މަނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
22 ޖުލައި 2025 - 07:24
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އަންނަ އަހަރު އެއް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅުގެ 13 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މަނަދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މުޅި ރާއްޖެ އަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުގެ ދަތިކަން ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް މި އަހަރު ވެސް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ގެދޮރުގެ މައްސަލަ އަށް އެދެވޭ ހައްލެއް ގެނެސްދިނުމަށް ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ކަމަށާއި އެ ކަމަކު އެއް އަހަރުން ހުރިހާ ތަނެއްގެ މަސައްކަތެއް ނުފެށޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އަންނަ އަހަރު 1،000 މިލިއަން (އެއް ބިލިއަން ރުފިޔާ)ގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރެއިން، މަނަދޫގައި ވެސް ބައެއް މަޝްރޫއުތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. މިހާރު އިއުލާން ކޮށްފައިވާ 50 ހައުސިން ޔުނިޓަކީ އޭގެ އެއް ބައެވެ.
އަންނަ އަހަރު އިތުރު 50 ހައުސިން ޔުނިޓާ އެކު، އެކި އަހަރުތަކަށް ބަހާލައިގެން މަޝްރޫއުތައް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން "ހިޔާވަހި" ނަމުގައި މި ސަރުކާރުން ވަނީ ލޯނު ސްކީމެއް ތައާރަފްކޮށްފަ އެވެ. ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރަނީ 25 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.
މަނަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ
- އާބާދީ ބޮޑު މަނަދު އަށް ނަރުދަމާގެ މައްސަލަ ދިމާވާތާ 10 އަހަރުވެއްޖެ. އެހެންވެ، އެ މައްސަލަ ހައްލު ކުރުމާއި މަނަދޫގެ މަގު ހަދަން އަންނަ މަހު އާރުޑީސީއާ ހަވާލުކުރާނެ. އަންނަ އަހަރު ނިމެން ވާއިރަށް ނަރުދަމާ ނިޒާމް އެއްކޮށް ނިންމައި، މަގު ހަދަން ފަށާނެ.
- ހޮސްޕިޓަލްގެ އާ އިމާރާތް އަޅާނެ. އޭގެ ކުރިން ތެރަޕީ ފަރުވާތަކާއި ނަފްސާނީ މައްސަލަތަކަށް ފަރުވާ ދޭން މި އަހަރު ފަށާނެ
- ކުރީގެ ސަރުކާރުން ހަވާލުކުރި ސްކޫލުގެ އާ އިމާރާތުގެ 75 ޕަސެންޓު ނިމިފައި. އެކަމަކު، މަސައްކަތް ދިގުލައިގެންދާތީ، އެންމެ ފަހު ފުރުސަތު ދީގެން ނަމަވެސް އެކަން އަވަހަށް ނިންމައިދިނުން
- ފިޓްނެސް ރިކްރިއޭޝަން ކްލަބު ގާއިމްކުރުމާއި އައުޓްޑޯ ޖިމާއި ވޮލީ ކޯޓެއް ގާއިމްކުރުން
- އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ރަށުގައި ހެދުން
ރައީސް ވިދާޅުވިގޮތުގައި، ސިއްހީ ދާއިރާ އަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ އެވެ. އޭގެ ތެރެއިން، ވަށައިޖެހޭ ފަރުވާ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ރަށެއްގައި ކޮންމެ ރައްޔިތަކަށް ވެސް ވަރަށް މުހިއްމު ކަމަކަށް ވާތީ އަޅުގަނޑުމެން ވަރަށް އިސްކަމެއް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ސިއްހީ ހިދުމަތް ގާއިމް ކޮށްދެއްވުމަށް، ވަށާޖެހޭ ސިއްހީ ހިދުމަތް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕްރިވެންޓިވް ހެލްތު ކެއާ އަދި ބަލިވުމުން ބޭސްކުރުމަކީ އެއްކޮށް ކުރިއަށް ގެންދަންޖެހޭ ކަމެކެވެ. އޭގެ ތެރެއިން، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރަން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި އަދި ވަރަށް ގިނަ ކަންކަން ނިމެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި މަހުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ދޭ ބައެއް ތަންތަން ނިންމައި ހުޅުވާނެ ކަމަށާއި އަދި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ވެސް އެ މަސައްކަތް ދާނެކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބޭސްފަރުވާ ހޯދުމަށް މަނަދޫއިން، އެ އަތޮޅާ ޖެހިގެން އޮންނަ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފަސޭހައިން ދިއުމަށް އާރުޓީއެލް ފެރީ ފަށަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ދަތުރުތައް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
22 July 2025
މިއަހަރުގެ ބަޖެޓުގައިވެސް ބޯހިޔާވަހިކަމަށް ބިލިޔަނުން ފައިސާޖެހި. އަހަރު ދެބައިވެގެން ދިއައިރުވެސް ގާބުރިއެއްވެސް ނުބޭއްވޭ. ރައްޔިތުންގެ އާންމު ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް. ބަޖެޓުޖެހިދާނެ ޓުރިޔަން ވެސް. ބަޖެޓުގައި އަދަދެއް ޖެހުމަކީ ކަންވުމެއް ނޫން
މަގޭ ޚިޔާލު
22 July 2025
މި ރާއްޖޭގައި ރައްޔިތުންނަށް ނަފުސާނީ ފަރުވާދީފައި އެހެން ކަމެއް ކުރާކަށް ދައުލަތެއްގައި ފައިސާއެއް ނުހުންނާނެ. މިތިބީ މުދަލާއި ފައިސާއަށް ދަހިވެތިވެފައި ކަންނެތްވެފައި ވައްތަރެއްގެ ނަފުސާނީ ބަލިމަޑުކަމެއްގައި. މި ބަލީގެ އަލާމާތަކީ އަބަދު ސަރުކާރުން އެހީއަށް އެދުމާއި އަތުންފައިން ކަމެއް ނުކުރުމާއި ދުވާލު ހަތަރުދަމު ސިޔާސީ މީހުންނަށް ބެވުމާއި މެންބަރުންގެ ފަހަތުން ސަލާންޖަހަން ދުވުމާއި ތާއަބަދު ކޮފީއާއި ސިގިރޭޓް ބުއިމާއި ބިދޭސީ ނޯކަރަކު ހޯދުން.
