އޮގަސްޓް 30، 2018: މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމުގެ ތާރީޚީ ހަވާ އެރުވުން: ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ވެސް އެވަރުގެ ތާރީހީ ހަވާއެެއް އަރުވަން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު
20 ޖުލައި 2025 - 13:24
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ތާރީހީ އަދި އެންމެން ސަޕްރައިޒްކޮށްލާ ވަރުގެ ހަވާއެއް އަރުވަން އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާން މިއަދު "މިހާރު" އަށް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި އާ ޓާމިނަލް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ މާލެ ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރެއިން އެންމެ ހާއްސަ އެއް ހަރަކާތަކަށް ވާނީ އެ ރޭ ބާއްވާ ހަވާ އެރުވުމާއި ޑްރޯން ޝޯ އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑު ސަޕްރައިޒެއްގެ ގޮތުގައި މި ކުރިއަށް ގެންދަނީ،" ލަމްއާން ވިދާޅުވި އެވެ.
"މިހާތަނަށް ރާއްޖޭގައި ނުފެންނަ ވަރުގެ ހަވާއެރުވުމާއި އޭގެ އިތުރުން ޑްރޯން ޝޯ އާއި އަދިވެސް ސަޕްރައިޒިން އިވެންޓްތައް ކުރިއަށް ގެންދާނެ."
ސަޕްރައިޒަކަށް ވާތީ އިތުރު އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ވީއައިއޭގެ އާ ޓާމިނަލް އަންނަ ހޮނިހިރު ދުވަހު ހުޅުވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.
ރާއްޖޭގައި މިހާތަނަށް އެރުވި އެންމެ ތާރީހީ ހަވާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖު ހުޅުވުމަށް އޮގަސްޓް 30، 2018 ގައި ބޭއްވި ހަވާއެރުވުމެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ދިވެހި ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
ޕްރޮޖެކްޓަށް ގެނައި ބަދަލުތަކާ އެކު، މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުކުރި ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑާނިވިންސީ
21 July 2025
ކޮންމެބަޔަކުވެސް ކޮންމެވެސް މަސައްކަތެއްކުރި. ޥޭތުވެދިޔަފަސްއަހަރުވެސް ކަމެއްނުކުރިނަމައަދިވެސްއޮންނާނީ ، އޭގެކުރީފަސްއަހަރު މިކަންނުފެއްޓިނަމަ ހުޅުވާނެ ތަނެއްނުހުންނާނެ. ޢަދި ފެއްޓިގޮތަށް ބަދަލުގެނައިމަ ތަންއިތުރަށްބޮޑުވީވެސް. ޢެކަމަކު އަދިވެސް އޮޕަރޭޝަންސް ބައެއް ދާއިރާތަކަށްޖާގަފުރިހަމައެއްނުވޭ. ޙުޅުވިޔަކަސް. ބައެއްމުހިންމު ބައިތަކަށް އޮފީސްގަނޑެއްވެސްނެތް. ޢަދިވެސްބާއިމާރާތުގެބޭނުންކޮށްގެންތިޓާމިނަލްހިންގެނީ.
ދާއިން ސަލީމް
21 July 2025
މިއީ ވަރަށް ތާރީހީ ދުވަހެއް، މި ގައުމު އެހެން ހަރުފަތަކަށް ގެންދަވަން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު އެމަނިކުފާނު ފުއްދެވުމަކީ އުފާ ފާޅުކޮށް ފާހަގަކުރަންޖެހޭ ކަމެއް.
ހަންދާ
21 July 2025
ތިޔައީ އެމަނުކުފާނު އާއެއްވެސް ގުޅުމެއް ހުރިކަމެއް ނޫން.
އަފްރާސިޔާބު
22 July 2025
އެމަނިކުފާނުގެ ވެރިކަމުގައި ނިމުނު ތަނެއް ތިޔަ ހުޅުވީ. ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ހެދިތަނެއް. އިބްރާހީމް ނާސިރު، މައުމޫނު، ނަޝީދު، ވަހީދު، ޔާމީނު، އިބޫ އަށްވެސް އެ މަސައްކަތް ކުރުމުގެ ފުރުސަތު ރައްޔިތުންދީ އެކަންކަން ކުރަމުން ގެންދިޔައީ. ވަކި މީހެއްގެ އެެއަރޕޯޓެއްނޫން. ރާއްޖޭގެ ދިވެހިރައްޔިތުންގެ ތަނެއް.
ބަރުބާދު،
21 July 2025
ބޭކާރު ޚަރަދު ކުރުމަށް ފޫގަޅާއިގެން ސަޕްރައިސް ދޭން އުޅުމާއި ބޭކާރު ޚަރަދު ކުރުމުގެ ބަދަލުގައި ކޮންމެ ރައްޔިތެކަށް 500 އަށް ވުރެ މަދުނުވާ ޚައިރާތެއް ކުރިއްޔާ ކީއްވާނީ؟..
އަފްރާސިޔާބު
21 July 2025
އަރަބިން ތިބިއްޔާ ޚައިރާތު ފޮށި ހުންނާނީ ފުރިފައި. އެކަމާ ހާސްވާނެ ކަމެއްނެތް އެއްޗެއް ނުލިބުނަސް.
