ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި އެއާޕޯޓުގެ މަތީގައި ޑްރޯން ޝޯ ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
26 ޖުލައި 2025 - 23:33
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކުރުމަށް ހިތްގައިމު ޑްރޯން ޝޯއަކާއި ހަވާ އެރުވުމުން މާލެ ވަށައި އުދަރެސް ދިއްލާލައިފި އެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މިރޭ ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން، އުދުއްސައިލި ޑްރޯންތަކުން ރާއްޖޭގެ މިނިވަންކަމާއި ވެލާނާ އެއާޕޯޓުގެ ދިގު ތާރީހު ދައްކައިދޭ މަންޒަރުތައް ދައްކާލި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން މިރޭ ދައްކައިލި ޑްރޯން ޝޯގައި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި މީގެ 60 އަހަރު ކުރިން ސޮއިކުރި ރަސްމިއްޔާތުގެ މަންޒަރު.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޖުލައި 26، 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރި މަޝްހޫރު ފޮޓޯ ވެސް، ރާއްޖޭގެ މިނިވަންކަމާ ގުޅިފައިވާ އެއާޕޯޓުގެ މަތިން ޓާމިނަލްގެ މަތީގައި އެތައް ސަތޭކަ ޑްރޯނެއްގެ އެތުރިލުމުން ކުރަހާލި އެވެ.
ޑްރޯންތަކުން އެކި ވައްތަރުގެ މަތިންދާބޯޓުތައް ސިފަކޮށްދީ، ވެލާނާ އެއާޕޯޓުގެ ދިގު ތާރީހު ދައްކަމުން ދިޔައިރު މުޅި ޓާމިނަލް އެކި ކުލަތަކުން ދިއްލެމުން އަދި ޑްރޯން ޝޯއާ ގުޅޭ މިއުޒިކުން އިތުރަށް ފުރިހަމަކޮށްލި އެވެ.
އާ ޓާމިނަލްގެ ބޭރުން ފެންނަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުންތަކެވެ. ގާތްގަނޑަކަށް 12 ވަރަކަށް ފޫޓުގެ އެ ޓާމިނަލުން ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަ ކަމާއި ކުލަތައް ފެނެ އެވެ. އެ ޓާމިނަލުގެ ކޮންމެ ސަރަހައްދަކުން ވެސް ފެންނާނީ ވިލު ނޫކުލަ އާއި ރާއްޖޭގެ މޫދާއި ރަށްތަކުގެ މަލަމަތިން ފެންނަ ކުލަތަކެވެ.
ޑްރޯންތަކުގެ ހިތްގައިމު އެތުރުމުން އެކި މަންޒަރުތައް ދައްކަމުން ގޮސް ވެލާނާ އެއާޕޯޓުގެ ނަން އަޅާލުމާ އެކު އެއާޕޯޓުންނާއި މުޅި މާލެ ވަށައިގެން އެކި ދިމަދިމާލުން ހަވާ އަރުވަން ފަށައި، އެއާޕޯޓް ރަސްމީކޮށް ހުޅުވުން ކުލަ ގަދަކޮށް ފާހަގަކުރި އެވެ.
ގާތްގަނޑަކަށް ހަ މިނެޓަށް ދިގު ދެމިގެންދިޔަ މި ތާރީހީ ހަވާ އެރުވުމުން ދެކެލަން މާލެ ސަރަހައްދުގެ އެކި ތަންތަނަށް އެތައް ހާސް ބަޔަކު ޖަމާވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން މިރޭ ދައްކައިލި ޑްރޯން ޝޯގައި އެއާ ޓެކްސީގެ ބޯޓެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު
އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށެވެ. އެ އަށް ފަހު، މަޑުމަޑުން އެހެން އެއާލައިންތަކުގެ ބޯޓުތަކަށް ވެސް ހިދުމަތް ފުޅާ ކުރަމުން ގެންދާނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިވަގުތު 34 އަށް އެއާލައިންގެ މަތިންދާބޯޓުތަކަށް ހިދުމަތް ދެ އެވެ. އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް ހުރިހާ އެއާލައިނަކަށް ހިދުމަތް ދެވޭ ވަރުވުމެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ޑްރޯން ޝޯގެ މަންޒަރެއް.---ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދެވި، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބްސް
27 July 2025
ޤައުމު އޮތީ ދަރާފަ ، 60 އަހަރު ފުރުނު ދުވަހި އިތުރު 565 މިލިޔަން ޑޮލަރު އިތުރުދަރަނި ނެގި ... ދަރާވިކިފަ ތިބޭމީހުން ހަވާ އެރުވީމަ ވަރަށް ހަޑި.
