27 ޖުލައި 2025 - 20:48
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވަން ރޭ އެރުވި ތާރީޚީ ހަވާ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އަށް "ގިނިސް ވޯލްޑް ރެކޯޑް ޓައިޓަލް ފޯ ދަ މޯސްޓް ވެނިއުސް ޕާފޯމިން ސައިމަޓޭނިއަސް، ކޮރިއޯގްރާފްޑް ފަޔަވޯކްސް ޑިސްޕްލޭ"ގެ ރެކޯޑުގެ ލިޔުން ހަވާލުކުރީ، އާ ޓާމިނަލުން ހިދުމަތް ދިން ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިޔުމަށް މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
އެ ރަސްމިއްޔާތުގައި މި ރެކޯޑްގެ ލިޔުން އެމްއޭސީއެލްގެ ޗެއާޕާސަން ނޫރައިން ޖަނާހުއާ ހަވާލުކޮށްދެއްވީ އެޑްޖޫޑިކޭޓާ ފޯ ގިނިސް ވޯލްޑް ރެކޯޑްސް، އެމްބާލީ އިންކޯސީ އެވެ.
On the occasion of the grand opening of the new terminal at @VelanaAirport on 26th July 2025, we proudly achieved a remarkable milestone by setting a @GWR for the most venues performing a simultaneous choreographed fireworks display. This historic achievement stands as a proud… pic.twitter.com/475pmm3mIB
— Maldives Airports Company Ltd (@MACLmedia) July 27, 2025
އެމްބާލީ ވިދާޅުވި ގޮތުގައި، މިއީ ގިނިސް ވޯލްޑް ރެކޯޑަށް މުޅިން އަލަށް ތައާރަފުކުރި ރެކޯޑެކެވެ.
މިއީ ވަކިގޮތަކަށް އަރުވަން ރޭވި، އެއް ފަހަރާއި އެއް ވަގުތެއްގައި އެންމެ ގިނަ ސަރަހައްދުތަކުގައި ހަވާ އަރުވައިގެން ލިބުނު ރެކޯޑެވެ. އެ ރެކޯޑް ހާސިލްކުރުމަށް މަދުވެގެން ފަސް ދިމާލެއްގައި އެއް ވަގުތެއްގައި ހަވާ އަރުވަން ޖެހޭ ގޮތަށް އޮތީ ކަނޑައަޅައިފަ އެވެ.
އާ ޓާމިނަލް ހުޅުވަން ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވަނީ އެއްފަހަރާ، މާލެ ސަރަހައްދުގައި ވަށައިގެން 19 ދިމާލެއްގައި ހަ މިނެޓަށް ހަވާ އަރުވައިފަ އެވެ.
އެމްބާލީ ވިދާޅުވީ މި ރެކޯޑް ހާސިލްކުރިކަން ކަށަވަރުކުރުމަށް ގިނިސް ވޯލްޑް ރެކޯޑްސްގެ ފަރާތުން 32 ހެކިވެރިން ހަމަޖެއްސި ކަމަށެވެ. އޭގެ ތެރެއިން 16 ހެކިވެރިންނަކީ ދިވެހި ސިފައިން ކަމަށާއި މި ރެކޯޑް ދިނުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ހަވާއެރުވުން ކުރިއަށް ގެންދޭތޯ ބަލަން އޭނާއާ އެކު ސައިޓުގައި އިތުރު ދެ ހެކިވެރިޔަކު ތިބި ކަމަށް ވެސް ވިދާޅުވި އެވެ.
- މަދުވެގެން ފަސް ދިމާލެއްގައި އެއް ވަގުތެއްގައި ހަވާ އަރުވަން ޖެހޭނެ
- ހަވާ އެރުވުން ހުރިހާ ދިމާލެއްގައި ފަށަން ޖެހޭނީ އެއް ވަގުތެއްގައި
- ހުރިހާ ދިމާލަކުން އަރުވާ ހަވާގައި އެއްގޮތް ކަމެއް ހުންނަން ޖެހޭނެ
- މަދުވެގެން ފަސް މިނެޓަށް ހަވާ އަރުވަން ޖެހޭނެ
"ގައިޑްލައިނާ އެއްގޮތަށް ހަވާ އެރުވިކަން އަޅުގަނޑު ކަށަވަރުކޮށްދެން،" އެމްބާލީ ވިދާޅުވި އެވެ.
