ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތައްޔާރުކޮށްފައިވާ ހުލާސާ މޮނިޓަރިން ރިޕޯޓާ ގުޅޭގޮތުން، އެ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރަނީ.-- ފޮޓޯ | މަޖިލިސް
23 ޖުލައި 2025 - 15:27
ޖިންސީ ގޯނާގެ މައްސަލަ ގިނައިރު، ރާއްޖޭގެ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގެ ތެރެއިން ރޭޕް އެވިޑެންސް ކިޓު ލިބެން ހުރީ އެންމެ ދެ ހޮސްޕިޓަލުގައި ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން (އެފްޕީއޭ) އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މޮނިޓަރިން ރިޕޯޓުގައި ފާހަގަވި ކަންކަމާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ އެފްޕީއޭއާ ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި އެފްޕީއޭ އިން ވަނީ ޖިންސީ ކުށުގެ ގާނޫނުން އެ އޮތޯރިޓީގެ މައްޗަށް ލާޒިމް ކޮށްފައިވާ، ރޭޕް އެވިޑެންސް ކިޓްގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކަންކަން ކޮމިޓީއާ ހިއްސާކޮށްފަ އެވެ.
މޮނިޓަރިންގެ މަސައްކަތްތައް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ކަމަށާއި މިހާތަނަށް މޮނިޓަރިންގެ ތިން ރިޕޯޓު މަޖިލީހަށް ހުށަހަޅައި މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފައިވާނެ ކަމަށް އެފްޕީއޭ އިން ބުންޏެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތައްޔާރުކޮށްފައިވާ ހުލާސާ މޮނިޓަރިންގް ރިޕޯޓާ ގުޅޭގޮތުން ބައްދަލުކުރުން.-- ފޮޓޯ: މަޖިލިސް
ޖިންސީ ގޯނާގެ މައްސަލަތައް އިތުރު ކަން ތަފާސްހިސާބުން ދައްކައި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ އެ އޮތޯރިޓީއަށް ހުށަހަޅާ ކޮންމެ އަށް މައްސަލައަކުން އެއް މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށެވެ.
އެކަމަކު، ޖިންސީ ގޯނާގެ އަނިޔާ ލިބޭ މީހުންގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ނެގުމަށާއި ޑޮކްޓަރުން ބަލަން ޖެހޭ ކަންކަން ބެލުމަށް އަނިޔާ ލިބޭ ފަރާތް ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންގޮސް ހަދަން ޖެހޭ ޓެސްޓުތައް ހެދޭނެ ވަސީލަތްތައް (ރޭޕް އެވިޑެންސް ކިޓް) ގިނަ ރަށްރަށުގައި ގާއިމްކޮށްފައި ނުވާ ކަމަށް އެފްޕީއޭ އިން ބުންޏެވެ.
އެ ބައްދަލުވުމުގައި އެފްޕީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާމިނަތު ޝިރާނީ ނައީމް ވިދާޅުވީ ރޭޕް އެވިޑެންސް ކިޓް ހުރީ ރާއްޖޭގެ އެންމެ ދެ ހޮސްޕިޓަލުގައި ކަމަށެވެ.
"ރޭޕް އެވިޑެންސް ކިޓް ހުރި ހަމަ އެކަނި ހޮސްޕިޓަލްތަކަކީ ހުޅުމާލެ ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް. މޮނިޓާ ކުރެވުނު 193 ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުގެ ތެރެއިން ވިކްޓިމް އެންޑް ޓްރޯމާ އިން ޓްރޭނިން ހަދާފައި ވަނީ އެންމެ ސިއްހީ ހިދުމަތްތެރިއެއް،" އޭނާ ވިދާޅުވި އެވެ.
