މަރުކަޒީ ބޭންކް. ބޭންކްތަކުން އެމްއެމްއޭގައި ބަހައްޓާ ބޭރު ފައިސާގެ ރިޒާވުގެ އަދަދު ދަށްކޮށްފި
24 ޖުލައި 2025 - 20:58
އެމްއެމްއޭ އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) ގެ ގޮތުގައި ބޭންކުތަކުން ބަހައްޓަން ޖެހޭ ފައިސާގެ އަދަދު 7.5 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކޮށްފި އެވެ.
އެބަދަލު އެމްއެމްއޭ އިން ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ.
އެމްއާރްއާރް އަކީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ތެރެއިން އެންމެ މަދުވެގެން ބޭންކުތަކުން ސެންޓްރަލް ބޭންކްގައި ރިޒާވްގެ ގޮތުގައި ރުފިޔާ އިން ނުވަތަ ބޭރު ފައިސާއިން ބަހައްޓަން ޖެހޭ ޕަސެންޓެވެ.
އެ ރިޒާވްތައް ލޯނު ދޫކުރުމަށް ނުވަތަ އިންވެސްޓްކުރުމަށް ބޭނުމެއް ނުކުރެވޭނެ އެވެ. އަދި މިއީ މާލީ ނިޒާމުގެ ހަރުދަނާކަން ކަށަވަރުކުރުމަށް ޓަކައި މަރުކަޒީ ބޭންކުން ބަހައްޓާ ފައިސާ އެވެ.
އެމްއެމްއޭ އިން ބުނީ އެ ބަދަލުގެ ބޭނުމަކީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ލިބެން ހުންނަ މިންވަރު އިތުރުކުރުން ކަމަށެވެ. އެ އޮތޯރިޓީން ބުނީ ކޮވިޑަށް ފަހު އިގްތިސާދީ ރިކަވަރީ ރަނގަޅުވެފައިވީ ނަމަވެސް، ބޭރު ފައިސާއަށް އޮތް ޑިމާންޑް އަދިވެސް މަތިވުމާއެކު، ބޭންކުތަކަށާއި އެ ބަދަލުގެ ސަބަބުން މުޅި އިގްތިސާދަށް ކުރިމަތިވެފައިވާ ލިކުއިޑިޓީގެ ޕްރެޝަރަށް ލުޔެއް ލިބޭނެ ކަމަށެވެ.
އެމްއެމްއޭގައި ބޭންކްތަކުން އެ ބަހައްޓާ ފައިސާއިން އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި ކްރެޑިޓް ދޫކުރުމުގެ ކުރިއެރުމާއި އަގުތައް މައްޗަށް ދިއުން ހިފެހެއްޓޭނެ އެވެ.
އެމްއެމްއޭ އިން ބުނީ، އަލަށް ގެނައި ބަދަލުގެ ސަބަބުން ބޭންކްތަކަށް ބޭރު ފައިސާގެ އިތުރު ލޯނު ދޫކުރުމަށް ބޭނުން ކުރެވޭނެ ކަމަށާއި ބޭރު ފައިސާގެ ދަތިކަމަށް ނުވަތަ ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށެވެ. އެގޮތުން ޑޮލަރު ބޭނުންވާ ވިޔަފާރިތަކަށާއި ފަރުދުންނަށް ބޭންކްތަކަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
މަރުކަޒީން ބޭންކުން ބޭރު ފައިސާގެ ޑިޕޮސިޓަށް ބަދަލު ގެނައި ނަމަވެސް، ދިވެހި ރުފިޔާއިން ބަހައްޓަން ޖެހޭ ޑިޕޮސިޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މަރުކަޒީ ބޭންކުގައި ބަހައްޓާ އެ ފައިސާއަށް ބޭންކްތަކަށް ދިވެހި ރުފިޔާގެ ރިޒާވަށް އެއް ޕަސެންޓުގެ އިންޓްރެސްޓް ލިބިގެންދާ އިރު ބޭންކްތަކުން ޑޮލަރު ބަހައްޓާ ރިޒާވަށް 0.01 ޕަސެންޓުގެ އިންޓްރެސްޓެއް ލިބޭނެ އެވެ. އެއީ އެމްއާރްއާރްގެ ތެރެއިން ބޭންކްތަކަށް ލިބޭ ފައިދާ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުސްމާނުބެ
25 July 2025
ތިޔައީ ރަގަޅު ގޮތެއްނޫން ސަރުކާރަކައް ، އަދި ނިމޭއިރު ތިޔަފިޔަވަޅުން އިގްތިސޯދައްވާނެ ފައިދާއެއްވެސް ނޯންނާނެ. ޑޮލަރު ހުރިބަޔަކު އަތުގައި ހުރެގެން 20 ވިޔަސް ބޭނުްނުން ވަރެއް ގަންނަން ލިބޭ ، އެހެންވީމާ އިގްތިސޯދުގައި އެނެތީކީނޫން ، ސަރުކާރުން ނަމެއްގައި ގަވާއިދު ހަދާ އެތަންފީޒު ނުކުރުމުގެ ނަތީޖާ ، އަދި ބަޔަކު ފަހަތުގައި ތިބެގެން ކުޅޭ ކުޅިވަރެެއްމީ،
މަ ބުނި
25 July 2025
މަ ބުނީ ޕާޓީ މެމްބަރުން މިހާރު ޑޮލަރުމާރުކޮއްދޭ އަނގުބޮޑީ ލޯކަލް އިންތިހާބަށް ފަންޑުހޯދުމަން ކުރާކަމެކޯލަ ސަޅިދޯ !
