ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި އެއާޕޯޓް ކައިރީގައި މިރޭ ހަވާ އަރުވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
26 ޖުލައި 2025 - 21:47
ރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މީގެ ނުވަ އަހަރު ކުރިން ބިނާކުރަން ފެށި އާ ޓާމިނަލްގެ މަސައްކަތް ނިންމައި 60 ވަނަ މިނިވަން ދުވަހުގެ އުފަލާ އެކު މިރޭ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކުރުމާ އެކު، އެތަން ހުޅުއްވައިދެއްވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޓާމިނަލް ހުޅުވުުގެ ކުރިން ޑްރޯން ޝޯއަކުން ރާއްޖެ އާއި މިނިވަންކަމާ ގުޅޭ އެކި މަންޒަރުތައް ދައްކާލި އެވެ. އަދި މާލެ ވަށައިގެން 19 ދިމާލަކުން ހަވާ އަރުވައި މުޅި އުދަރެސް ކުލަތަކުން ދިއްލައިލި އެވެ.
އެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ ޓާމިނަަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި އެއާޕޯޓުގެ މަތީގައި ޑްރޯން ޝޯ ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އާ ޓާމިނަލްގެ ބޭރުން ފެންނަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުންތަކެވެ. ގާތްގަނޑަކަށް 12 ވަރަކަށް ފޫޓުގެ އެ ޓާމިނަލުން ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަ ކަމާއި ކުލަތައް ފެނެ އެވެ. އެ ޓާމިނަލުގެ ކޮންމެ ސަރަހައްދަކުން ވެސް ފެންނާނީ ވިލު ނޫކުލަ އާއި ރާއްޖޭގެ މޫދާއި ރަށްތަކުގެ މަލަމަތިން ފެންނަ ކުލަތަކެވެ.
ކުރީގެ ޓާމިނަލުގައި އެންމެ ފުރަތަމަ ފުރުމަށް ޓާމިނަލަށް ވަދެގެން އަންނަ އިރު އޭވިއޭޝަން ސެކިއުރިޓީގެ ސްކްރީނިން ހަދަން ޖެހެ އެވެ. ފަސިންޖަރުންނާއި ބެގޭޖު ކްލިއަރެންސް ކުރަން ޖެހެ އެވެ. ނަމަވެސް، އާ ޓާމިނަލްގައި ފުރަތަމަ ދާން ޖެހޭނީ ޗެކިން ކައުންޓަރުތަކަށެވެ. މިއީ ދުނިޔޭގެ އެހެން އެއާޕޯޓުތަކުގައި ވެސް އަމަލުކުރާ ގޮތެވެ.
އާ ޓާމިނަލްގެ ދެވަނަ ފްލޯ ހާއްސަ ކޮށްފައިވަނީ، ސެކިއުރިޓީ ޗެކް ކުރުމާއި އިމިގްރޭޝަން ކައުންޓަރުތަކަށެވެ. އިމިގްރޭޝަނުގެ 38 ކައުންޓަރު ވެސް އާ ޓާމިނަލުގައި ހުންނާނެ އެވެ. އެއީ، އިމިގްރޭޝަން ޕްރޮސެސް ވެސް އިތުރަށް ލުއިވާނެ އެއް ކަމެކެވެ.
އިމިގްރޭޝަން ކްލިއަރެންސްއަށް ފަހު ވަދެވޭނީ "އިމާސިވް ޓަނަލް" ގެ ތެރެއިން ޑިއުޓީ ފްރީ ފިހާރަތައް ހުންނަ ސަރަހައްދަށެވެ. ޑިއުޓީ ފްރީއަށް ހާއްސަކޮށް ގާތްގަނޑަކަށް 4،000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. އެއާ އެކު، މިހާރު ވެސް ރާއްޖޭގެ ޑިއުޓީ ފްރީން ލިބެން ހުންނަ ފިހާރަތަކުގެ އިތުރަށް، އެންމެ ލަގްޒަރީ ބްރޭންޑުތަކުގެ އިތުރު އުފެއްދުންތައް ބަހައްޓަން ޖާގަ ލިބޭނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި އެއާޕޯޓުގެ މަތީގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ރައީސް މުއިއްޒަށް ހާއްސަ ޝުކުރު.---ފޮޓޯ: ނިޝާން އަލީ| މިހާރު
އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެ އެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރަށް ވެސް، ހިދުމަތް ދިނުމުގައި ކުރީގެ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސް ވާނެ އެވެ.