ހުވަދޫ ބެއްޔާ
27 July 2025
އަބަދު ވެސް އައްޑޫ އައްޑޫ ކިޔާ ސަވަބަކީ ކޮބާތޯއެ. ގުދުރަތީ ވަޞީލަތައް ގިނަވެފައި އެތައް ބައިވަރު ފަޅުރައްތަކާއި ގިރި ފަޅު ގިނަ ޢަދަދަކަށް އޮތް ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު އަތޮޅަކީ ހުވަދޫ އަތޮޅެވެ. އެކަމަކު ހުވަދޫ އަތޮޅުގެ މީހުން ދިރިއުޅޭ 19 ރަށާއި ރިސޯޓުތަކުގެ ކުނި ނައްތާލަން ވެސް ގެންދަން ޖެހެނީ އައްޑޫއަށް ތޯވެ؟ އައްޑޫގައި މީހުން ދިރިއުޅޭ 6 ރަށާއި ހުއްޓެމުން ތެދުވަމުން ދާ 3 ރިސޯޓުން އިޤުތިޞާދަށް ހާދަ ފައިދާއެއް ކުރާތީ ތާއެވެ!
ސަލީމު އިދުރީސް
27 July 2025
ބޭކާރު އިސްރާފު ބޮހަރަދު ތަކަކީ ދީނީ ރޮގުންބެލިއަސް އިގުތިސޯދީ ރޮނގުން ބެލިއަސް ބަލައި ގަނެވޭނެ ކަމެއްނޫން
އެހެން
27 July 2025
"އާ ޓާމިނަލް ހުޅުވަން ތާރީހީ ހަވައެއް އަދި ސަޕްރައިޒެއް" 20 ޖުލައިގައި ފެނުނު މި ސުރުޚީ ފެނުނުފަހުން، ސަޕްރައިޒަކީ ކޮބައިތޯ ބަލަން މި އިންނަނީ.... ހަމަ އަސްލުވެސް ދިވެހީން ސަޕްރައިޒްވިތަ؟
އޮނަރަބްލް އަފީފު ދީދީ
27 July 2025
ފަނަރަ ވަރަކަށް ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ ކ.މާލޭ އެއަރޕޯޓަށް ކަމެއް ދަމެއް ދިމާވެއްޖެ ނަމަ އަދި މިހާރުވެސް ކޮންމެ އަހަރެއްގެ ހުޅަނޤު މޫސުމުގައި ވައިގަދަވެ ވިއްސާރަވުމުން އެތަނުގެ ރަންވޭ އޮންނަ ގޮތުގެ ސަބަބުން ނުޖެއްސިގެން އެތައް ފުލައިޓެއް ސިލޯނަށް ޑައިވާޓް ކުރާންޖެހޭ އިރުވެސް މ ސަރުކާރުން އޯލްޓަނޭޓިވް އެއަރޕޯޓެއްގެ ގޮތުގައި އައްޑޫ GAN International Airport ހަދަން ބޭނުން ނުވަނީވެސް މިދެންނެވި ޒާތީ ޚަސަދަ ވެރިކަމުގެ ސަބަބުން.
ނާޒިމް.
27 July 2025
އެމްޑީޕީގެ 2 ސަރުކާރު ގައި ކީއްވެގެންތަ އެމީހުން އައްޑޫ އެއާޕޯޓް އަފީފު ތިޔަ ބުނާ ފެންވަރަށް ތަރައްޤީ ނުކުރީ. ގައިމު އައްޑޫ މީހުންނަކީ އެމްޑީޕީ އާއި ހެދީ މޮޔަވެފައި ތިބޭ ބައެއް. އެމްޑީޕީ އަށް މަޖިލީހާއި ކައުންސިލް އޮތް ގޮތަށް ވެސް އައްޑޫ މީހުން އޮތީ ދީފައި.
ވޒޗަމ
26 July 2025
ވަރަށް ސަޅި ހަމަ. ޝުކުރިއްޔާ.