ރައީސް އިބޫ 2019 ވަނަ އަހަރުގެ ތެރޭގައި މޯދީ އާ ބައްދަލުކުރައްވަނީ. --ފައިލް ފޮޓޯ
24 ޖުލައި 2025 - 21:44
ސިޔާސީ ގޮތުން ކުރާ ޖެއްސުމަކާއި ފުރައްސާރައިން، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ރަހުމަތްތެރިކަމަށް ބުރޫ ނާރާނެކަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުން ހާމަވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
މޯދީ މާދަމާ ހެނދުނު ރާއްޖެ އަށް ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅާ ގުޅޭގޮތުން، ކުރީގެ ރައީސް އިބޫ ނެރުއްވި ބަޔާނެއްގައި ވަނީ، ހޮނިހިރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުން، މޯދީއަށް ދައުވަތު އެރުވިކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.
އަދި ދެ ގައުމުގެ ގުޅުމަށް ގޮންޖެހުން ބޮޑު ދުވަސްވަރެއްގައި، މޯދީ ރާއްޖެ އަށް ވަޑައިގެންނެވުމަށް ނިންމެވުމަކީ، ދިވެހި ރައްޔިތުންނަށް އިންޑިއާ އިން ކުރާ އިހުތިރާމާއި ގަދަރު ސާބިތުކޮށްދޭ ކަމެއްގެ ގޮތުގައި އިބޫ ސިފަކުރެއްވި އެވެ.
އެ ބަޔާނުގައި އިބޫ ވިދާޅުވީ، ސިޔާސީ ގޮތުން ޖެއްސުމާއި ފުރައްސާރަ ކުރުމުގެ ތެރެއިން ވެސް މޯދީ ރާއްޖެއަށް ވަޑައިގެންނެވުމަކީ، ޒަމާނުއްސުރެ އޮތް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ރަހުމަތެރިކަން ގުޑުވައިނުލެވޭނެކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"މޯދީގެ މި ދަތުރުފުޅު ވަރަށް ކާމިޔާބު ދަތުރުފުޅަކަށް ވާނެ ކަން އަޅުގަނޑު ޔަގީންކުރަން، އަދި މި ދަތުރުފުޅުގެ ސަބަބުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން މުޅިން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ޝައްކެއް ނުކުރަން،" އިބޫ ވިދާޅުވި އެވެ.
މި ދަތުރުގައި ރައީސް މުއިއްޒާއި މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.
އޭގެ އިތުރުން، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ތަކުގައި ސޮއިކުރެއްވުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެންނެވި ފަހުން ގައުމެއްގެ ވެރިއަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޯދީ
25 July 2025
މީހުން ބުނޭ އެއްފަހަރު ހަލާކުވެ ދިޔަ އެއްޗެއް ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ކުރިން ހުރި ގޮތަށް އަނބުރާ ރުޖޫއަ ނުވާނެ ކަމަށް. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ދެން ދުވަހަކުވެސް ކުރިން އޮތް ގޮތަށް އަނބުރާ ނުދާނެ ވިޔަސް ވާނީ ގޯސް
އަބްޑޫޅް +
25 July 2025
އެއީ ހަރުފަތެއް ނޫން. އެއީ ދަންތުރައެއް.
ކަނބިލި
25 July 2025
ދެގައުމުގެ ފައިދާއަށް އިންޑިއާ ފަދަ ގައުމަކާއެކު ބަދަހި ގުޅުމެއް ބޭއްވުން މުހިންމު. މީގެ އިބޫ ގެންގުޅުނު ދޯދިޔާ ހަރުދަނާ ކަމެއް ނެތް ސިޔާސަތު ގެންގުޅުމެއް ނޫން. ބޭރުގައުމަކުން ބުނާ ކޮންމެ ކަމަކަށް ބޯޖަހާލުމެއްނޫން. ގޮޑިކޮއްކޮ ސަރުކާރަކަށް ވުމެއް ނޫން. އަދި މިގުޅުމުގެ ސަބަބުން ޚާރިޖީ ސިޔާސަތުގެ މިނިވަންކަން ގެއްލި، ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމެއްވެސް ނޫން. މިއީ އެމްޑީޕީގެ ސިޔާސަތަކީ އުނގަށްވެއްޓިގަނެ ގައުމުގެ ސިޔާދަތު ގެއްލޭ ހިސާބަށް ދިއުން
ގެރިބާރޖިއޯ
25 July 2025
ކޮބާ އައުޓް ގޮވި ކުދިން ކިޅު
ހީވަނީތަ
25 July 2025
ދެގައުމުގެގުޅުމަށް ގޮންޖެހުން ބޮޑުނަމަ ދައުވަތެއް ނާރުވާނެ. އުނގަށް ނުވެއްޓި ހަމަހަމަސިޔާސަތެއް ގެންގުޅެންޏާ އެއްްމެނާވެސް ގުޅޭނެ.
ޢަލްޓިކޯ
25 July 2025
ޢަވަށްޓެރިގައުމުތަކާ ގުޅުންއޮންނަންޖެހޭނެ އެއީ ރަގަޅުގޮތަކީ..އެހެނަސް ކަންވީ ގޮތަކީ ތުރުކީ ވަރެއްނެތިގެން އުޅުނީމަ އަރަބި ގައުމުތަކުގެ ގުޅުންކެޑުނީ އިންޑިއާ އައުޓް ބުނެ އިންޑިއާ ކައިރި ކުރީމަ ޗައިނާ ގުޅުން ކަޑާލައިފި މިހާރު އޮއި ހަމައެކަނި ޗޮއިސް އިންޑިއާ ނަމަވެސް އިންޑިއާ އޮތީ އެމްޑީފީ ވެރިންނާ އެއްކޮށް
އ އަހްމަދު
24 July 2025
ސޯލޭ ހަކުރުދެންޏާ ބޮޑުބޭބެ ލާރީގެ އެނހީތެރިކަމެއްނުދޭނަމަ ތިޔަވިދާޅުވާގުޅުމަކީ އޮންނާނެއެއްޗެއްނޫން
އެހެނަސް
24 July 2025
މޮޅު ބަސް ބުނަނީ. ކުރިން އުގައްވެއްޓޭހެން މިހާރު ނުވެއްޓޭނެ