އިހްސާސް
25 July 2025
މިގައުމުގަ މަސައްކަތު އުޅޭ ބިދޭސީން މަދުނުކޮށް ޑޮލަރު މިތާ ހިފެހެއްޓޭނެބާ؟
ސަމްސިއްޔާ
24 July 2025
އަދިވެސް ސަރުކާރުތަކުގެ ވިސްނުން ހުންނަނީ މަތިމައްޗައް ލޯނުނަގައިގެން ނުކަތާވަރުގެ ޕްރޮޖެކްތައް ހިންގުން. އެވެސް ގިނަދުވަހު ވެރިކަންކުރަން. ގައުމާމެދު ވިސްނުމެއްނެތް. ކިހިނެތް ތިޔަ ޑޮލަރުގެ މައްސަލަ ހައްލުވާނީ. ލިބޭހުރިހާ ޑޮލަރުގެ އާމުދަނީއެއް ލޯނަށް!! ގައުމަށްބޭނުންކޮށްލާނެ ސެންޓެއްވެސް ބާކީއެއްނޯވޭ.
ސުހާނާ
25 July 2025
"ނުކަތާވަރު" އެއް ނޫން ދިވެހިބަހުގައި ކިޔަނީ. "ނުތަކާވަރު" އޭ ކިޔަނީ. އެ ލަފުޒުގެ އަސްލަކީ "ތެކުން". އެ ލަފުޒުގެ މާނަ ބަސްފޮތުން (ރަދީފުން) ބަލާލާ. "ތެކުން" ގެ އިދިކޮޅަކީ "ނުތެކުން". "ނުތެކުން" ބަދަލުވަނީ "ނުތަކާވަރު" އަށް.
ޒަރީންތަ
24 July 2025
ކޮވިޑޭ؟ ކީކޭ ކިޔަން ތު އުޅެނީ! ކޮވިޑަކުން މިތާކު ޑޮލަރ ތާއްޓެއް ނުވޭ! ނޭގޭ ބަޔަކު ވެރިކަމަށް އަރައި ވާނުވާ ނޭގެން ފެށުމުން ޑޮލަރ ނުލިބެން ފެށީ!
ވާންޗޯބެ
24 July 2025
ޚަބަރު ކިޔާނިމުނުއިރު ކުރިން ބަހައްޓަމުން އައި އަދަދެއް ޕަސެންޓޭޖެއް ނޭންގުނު!
ޚަބަރުފަ
25 July 2025
7.5 ޕަސެންޓު އެއޮތީނު ލިޔެފަ. ބަދަލުކުރީ 5 ޕަސެންޓަށް.
ވާންޗޯބެ 2
25 July 2025
7.5 ކުން 5 ކަށް ހަމަ ނޭނގުނުތަ؟
ސުހާނާ
25 July 2025
ފުރަތަމަ ޕެރެގްރާފު ރަނގަޅަށް ކިޔާލާ. އެ ޕެރެގްރާފުގައި އެބައޮތް، 7.5 ޕަސެންޓުން 5 ޕަސެންޓަށް ދަށްކުރި ކަމަށް. އޭގެ މާނައަކީ ކުރިން އޮތީ 7.5 ޕަސެންޓޭ. ސާފުވެއްޖެބާ؟
ސުހާނާ
25 July 2025
"ވާންޗޯބެ" ކޮމެންޓަށް ލައިކް ދީފައިވަނީވެސް ހަމަ އެކަހަލަ ގަމާރުންތަކެއްތާ ދޯ؟