ކަލޭވެސްތަ؟
22 July 2025
ނަމޫނާ ދައްކަންތިބޭ މީހުން އުޅޭގޮތް ބުނެވިފަ ތިއޮތީ!
ދޮގު ހަދަން ދަސްކުރަންވެއްޖެ!
22 July 2025
އަހަރެމެންވެސް ވޯޓްފޮށިތަކަށް ވޯޓް އަޅާ ފުރާލާނަން.
ސްކޭމެއްތަ
22 July 2025
ހަމަ ތިބީދައިން 2025 ވަނަ އަހަރަކީވެސް ބޯހިޔާވަހިކަމުގެ އަހަރޭ، ބިލިޔަން ބަޖެޓް ކޮއްފީމޭ ވިދާޅުވީ ރައީސް މުއިއްޒު ދެއްތޯ. އެއްކަމެއްވެސް ނުކުރެވޭތާގައި ދޮގުހެދުމާއި އޮޅުވާލުން ނޫންކަމެއް ކުރާން މިސަރުކާރަށް އެނގޭބާ؟ ސްކޭމަރުން ގައުމުގެ ވެރިކަމަށް ގެނެވުނީމާ އެއިގެ ހިތިރަހަ މިއަދު ދިވެހިން އަރުބުޑުގައި މިލަނީ. ވިސްނޭނެނަމަ ހާދަ ރަގަޅޭ. ސިޔާސީ ބޮޓުންތައްވެސް އެތިބެނީ ބުނާނެއެއްޗެއް ނެތި ފިތިފައި. ސަހަރޯ
ކޮސްނުގޮވާ ހުރޭ!
22 July 2025
މަޝްރޫޢުތައް ހުރީ ވަޢުދާ އެއްގޮތަށް ފަށާފަ. ހަޖަމު ނުވެގެން ތެޅިފޮޅެން ތި ފެށީ ކިހިނެއްވީ؟ ކެތްތެރިވޭ. 5 އަހަރު ނިމިގެން ފައިބައިގެން ދިޔައީ ބޯ ހިޔާވަހިކަން 0% ގަ ބާއްވާފަ. އެއްކަމެއް ނުނިންމާ. ނުވިތާކަށް ޔާމީނު ހަދާފަ ދިންތަންތަންވެސް ދައުރު ނިމެނިކޮން ދިނީ ރއްޔިތުން ބޮލަށް އަރައިގަތީމަ އޮބި ނޯވެގެން. އަސްލަމްގެ ވިސްނުން ހުރީ އެ 15 ޓަވަރު ތަޅާލަންކަމަށް އޭނަބުނި.
އަބުދުލް ޤާދިރު
22 July 2025
ފ. ނިލަންދޫގައި ބޭއްވި ސައުދާގެ ކެމްޕެއިން ޖަލްސާގަ ވެސް ވިދާޅުވި ކުރިއަށް އޮތް އަހަރު ތެރޭ ނިލަންދޫ ނަރުދަމާގެ މައްސަލަ ހައްލުކޮށް ދެއްވާނެކަމަށް. އަދި ވެސް ނިލަންދޫ ރައްޔިތުން ނަޖިހުގައި.
ހީހީ ސުލީހް
22 July 2025
ތިއަށް ކިޔާނީ ކަޑަޖެހުން. މިދިޔަ އަހަރުބުނީ މިއަހަރޭ.
އެއަރޕޯރޓް އިނީ ތީމަކަށް.