އާ ޓަމިނަލުން ފުރާމީހުން ވަންނަން ހާއްސަ ގޭޓްތަކަށް ވަންނަ ސަރަހައްދު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ޓާމިނަލުގައި 12 އޭރޯ ބްރިޖް ހުރެ އެވެ. އެއީ ވެސް ކުރީގެ ޓާމިނަލުން ނުފެންނަ އަދި ރާއްޖެ އަށް މުޅިން އާ ކަމެކެވެ. އެއާ އެކު، ކުރިއާ ހިލާފަށް މާ ފަސޭހައިން ފަސިންޖަރުންނަށް ބޯޓުތަކަށް އެރޭނެ އެވެ.
އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށެވެ. އެ އަށް ފަހު، މަޑުމަޑުން އެހެން އެއާލައިންތަކުގެ ބޯޓުތަކަށް ވެސް ހިދުމަތް ފުޅާ ކުރަމުން ގެންދާނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިވަގުތު 34 އަށް އެއާލައިންގެ މަތިންދާބޯޓުތަކަށް ހިދުމަތް ދެ އެވެ. އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް ހުރިހާ އެއާލައިނަކަށް ހިދުމަތް ދެވޭ ވަރުވުމެވެ.
އާންމު ލަގޭޖުތަކަށް ހާއްސަ ފަސް ބެޖޭޖު ބެލްޓްތަކުން އެއް ފަހަރާ 12 މަތިންދާބޯޓަށް ކޭޓާ ކުރެވޭނެ އެވެ. އަދި އޯވަ ސައިޒްޑް ލަގޭޖްތަކަށް ހާއްސަ އޯއޯޖީ ބެލްޓެއް ވެސް އިންސްޓޯލްކޮށްފައިވެ އެވެ. އެއީ އާންމުކޮށް ބޭނުން ކުރާ ލަގޭޖުގެ އިތުރުން ސާފް ބޯޑުފަދަ ތަކެއްޗަށް ހާއްސަ ބެލްޓެވެ. އެ އެއާޕޯޓުގައި ބެގޭޖު ސްކީނުކުރުމަށް އޮޓަމެޓިކް ސިސްޓަމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އެއީ ވެސް އެޓާމިނަލުގެ ހިދުމަތުގެ ސްޕީޑު އަވަސް ވާނެ އެއް ސަބަބެކެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދެވި، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހހހހ
27 July 2025
ހައެއްކަ މަސް ވާއިރު މައްސަލަ ޖެހިފަ ހުންނަ ލިފްޓްތަކާ އެއްޗިހި ނުފެންނާނެކަމަށް އުއްމީދު ކުރަން.. ތިޔަ ގިނަ ކައުންޓަރުތަކުގެ ތެރެއިން ގިނަ ކައުންޓަރުތަކަކީ ހުސްކޮށް ހުންނަތަންތަނަށް ނުވާންކަމަށް އުއްމީދުކުރަން..
އުފާ
27 July 2025
ޝުކުރިއްޔާ ރައީސް ޔާމީން.
ބެލުން
27 July 2025
އިމިގްރޭޝަން ކައުންޓަރގެ އަދަދު ކިޔާ ނިމުމުން އޮޅޭގޮތް ނުވޭތޯ؟ ލިޔުމުން ފެންނަނީ 38 ކައުންޓަރުކަމަށް. އެކަމަކު ހުށަހަޅާފައިވާ އެއަރ ޕޯރޓުގެ މުހިއްމު މައުލޫމާތުން ފެންނަނީ 48 ކައުންޓަރު. މިއީ ލިޔުމުގެ ކުށެއްތޯ ނޫނީ މައުލޫމާތު ހިމަނާފައިވާ ފޮޓޯގައި ވާ ކުށެއްތޯ؟ އާ ޓާރމިނަލް އަކީ ދިވެހި ހުރިހާ ރައްޔިތުން ބޭނުންވާނެ ތަރައްޤީގެ ބޮޅެއްކަން ޔަޤީން. ