ހަވާ އަރުވަނީ. --ފޮޓޯ:އޭއެފްޕީ
25 ޖުލައި 2025 - 19:30
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާދަމާ ރޭ މާލެ ވަށައި 19 ދިމާލަކުން ހަ މިނެޓަށް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި ހަވާއަރުވާނެ ކަމަށެވެ.
ހަވާ އަރުވަން ފަށާނީ މާދަމާ ރޭ 8:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މާލެ ވަށައި ހަވާ އަރުވާ ސަރަހައްދުތައް ފާހަގަކޮށް އެމްއެންޑީއެފުން އާންމުކުރި ޗާޓެއް.
ވީއައިއޭގެ އާ ޓާމިނަލް މާދަމާ ރޭ ހުޅުވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.
އެމްއޭސީއެލް އިން ބުނެފައިވަނީ މިފަހަރު އަރުވާ ހަވާ "ތާރީހީ ހަވަޔަކަށް ވާނެ" ކަމަށާއި ސަޕްރައިޒްތަކެއް ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ޑްރޯން ޝޯއެއް ވެސް ކުރިއަށް ގެންދާނެ އެވެ.
ރާއްޖޭގައި މިހާތަނަށް އެރުވި އެންމެ ތާރީހީ ހަވާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖު ހުޅުވުމަށް އޮގަސްޓް 30، 2018 ގައި ބޭއްވި ހަވާއެރުވުމެވެ.
މާލެ ވަށައިގެން ހަވާ އަރުވަން ހަމަޖައްސާފައި ވާއިރު މިކަން ވާނީ މިހާތަނަށް ރާއްޖޭގައި މިހާ ބޮޑު ސަރަހައްދެއްގައި އަރުވާ ފުރަތަމަ ހަވަޔަށެވެ.
އެއާޕޯޓުގައި ހަވާ އަރުވާ ސަރަހައްދުތައް އެމްއެންޑީއެފުން ފާހަގަކޮށްފައިވާ ޗާޓެއް
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ދިވެހި ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އާ ޓާމިނަލް ހެދުމަށް 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބްސް
26 July 2025
މާލެ ސަރަހައްދު އެކަނިތަ މިނިވަން ވެގެން މިއުޅެނީ ... ނެތްފެންވަރު ނޫޅެ ތިލާރިކޮޅު މިއަންނައަހަރު ދައްކަންޖެހޭ ބޮޑުލޯނު ދައްކަން ބަހައްޓަބަލަ.
raajje
26 July 2025
އެއްގޮތަކަށްވެސް ތާކުންތާކުޖެހޭކަމެއްނޫންތީ! އަލަށްހެދި ޓާމިނަލްއޮންނަނީ ހުޅުލޭގަދޯ! ދެން މާލެވަށައިގެން 19 ދިމާލަކުން ހަވާއަރުވަނީ ކީއްކުރަން؟ ކަންދަށްކަންތަ؟ ނުނީކުރާނެ ބޭކާރުހަރަދެއްނޭންގިގެންތަ؟
ގެރިބާރޖިއޯ
25 July 2025
އަރުވާފަ ބަހައްޓާ، ތި ކިޔާނެތް ތައް އެއަރޕޯޓް އަކަށް، ދުބާއީ އެއަރޕޯޓް ބަލާލަބަލަ
އޮނަރަބްލް އަފީފު ދީދީ
25 July 2025
ހުޅުލެ އެއަރޕޯޓް ހުޅުވުމުގެ އުފަލުގައި "ރާއްޖެ ނުވަތަ ކމާލެ" ވަށައިގެން ހަވާ އެރުވި ކަމަށް ވިޔަސް ރާއްޖެއާއި މާދުރުގައި މުޅިން ވަކިން އޮންނަ ތަނެއްކަމަށް މާލޭސަރުކާރު ވެރިން ބުނަމުންދާ އައްޑޫސިޓީ ރައްޔިތުން ތިޔަ އުފަލުގައި ބައިވެރިވެ އުފާކުރަންޖެހޭ އެއްވެސް ސަބަބެއްނެތް. އަދި "ކ.މާލޭސަރުކާރު ފަރާތުން އަހަރުމެން ރުއްސައިގެން އެކަން ކުރާނަމޭ ހިތާ" އައްޑޫސިޓީގައި ބޮޑު ސްކްރީން ހަރުކޮށް އެކަން ކުރާން އުޅުނު ކަމަށްވިޔަސް އަހަރުމެނަކީ މޮޔަ ބައެއްނޫން.
1828
26 July 2025
އޮނަރަބްލް އަފީފު ދީދީ ތިޔައީ ސިޔާސީ މީހުން ޤަބޫލުކުރާ ގޮތުގައި ރާއްޖޭގައި އުޅޭ އެންމެ މޮޔަ މީހުން. ވޯޓް ހޯދަންވީމައި ބޭނުން ގޮތަކަށް އައްޑޫ މީހުންގެ ބޮލަށް ޗިޕް ޖަހާލަނީ.