ޝިރާނީ ވިދާޅުވި ގޮތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެ މުވައްޒަފު ތަމްރީން ފުރިހަމަކޮށްފައި ވަނީ އަމިއްލައަށެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތައްޔާރުކޮށްފައިވާ ހުލާސާ މޮނިޓަރިން ރިޕޯޓާ ގުޅޭގޮތުން ބޭއްވި ބައްދަލުވުން. -- ފޮޓޯ | މަޖިލިސް
އޭނާ ވިދާޅުވި ގޮތުގައި ރޭޕް އެވިޑެންސް ކިޓު ނެތް މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއާ އެ އޮތޯރިޓީން ވަނީ ބައްދަލުކޮށްފަ އެވެ. މި މަސް ނިމުނުގެ ކުރިން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ރޭޕް ކިޓްތައް ފޯރުކޮށް ދެވި، މި އަހަރު ނިމުގެ ކުރިން ވިކްޓިމް އެންޑް ޓްރޯމާއިން ޓްރެއިން ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަން ޝިރާނީ ފާހަގަކުރެއްވި އެވެ.
"މިނިސްޓްރީން ބުނަނީ ހުރިހާ ހޮސްޕިޓަލެއްގައި ވެސް އެ ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނެ ކަމަށް. ނަމަވެސް ރޭޕް ކިޓް ކިޔާފައި ވަކި އެއްޗެއް ނެތީމަ ނެތް ކަމަށް ބުނަނީ ކަމަށް،" ޝިރާނީ ވިދާޅުވި އެވެ.
ރޭޕް ކިޓްގެ ނަމުގައި ހޮސްޕިޓަލްތަކަށް އެ ވަސީލަތްތައް ފޮނުވަން ވެސް ހެލްތު މިނިސްްޓްރީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާޕުޑިއްލޭ
24 July 2025
އެހެންވީމަ ތިޔަކިޓުއޮތިއްޔާ (ރޭޕް އވިޑެންސް ކިޓް) އިތުރު އެވިޑެންސްއަކަށް ބޭނުމެއްނުވެ އޮންނާނީ ހުކުމްކުރުންތާ!!!.
ޕާޓޭބޮސް
24 July 2025
ތިޔަކިޓަކަށް ނޭގޭނެ ތީކީރޭޕް އެއްކަމެއް ނޫނީ ގުޅިގެންހިންގި ޖަރީމާއެއްކަމެއް ވަކިކުރާކަށް، އަދި ކުރިމީހަކުވެސް ތިޔަކިޓަކަށްނޭގޭނެ.
ޑރ ވާންޗޯ
24 July 2025
ހިއުމަންރައިޓްސް/ޖެންޑާ ކޮމިޓީއަށް ފެނުނީ ތިޔަކިޓެއް އެކަނިދޯ؟.ނަމްބަރު އަރުވާފަ މެޑަލްޖަހަންނޫނިއްޔާ ތީދެން ކޮންސަކުވާއެއް؟. ތިޔަ ކިޓްތީ އެއްހޮސްޕިޓަލުން އަނެއްހޮސްޕިޓަލަށް ގެނެވޭނެއެއްޗެއްވެސްނޫންތަ؟. ހުރިހާފާމަސީއެއްގަ ހުރިހާބޭހެއްވެސް ނުހުރޭދޯ؟. ބައެއްފަހަރު އެއްފާމަސީއަކުންވެސް ބޭހެއްގަންނަންނުލިބިގެން އަލުން ބޭސްސިޓީ ބަދަލުކުރަންވެސްދާންޖެހޭ.
އޭނަ
24 July 2025
ކޮބާބާ ތިކަމުގަ ހެލްތް މިނިސްޓަރީ އާއި ހޮސްޕިޓަލް ތަކުގެ ޒިންމާ... މުސާރަ ލިބޭނެ ކޮންމެ މަހެއް ނިމުނީމަ.
ޒިޔާ007
24 July 2025
ދެން ރޭޕް ކިޓަށް މިނިސްޓްރީ އިން ކިޔަނީ ކޮންނަމެއްބާ ހޮސްޕިޓަލް ނޫނީ މަރުކަޒުގަ ތިބޭ ސްޓާފުންނަށް ނޭންގޭވަރުގެ؟ ތިޔަވިދާޅުވަނީ ހުސް ގަމާރުންނޭތޯ އެތަންތާގަ ވަޒީފާދީފަ އެތިބީ؟ މިނިސްޓްރީން މޮޔަގޮވަނީތޯ؟