އެފްޑީސީން ބުނި ގޮތުގައި، ހައުސިން މިނިސްޓްރީން އެ ކުންފުންޏަށް މިހާތަނަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން 1،300 އަށް ވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކުރަން "ފަހި" ޕޯޓަލްއަށް އަޕްލޯޑްކުރި ލިޔެކިޔުންތައް ފުރިހަމަ ނުވޭ.
ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
24 ޖުލައި 2025 - 13:29
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ދޭ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ޕޯޓަލް އަށް އަޕްލޯޑް ކުރަން އަންގާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ މައްސަލަ ބޮޑުވެފައި ވާތީ، އެ ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު އެދިއްޖެ އެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް ވިދާޅުވީ ހައުސިން މިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ ލިސްޓު އެ ކުންފުންޏަށް ފޮނުވަނީ އެ މިނިސްޓްރީ އަށް ވެރިފައި ކުރެވޭ ތަރުތީބުން، އެކި މީހުންގެ ނަންތައް ވަކިވަކިން ކަމަށެވެ. ނަމަވެސް، ވެރިފައި ކުރަނީ ފްލެޓް ލިސްޓު އެކުލަވާލާފައި އޮތް ތަރުތީބުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
• މިނިސްޓްރީން އެފްޑީސީ އަށް ނަން ފޮނުވުމުން ގެދޮރުވެރިޔާ ޕޯޓަލް އަޕްޑޭޓްވި ކަމުގެ މެސެޖެއް ފްލެޓް ލިބުނު މީހާގެ ފޯނަށް ލިބޭނެ.
• އެފްޑީސީ އަށް ނަން ލިބުމާ އެކު، އެ ކުންފުނީގެ "ފަހި" ޕޯޓަލް އަށް ފްލެޓް ލިބުނު މީހުން ލޮގިންވުމަށް ފޯނަށް މެސެޖެއް ފޮނުވާނެ
• ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އަޕްލޯޑް ކުރަން ޖެހެނީ އެފްޑީސީގެ "ފަހި" ޕޯޓަލްއަށް
ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
• ފްލެޓް ލިބޭ މީހާގެ / ކޯ-އެޕްލިކަންޓުގެ އައިޑީކާޑު ކޮޕީ.
• ހެކިވެރިޔާގެ އައިޑީކާޑު ކޮޕީ އާއި ފޯމު.
• އެޕްލިކަންޓަށް ދެވެން ނެތް ނަމަ ޕަވާ އޮފް އެޓާނީ ދީފައިވާ މީހާގެ މައުލޫމާތު.
"ކޯ-އެޕްލިކަންޓް ހުންނަ ކޭސްތަކުގައި މިހާރު މި ވާގޮތަކީ، ދެމީހުން ވެސް ޖެހޭނެ ވަކިވަކިން، އީފާސް މެދުވެރިކޮށް ފަހި ޕޯޓަލްއަށް ލޮގިން ވެގެން، ވަކިވަކިން ހަމަ ހުރިހާ ލިޔެކިޔުންތަކެއް އަޕްލޯޑް ކުރަން،" ހަމްދާން ވިދާޅުވި އެވެ.
"ލިޔެކިޔުންތައް އަޕްލޯޑް ކުރުމުގައި ވަރަށް ބައިވަރު މައްސަލަތައް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަމިއްލަ އައިޑީކާޑު އަޕްލޯޑް ކުރަން އިންނަ ބަޔަށް ވެސް ބައެއް ފަހަރު އެބަހުރޭ ކަމާ ނުބެހޭ މީހުންގެ އައިޑިކާޑު އަޕްލޯޑް ކުރެވިފައި. އެހެންވެ، ޕްރޮސެސިން އެބަ ދިގުލައިގެންދޭ."
