ނުޖެހޭ ސިޔާސީ މީހުންވެސް.
×ސ
21 July 2025
މީހަކު ހަމަޖައްސާފަ ދެން ކޮން އިއުލާނެއް ތި ކުރަނީ. ކޮސްވެއްޖައިން.
ލަތީފާ
21 July 2025
އުންމީދު ކުރަން މުއުތަސިމް ދައުލަތުން ތިޔަ ބޮޑު އިނާޔަތް މަހުން މަހަށް ނަގައިގެން ދައުލަތް ދަރާ ދަރަނި ދައްކަމުން ދާއިރު، ސްކޫލްތަށް ނެހިދި ވާއިރު، ހޮސްޕިޓަލްތަކުން ފެން ފައިބާއިރު، މަގުތަށް ވީރާނާވެފައިވާއިރު، ޔަތީމުކުދީން ބަލާ މަރުކަޒުގަ ކުދީންނަށް ބޭނުންވާ ޒަރޫރީ ހަރަދު ނުކުރެވިވާއިރު، ރައީސް މައުމޫނު، ޔާމީނު، ނަޝީދު، ވަހީދު، އިބޫ ހެން އިނާޔަތް ނަގައިގެ އުފަލުގަ އުޅެލާ! މުއީޒް ހެން ހަވާ 3 މިނެޓަށް އަރުވާ އިސްރާފް ކޮށްލާ!
ކުރުނބާ
22 July 2025
ދެން މީގަ ވާނެގޮތަކީ ފަސޭހައިން ލިބެން އޮތް އެއްޗެއް ކޮންމެ މީހަކުވެސް ނަގާނެ. އަހަރެން ހަމައެކަނި ނުނެގިޔޭ ކިޔާފަ ތިޔަހުރިހާކަމެއް ވާނެތަ :ޕ
ލަބީބާހު
22 July 2025
އެކަނި ހުންނަން ޖެހުނަސް އިންސާފު، ނަޒާހަތްތެރިކަން، ތެދުވެރިކަން، ހަލާލު މަސައްކަތުން ފައިސާ ހޯދުން މިއީ ހިފަހައްޓަންޖެހޭ ކަންކަން! މުއްތަޒިމް ނުޖެހޭ ގޭގަ ކުލިދައްކަން މިކަންކަން ދޫކޮށްލަން! އެއަށް ވުރެ ފުދޭ އާއިލާއެއް! ދެން ކީއްކުރަން މިހެން އުޅެންވީ! ދެރަ
ެބަޑިއެދުރު
21 July 2025
ޕަޕެޓެއް ލާން ތަ؟
ކުރިއަރަ
21 July 2025
މަގާމަށް ދަހިވެތިވެ ޝަހީދުވާމީހަކު އެބައުޅޭ އެބާވަތުގެ މީހުން ވަރަށް ނުރައްކާވާނެ