22 July 2025
ކައުންސިލް އިންތިޚާބްގެ ތީމް. "މަހެދި އެއަރޕޯރޓް"
ޢައްބާސްބެ
22 July 2025
ގިނަކަންކަން މިއަހަރު އެހެރީ ފަށާފަ، އަދި ވ ގިނަކަންކަން އެހެރީ ނިމިފަ. 5 އަހަރުގެ ދައުރު ނިމެންދެން ކެތްކޮށްލާ، ތަރްއގީގެ 5 އަހަރު ފެންނާނެ.
ނުނން
22 July 2025
އަންނަ އަހަރު. އަންނަ މަހު. އަންނަނީ. އަންނަނީ. މައްޗަކަށް ނާރަނީ. ހާމަ ކުރަނީ. 700 އަށްވުރެ އިތުރު ނުވަނީ. އާރުޓީއައި ލާން ނުޖެހެނީ. ޔޫރަޕު ބޭސް އަންނަނީ. ތުރުކީ ކާޑު އަންނަނީ. ރަސްމާލެ އަންނަނީ. ބިއްލޫރި ޓަނަލް އަންނަނީ. ބަންކަރިންގ އަންނަނީ. އިންޑިއާ ސިފައިން ބާލަނީ. ޑޯނިއާ ނުއުދުހެނީ. ބެކްޔާޑު ބުލީގެ ބަރޯސާ ނިންމަނީ. މޯޑީ އަންނަނީ. އަންނަނީ. ހަވަޔާއެކު ސަޕްރައިޒް އަންނަނީ.....
އެންމެން ހެޕީ
22 July 2025
ހުސް ހޮޅި ވާހަކަ.
އޮނަރަބްލް އަފީފު ދީދީ
22 July 2025
ގަސްތުގައި ކަންކަމުގެޚަޤީގަތް އޮޅުވާލަން އަސްލެތްނެތްވާހަކަ ރައްޔިތުނަށްފަތުރައިގެން އެފަދަކަންކަމަކީ ޙަޤީގަތްކަމަށްހަދައިގެން އެކަންކަން ކަރުދާހަށްބަދަލުކޮށް ވިޔަ އަދަދުތަކެއް އެކުވެރި ދައުލަތްތަކަށާއި ބައިނަލްއަޤުވާމީ މާލީއިދާރާތަކަށް ހުށަހަޅައިގެން ދިވެހިދައުލަތް ދަރަނިކޮށް ރައްޔިތުންގެ ބޯ ދަމައިނުގަނެވޭ ވަރަށް ދައުލަތުގެނަމުގައި ލޯނުނަގައިގެން ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން އެފައިސާ ކ.މާލޭމީހުނަށް ތަޅާހުސްކުރުން ހުއްޓާލަން ވެއްޖެ.
އުންމު އަފީފް
22 July 2025
މި ޤައުމު ޤައުމަކަށް ހެދީ މާލޭ މީހުން. ފައިސާފޮއްޗެއް ލިބޭއިރަށް ވިޔަފާރިކުރަން މާލެއަށް އައިމަ އެންމެ ރަނގަޅަށް ރަށް ތަރައްޤީ ވާނީ. ތިމާމެންގެ ޤަމާރު ކަމުން އެހެންމީހުން ކުރިއަރާ ދަނީ. މިއަދުވެސް އެހެން މީހުންގެ ކާމިޔާބީއަށް ބަކަހައްޓައިގެން ފާޑުކިޔަން ހުއްޓާ ތިމާމެން އަނެއްކާވެސް އެތައް ޖީލެއް ފަހަތަށް ސޮއްސާލަނީ. ދެންވެސް މާލެޔޭ ކިޔާލަ ކިޔާލަ އުމުރު ހުސްކޮށްލާ އޭރުން ރަށާ އާއިލާއަށް އަދާކުރަންޖެހޭ ވާޖިބު އަދާކުރެވުނީ.
އޮނަރަބްލް އަފީފު ދީދީ
22 July 2025
ޚަޤީގަތުގައި ތިޔަވިދާޅުވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ އެއްވެސްތާކު އޮތް މައްސަލައެއްނޫން. ކ.މާލޭގެ ޤާނޫނީ ރަށްވެހިންގެ އަދަދާއި، ތިރަށުން ދޫކޮށްފައިވާ ބަންޑާރަ ބިން ތަކާއި އެ ބިންތަކުގެ ސައިޒު އަދި އެ ބިންތަކުގައި ހަދާފައިހުރި އިމާރާތްތަކާއި އެތަނުގައިދިރިއުޅެވޭނެ މީހުންގެއަދަދާއި، ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމްގެ އިތުރުން އަމިއްލަ ފަރާތްތަކުން ހަދާފައިވާ ފުލެޓްތަކުގެ ހިސާބުތައް ހާމަކޮށްފިނަމަ މިކަން ވަރަށްރީއްޗަށް ހާމަވެ އިގޭނެ.