ާއަފީފުގެ މުންޑު
26 July 2025
ގުޑު ބަޑީސްތައް އިނގިރޭސީންނާ އެކީ ގައުމު ބައިބައިކުރަން ނޫޅެ ބަސްއަހައިގެން ތިބިނަމަ ދޯ.. މޮޔަނޫންކަން އެނގެޔޭ. އަދިވެސް ތިބެނީ ތއްޔާރަށް ވަކިވެގަންނަން. ގައުމީ ލޯބިން ފުރިފަތިބި ބައިގަނޑެއް. ވަރަށް ސލާން ކަލޭމެނގެ ކިންގު ޗާލްސް އަށް. ލޮލް
އޮނަރަބްލް އަފީފު ދީދީ
25 July 2025
ބިލިޔަނުން ޑޮލަރު ޙަރަދުކޮށްގެން މާލޭ އެއަރޕޯޓް ހެދިކަމަށް ވިޔަސް އެތަނަށް ކަމެއް ދަމެއް ދިމާވެއްޖެ ނަމަ އަދި މިހާރުވެސް ކޮންމެ އަހަރެއްގެ ހުޅަނޤު މޫސުމުގައި ހުޅުލެއަށް ނުޖެއްސިގެން އެތައް ފުލައިޓެއް ސިލޯނަށް ޑައިވާޓް ކުރަމުންދާ އިރުވެސް މާލޭސަރުކާރުން ބޭނުމެއްނުވޭ އެފަދަ ހާލަތް ތަކުގައިވެސް ބޭނުން ކުރެވޭވަރަށް GAN international Airport ތަރަށްޤީކޮށް މިތަން އޮޕަރޭޝަނަށް ގެންނާކަށް. ދެން ކޮންކަމަކާ ތިޔަ އެއަރޕޯޓްހުޅުވުމުން އަހަރުމެން އުފާކުރަންވީ؟!
ފިތުނަ
26 July 2025
ތީ އައްޑޫ މީހެއްނޫން ތީ ފިތުނަ އަފީފު
އެއްކަލަ ފިތުނަ އަފީފު ދޯ؟
26 July 2025
ހަނިމާދޫ އެއަޕޯރޓު ހަދާނިމެނީ. އެތަނަށް ދެން ޖައްސާނީ. މަރުތަޅޭ ކިޔައިގެން މީނަ ފުމޭއިރު ނުބުނޭ އައްޑޫ އެއަރޕޯޓާ ހަނިމާދޫ ތަން ހަދާވާހަކައެއް.
ާއިސްރާފު
25 July 2025
ޙުސް އިސްރާފް
ޟމމމމ
25 July 2025
ވެރިކަމަށް ދެބައިވިއިރު، އަހަރެމެން ރަށުގައި އެއްވެސް މަޝްރޫޢެއް ނުހިންގާ އަދި ކުރީ ސަރުކާރުން ފަށާ ހިނގަމުންދިޔަ ހުރިހާ މަޝްރޫއެއް ހުއްޓާލާފަވާތީ ތިޔަ އަރުވާ ހަވަޔަކުން އެއްވެސް އުފަލެއް ނެތް!
އުފާ
26 July 2025
މިސަރުކާރުން ވެސް ފަށާނެ ދެންއަންނަ ސަރުކާރުން ނިމާނީ، އޭރުން ވެސް ބުނާނީ ތިހެން ، ކުރީ ކޮންބައެތޯ، ކުރީ ކިހާވަރަކައްތޯ، ކުރީ ކޮންގޮތަކުންތޯ ބަލާނެކަމެއްނެ، ނިމުނީމަ އުފާކުރާނީ ،
ތޫނާ
25 July 2025
ހިތްތަކަށް ވަރަށް އުފާވެރިކަން ލިބިގެން ދާނެ އިންޝާ ﷲ
1828
26 July 2025
ރާއްޖޭގެ ބައިތުލްމާލަށް އިނގިލައިގެންދާނެ
އިސްރާފު
25 July 2025
ނޫނޭ ވާ ލާރި އޮތް ސަރުކާރެއް މީ. 19 ސަރަހައްދުގައި ހަވާ އަރުވާނީ ހާދަ ލާރިއެއް އޮތީމައޭ. މުޅިން ވެސް އިސްރާފު. 26 އާ ގުޅުވައިގެން ހުސް އިސްރާފު.
ސަސު
25 July 2025
އަހަރުމެން މިތިބީ ފަލަސްތީނާއެކުގައޭ ކިޔާނެ، އެކަމު ހަމަަ އުފާ ފާޅުކޮށް މަޖާ ކުރަންވީމަ ހަމަ ހީވަނީ އެހެން ކަމެއްހެން