ބާސިތްް
21 July 2025
ޔާމިން މި މަސައްކަތް އިފްތިތާހްކުރިފަހުން ބޮޑު އެއް ދައުރު ނިމިގެންދިޔައިރު ބަޔަކަށް މިތާގަ ކަމެއްކޮށްނުލެވުނު. ދެން މި ބައިގަނޑު މިހާރު ކޮން ބޭކާރުވާހަކައެއް ދައްކާކަށް.
ށސ11
21 July 2025
ކުލައިމެޓޭ ކިޔާފަ އަހަރުމެން ނަށް އުނދަގޫކުރަން ކޮތަޅު ޓެކްސް ނަގާފަ މިއަރުވަނީ ކުލާއިމެޓަށް ގެއްލުންދޭ ހަވާ.
ރާވެރިބެ
21 July 2025
މިތާރީޙީ ހަވާ ޖައްވަށް ފޯރާވަރު ވާނެބާ؟ ވަރަށް ސަޅިވާނެ. ރައީސްގެ މޫނު ޑްރޯން ޟޯގަ ދައްކާތީ ބަލާހިތުން ވަރަށް ގިނަ މީހުން އެބަ އުޅޭ
ފޫހި
21 July 2025
އިސްލާމް ދީނުގައި ދެއްކުންތެރިކަމާއި، އިސްރާފްކުރުމަކީ އޮތް ކަމެއްނޫން. ތިޔަ ވަރު އަރުވާނުލިއަސް ތިޔަ ތަން ހުޅުވާފަ. ހުޅުވައިދެއްވީ ރައީސް މުއިއްޒުއޭ ކިޔާފަ ބިލް ބޯޑް ހަރުކުރެވިދާނެ. ތިޔަ ބިޔަ ބޮޑު ދަރަނި ނަގައިގެން ހެދި ތަން ހުޅުވުމަށް އިތުރަށް ދަރަނި ނެގުމަކީ ނުވަތަ ބޮޑު ބިޔަ ޚަރަދުކުރުމަކީ ރަނގަޅުކަމެއްނޫން. ތިޔަ ދެން ކޮންކަމެއް. އަވަށްޓެރި ގިނަ ގައުމުތަކުގައި ޓާރމިނަލް ތައް ވަނީ ކުރުމުއްދަތެއްގައި ހަދާފަ ހުޅުވާފަ. ތިޔަވަރެއްނާރުވާ
ބަޑިތަކުރު
21 July 2025
ހަވާ އެރުވޭނީ ވަކި ބަޔަކަށް ފައިސާ ދީގެންވީމާ އެކަމަކީވެސް އާމްދަނީ ހޯދަން ކުރާ ކަމަކަށްވީމާ ތިޔަކަމަށް އެތައް މިލިޔަނެއް ހޭދަނުކޮށް ތިޔަތާނގެ ކުރިއެރުމަށް ތިޔަ ފައިސާ ހޭދަކޮށްބަލާށެވެ. އެވެރިންނަކީ ދައުލަތުގެ ކަންކަން ގައުމަށްޓަކައި ދީނަށްޓަކައޭ ބުނެފައިވެސް ފިއްކަނޑައިގެންދާ ވަރުގެ ބޮޑެތި އަގުގައި ނޫނީ ކުރާނެ ބަޔެއްނޫނެވެ. އެހެންއެވަނީ އެފައިސާ ފޭދިގެންދާނީ އެތާނގައި ނަގާކިޔަން ތިބޭ ބަޔަކާ ގުޅުންހުރި ދިމަދިމާލަށް ކަމަށްވާތީއެވެ.
ހުރޭ ބަލަން
20 July 2025
މަންފާކުރިއަސް ނުކުރިއަސް ދަރަނިވެރިވެގެންވިއަސް ހަވާއެރުވިއަސް ހަވާ އަރުވާ ވަގުތު ޢީދު ނަމާދަށް ޖަމާޢަތް ހަދާވަރަށް ވުރެ ގިނައިން ދިވެހިން ދާނެ ހަވާ ބަލަން ދެން ކޮންހާ ބޭކާރު އަނގައެއް ދިވެހިންގެ އުސޫލަކީ ނެތްފެންވަރުން ކަންކަން ކުރުން އަދި ކޮބާ އެ މީހުންގެ މައްޗަށް ވެރިކަން ކުރާން ތިބި މީހުންގެ ހާލު ހުންނާނެގޮތަކީ
އިސްރާފް ނުކުރޭ
20 July 2025
ގައުމުގައި ޑޮލަރު އަތްނުފޯރާ ހިސާބަށް ގޮސް ރައްޔިތުން ބިކަވެފައި އޮތްވާ ބޭކާރު ހަރަދުނުކުރޭ! މިއީ އުތުރު ކޮރެޔާއެއް ނޫން،
ޝިނާޒްް
21 July 2025
ބަލަ މިއީ ބޭކާރު ހަރަދެއްނޫން. ރާއްޖޭގެ މައި ދޮރާށި މި އޭޝިއާގެ ނެތް ފެންވަރުގެ އެއާޕޯޓަކާއެކު ހުޅުވާއިރު މިކަން ފާހަގަ ނުކުރަންޏާ ފާހަގަ ކުރަން އެއްވެސް ކަމެއް ނެތް. ޑޮލަރުގެ މައްސަލައަށް ހައްލުވެސް ލިބޭނީ މި އެއާޕޯޓް ހުޅުވި އޮޕަރޭޓް ވެގެން.