"ފަހި" ޕޯޓަލްއަށް ލިޔެކިޔުންތައް އަޕްލޯޑް ކުރުމުން މައުލޫމާތު ވެރިފައިކުރުމަށް ފަހު، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ފްލެޓް ލިބުނު މީހާއަށް އެފްޑީސީން އަންގާނެ އެވެ.
ލިޔެކިޔުންތައް ފުރިހަމަ ނުވާ މައްސަލަ ބޮޑުވެ، އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ދިގުލައިގެން ދާތީ، އެންމެން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހަމްދާން އެދިވަޑައިގަތެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ޓަވަރުތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހަމްދާން ވިދާޅުވި ގޮތުގައި، ހައުސިން މިނިސްޓްރީން އެ ކުންފުންޏަށް މިހާތަނަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން 1،300 އަށް ވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކުރަން "ފަހި" ޕޯޓަލްއަށް އަޕްލޯޑްކުރި ލިޔެކިޔުންތައް ފުރިހަމަ ނުވެ އެވެ. އެހެންވެ، މިހާތަނަށް އެއްބަސްވުންތަކުގައި ސޮއިކުރެވުނީ އެންމެ 71 މީހުންނާ އެކު ކަމަށް ހަމްދާން ވިދާޅުވި އެވެ.
އެހެންވެ، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ވަނީ ދިގުލައިގެން ގޮސްފަ އެވެ. ފުރަތަމަ ދެ ދުވަހު ވެސް ސޮއިކުރެވުނީ އެންމެ ތިރީހަކަށް އެއްބަސްވުމުގަ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
- ދެ ކޮޓަރީގެ އެޕާޓްމަންޓުތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 8،000ރ.
- ތިން ކޮޓަރީގެ އެޕާޓްމަންޓްތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 10،500ރ.
ހަމްދާން ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމާއެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ.
ނަމަވެސް، ފްލެޓްތަކަށް ވަދެވޭނީ އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ އެޗްޑީސީން ދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ ދޭން ފެށޭވަރު ވާނެ އެވެ. ހުރިހާ ޓަވަރުތަކެއްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ގެންދަނީ ޓަވަރުތަކަށް ބޭނުންވާ ފެނާއި ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްތަކެވެ.
އެފްޑީސީން ބުނި ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓްތަކުގެ އެއްބަސްވުންތަކަކީ ޝަރީއާގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށް ވާތީ، ބަރާބަރަށް ފްލެޓްތަކަށް ކުލި ދައްކާ މީހުންނަށް ކަނޑައެޅިފައިވާ އުސޫލުން ލުއިތައް ލިބޭނެ އެވެ. އެކަމަކު، ކޮންމެ މަހެއްގެ 10 ގެ ފަހުން ކުލި ދައްކާ ނަމަ ޖޫރިމަނާކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިނާރީ
26 July 2025
ރަށްފުށުގަ ގެދޮރު ހުރި މީހުންގެ ނަން ފުލެޓް ލިބޭ މީހުންގެ ލިސްޓަށް އަރާފަހުރީ . މަށަށް ދެރައީ އެމީހުންގެ ގެދޮރު ފަޅުކޮށްފަ މާލެއިން ފުލެޓް ހޯދައި . މަލޭގެމީހުނަށްވާންއުޅޭތީ . 15 އަހަރު ނުވިއަސް 90 އިން މާކްސް . މިއަށްވުރެ ބޮޑު ދެރައެއް މާލެއަށް ދަރިން އުފަންވި ބަޔަކަށް ނުދެވޭނެ . .
އަންދަލޫސިޔާ
25 July 2025
ފްލެޓްތައް ކަޓުވާލީ. ކީއްވެބާ 1700 މީހުންނަށް ސޮއިކުރަން ފޮނުވިއިރު އަޅުގަނޑުމެން ނުހިމެނެނީ؟ މާލޭގައި އުޅޭތާ 26 އަހަރު، 3 ކުދިން އެބަތިބި. މައިންބަފައިންނަށް ސަރުކާރުން ދިން ގޯއްޗެއް، ފްލެޓެއް ނެތް. އަލުން ޕޮއިންޓް ދިންގޮތް ހާމަކޮށް ލިސްޓް ޢާންމުކުރޭ! މިހާރު ތިބަހަނީ ޕާރޓީ މީހުންނަށް!