އެމްބަލީ ވިދާޅުވީ އެމްއޭސީއެލް އަށް މި ރެކޯޑު ހެދުނީ ހަވާ އެރުވި 19 ސަރަހައްދުގެ ތެރެއިން 9 ސަރަހައްދެއްގައި މި ރެކޯޑުގެ ގައިޑްލައިނާ އެއްގޮތަށް ހަވާ އެރުވިފައިވާތީ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކުރުމާ އެކު، އާ ޓާމިނަލް ހުޅުއްވައިދެއްވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ ޓާމިނަަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
28 July 2025
ވޯލްޑް ރިކޯޑަށް އެރުމަކީ ދިވެހިން އުފާކުރަންޖެހޭވަރުގެ ކުރިއެރުމެއް. މި ރައީސް ތަފާތުވާނެ. ޝުކުރިއްޔާ ރައީސް.
ހަސަދު
28 July 2025
އަދި ރެކޯޑް ފޮތަށް އެރިދާނެ އެހެން ގޮތެއްވެސް އެބައޮތް. ގައުމުގައި ހުރިހާ ފައިސާ ނަގާ ކަނޑަށް އަޅާލުން. އެއިރުން އެންމެ ގިނަ ފައިސާ ކަނޑަށް އަޅާލުމުގެ ރެކޯޑް ރާއްޖެއަށް ލިބޭނެ.
ށަވިޔަނި
28 July 2025
މަނައަކީ، މިވަރަށް ހަވަޔަށް ޚަރަދު ކުރި ބަޔަކު ދުނިޔޭގެ އެހެން ތާކު ނެތޭ.
އ އަހްމަދު
28 July 2025
އެހެންވީމަ މިކަންކޮށްފަމިއޮތީ މިމަންޖެމިތަނުގެ އަގުބޮޑު ރިސޯޓެއްގަ ބައިންދައިގެން ވަރަށްމޮޅަށް ރާވައިގެން ކަމަށް ގަބޫލުކުރެވެނީ
ގިނިސް
28 July 2025
ގިނިސް ވޯލްޑް ރެކޯޑްސް ވެބްސައިޓްގަ ނެތް ތިވާހަކައެއް
އެޓޮމިކް
28 July 2025
ފޮޓޯ ފެނިފަ މަ ހީކުރީ ރާއްޖޭގައި ނިއުކުލިއާ ހަތިޔާރު ޓެސްޓުކުރީ ކަމަށް!
މައްކުބޭ
28 July 2025
މީހަކު ދުވަހަކުވެސް ކޮށްލަން ހިތައްވެސް ނާރާ ކޮންމެ ކަމެއް ކޮށްލާފަ އަމިއްލައަށް ގިނިސް އަށް ލާރިގަނޑެއް ދީ ޑީލެ އެކު ޑީލެއް ހަދާލީމަ އެމީހުން ބުނާނެ މިކަންކަންކޮށްލީމަ ތި ރެކޯރޑް މުގުރާލެވިދާނެޔޭ، ދެން އެކަން ވެރިފައި ކުރަން ގިނިސް ބަޔަކު އައްޔަންކުރާއިރުވެސް އޮންނާނީ ވެރިފައިކުރެވިފަ. މިފަދަ ފޭކްކަންކަން ކުރުމުގެ ބޭނުމެއް ނެތް، ބަޔަކަށް ލާރިގަނޑެއް ދިނުން ފިޔަވައި ހަޤީޤީ މަންފައެއް އެބަލިބޭތަ؟
ބުއްސު
28 July 2025
އެއޮށް ބޮޑު ފޮތް ފުރިފައި އެއޮތީ ތިކަހަލަ ކަންތަކުން. ރާއްޖޭގެ މާކެޓިންނަށް ރަނގަޅު އެއްޗެއްމީ. ބީ ޕޮޒިޓިވް ބްރޯ
ޙަޑަ
28 July 2025
ހަވަޔައްތަ ނުވަތަ ބޯދުންގަޑަށްތަ ތިޔަ ރެކޯރޑް ލިބުނީ؟. މިކަމަށް ކިތަންމިލިއަންޑޮލަރު ޚަރަދުކޮށް ކިހާވަރެއްގެ ރިޝްވަތެއްނެގިބާ؟
އުފަލުން
28 July 2025
މިޔަ ރިކޯޑު ލިބުމުން އެކަމުގެ އުފަލުގަ ހަވާ އެރުވުމެއް ނެތްތަ؟؟
ސުބޫ
28 July 2025
މީ ކުޑަކުޑަ ޓަރމިނަލެއް ހުޅުވާފަ ހަރަދު ކޮއްލިވަރު. އަސްތަޣުފިރުﷲ!