ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީ ސަލާމް ކުރައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
25 ޖުލައި 2025 - 18:23
އިންޑިއާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީއެއް ދީފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ. އެކަމުގެ އެއްބަސްވުމާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އިންޑިއާގެ ފަރާތުން އެއްބަސްވުމާ ހަވާލުވެވަޑައިގަތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގާނެ ކަމަށެވެ. އޭގެ ތެރޭގައި ޑިފެންސާއި ކުޅިވަރުގެ ދާއިރާ އާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް ހޭދަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި ވެސް އިންޑިއާ ސަރުކާރުން ދިން 878 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މުހިންމު ގިނަ މަޝްރޫއުތަކެއް ހިންގާފައިވެ އެވެ. ކުރީ ސަރުކާރުގެ ފަސް އަހަރުގައި އިންޑިއާގެ އެކްސްޕޯޓް އެންޑް އިމްޕޯޓު ބޭންކް (އެގްޒިމް ބޭންކް) އިން ނެގި ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އޭގެ ތެރޭގައި ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނެގި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނު ހިމެނެ އެވެ.
ރައީސް ވިދާޅުވީ، އިންޑިއާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތައް ފެށުމަކީ ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެއީ ދެގައުމުގެ ގުޅުމަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ލައިން އޮފް ކްރެޑިޓްގެ ތެރެއިން، އެންމެ ބޮޑު އިސްކަމެއް ދޭނީ އާންމުންނަށް އޭގެ = ފައިދާ އެންމެ ބޮޑު މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. އެގޮތުން ލައިން އޮފް ކްރެޑިޓްގެ ދަށުން މިއަދު ވަނީ އައްޑޫގައި މަގު ހެދުމުގެ މަޝްރޫއުއެއްގައި ވެސް ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅެ
26 July 2025
ސިޔާސީ މީހުން ދަމަން އަނެއްކާ ލާރިގަނޑެއް ހޯދީ ދޯ. މިލިޔަނުން ލޯނުތައް ނަގައިގެން ވާކަމެއް ނޯވޭ ޕާޓީ ކުދިންނަށް ބެހުން ނޫނީ
ޢައަޔ
26 July 2025
މިވަރަށް ގައުމު ދަރުވަން ހެޔޮނުވާނެ. ދަރަނިން ސަލާމަތް ނުވާވަރުވީމަ ފަސްގަޑު ދޭންޖެހޭނީ. އޭރުން އަޅުވެތިވީ
ވާންޗޯ
25 July 2025
ކޮބާހޭ ޗައިނާ ސަރުކާރުން ދިން 100 މިލިން ޑޮލަރު މާލެ ގެ މަގުތައް ހަދަން، މަގެއްވެސް ނުހަދާ، މިކަން ވާނެތައް؟
އަފީފު އައްޑޫ
25 July 2025
އައްޑޫ މަގު ހަދަން އާރޑީސީ އާއި ހަވާލު ކުރި ކުރުން ނިމުނީތޯ؟ އައްޑޫ މަގުހަދަން އަނެއްކާ އިންޑިޔާއިން ލޯނު ނަގަނީ. ކުރީ ސަރުކާރުން އައްޑޫ މަގު ހަދަން ނެގި ލޯނު ކޮބާ؟
ކޮރަލް
25 July 2025
ދަރަނި ދަންތުރަ އެއްގަ ޖެހުނީ އެވެ. ޔާމީން އެއަރޕޯޓް ވެސް މިނިވަން އެކުރީ އެތައް ބިލިއަން ދައްކާ ފަ އެވެ. ދެން އަންނަ ވެރި އަކު ހުންނާނީ ބޯކަހާލަ ކަހާލަ އެވެ.
ވާންޗޯ
25 July 2025
ކޮންތާކު މިޖެހުނީ، ލޯން ދަކަން މި ނެގީ ހަމަ ލޯނެ.
ބުރޯ ވާންޗޯ!!
26 July 2025
ހަމަ މިހެން ލޯނުނަގައިގެން މުޅި އުމުރު ހޭދަކުރާ ދިވެހިންވެސް އެބަތިބި. ފުރަތަމަ ނަގާ ލޯނު ނިމެންދެންވެސް ކެތެއްނުވޭ.
ޢަތީ
25 July 2025
10 ބިލިއަން ދަރަންޏަށް އިތުރު ކޮއްލީދޯ.
މަބުނީ
25 July 2025
ހޫމް. ތިގައުމުންނެގީމަ ދަރަންޏަކަށްނުވެޔޯ އެގައުމުންނެގީމަ ދަރަނި ދަންތުރަޔޯ އެއްކަލަ ޅަސޮރު ކިޔާދޯ.
1828
25 July 2025
ކިތައްމެ މޮޅު ނަމެއްކިޔަސް ތިޔައީ ހަމަ ލޯނު. ލޯނު ނުގެމަކީ އިންޑިއާގެ ދަށުވުމަށް އިތުރަށް އެޅޭ ފިޔަވަޅެއް. ރާއްޖޭގެ ދަރަނި ކުޑަކުރުމަށްޓަކައި ގިނަ ޕްރޮޖެކްޓްތަކެއް ހުއްޓާލައިގެންނަމަވެސް އެކަން ކުރަންޖެހޭ. ސަރުކާރުން ބޭނުމެއްނުވޭ ސިޔާސީ މީހުން މަދުކޮށްގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރާކަށް.
ޢިދްރީސް
25 July 2025
މިދިޔަ ސަރުކާރަށް 800 މިލިއަން ޑޮލަރުގެ ލައިން އޮފްކްރެޑިޓެއް ދިނީމަ ވެސް 20000 އާއިލާ އަށް ދޭން ސޯލިހު އެޅީ އެންމެ 4000 ފްލެޓް މިހިރީ ކަންތައް ހުންނަގޮތް، ކީކޭ ބުނާނީ
ޞަޑބުރާ
25 July 2025
ޢޭގެންކުރި އެގެން ކަމެއް ނުފެނުނުދޯ ތަނެއްއޮތިއްޔާ ކޮމެންޓް ކުރެވޭތޯ ބަލާތި vaanuva ނޭގުނަސް