ޢިބޫ
24 July 2025
ކުރިންވެސް ބަޔަކު ފްލެޓާ ގޯއްޗާވެސްދިން މިހާވަރަކަށް އުނދަގުލެއްނުކުރޭ، ތަންކޮޅެއް ރައްޔިތުންނަށް ފަސޭހަވާނެގޮތަކަށް ކަންތަށް ކޮއްބަލަ.
އަޅޯ
24 July 2025
މުޅި ކާފު އަތޮޅަކީ މާލޭ މީހުންގެ ތަނެއްތަ.. ހޭބަލިނުވޭ..
ބޮޑުގޮހޮނާ
24 July 2025
ފުލެޓެއް ބޭނުމެއްނޫން. މާލޭގެ ކުލީގެ އަޅަކަށްވެސް ނުވާނަން. ރަށުގައި ޕެނެޑޯލު ގުޅައެއް ކައިގެން މަރުވަންދެން އުޅެވޭތޯ ބަލާނަން.
އާނަ
24 July 2025
ބަލަ ސިއްރުން ތިކަން ކުރަން އުޅޭތީވާ ގޮތެޢްތި ލިސްޓް އިއުލާން ނުކޮއް އެތެރެ އެތެރެއިން ނިންމާލަނީތި ޖަވާބުދާރިވާންޖެހޭ ދުވަހެއް އޮތްކަން ދަންނާތި
މިްައުމު
24 July 2025
ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް ޖެއްސުމެއް ކޮށްނުލާ ހިތްހަމަނުޖެހެނީތަ އަޅެފަހެ؟؟
ބޮޑުރިޔާ
24 July 2025
ދެންކުރިންވީ އެއްބަސްވުމެއް ވަނީ ކިހިނެއްބާ
މުޞްލިޙް87
24 July 2025
ނޫސްވެރިޔާ ސުވާލު ނުރިކަން ދެރައީ! އީ-ފާސް އަކީ ވެރިފައިޑް ލޮގިން އެއް. އޭގެން ޕޯޓަލް އަށް ލޮގިންވެފައި، އަދި ކޮޕީއެއް އަޕްލޯޑު ކުރަންވެއްޖެ ނަމަ، ދެން ކީއްކުރާ ވެރިފައިޑް ލޮގިން އެއް އަދި ޕޯޓަލް އެއް؟ މާލެ އަންނަން ކުޑަ ސިޓީ ހެއްދިހެން ބަންގާޅު އޮޑިއަށް ކުޑަ ސިޓީލައި، އިންޗި-ދޮޅެއް ބޮޑުކޮށް އިލޮށިން ފައިވާނު މިން ނަގައި، ފުރަން 6 މަސް އަންނަން 6 މަސް، ހިންދީ ލަވަ ފެށޭ ކުޑަޔަސް ނިމޭއިރު މީހުނާ އިނދެ މުނިކާވެފައި ހުންނައިރު ފުލެޓު ލިބޭނީ.
އަބްޑޫޅް +
24 July 2025
"ޕަވާ އޮފް އެޓާނީ" އޭ؟ ބަލަ މިހާރު އެއީ ކަލޭމެން ގަބޫލުކުރާ އެއްޗެއްތަ؟ މިއީ ކަލޭމެން މީގެ 4 އަހަރު ކުރިންވެސް، ގަބޫލު ނުކުރާ އެއްޗެއް. މަޑު ދުވެއްޔެއްގަ ނަމަވެސް، ތިޔަ ގަމާރުން އެބަ ހޭވެރިކަންވެ، ތަހުޒީބުވޭ ދޯ؟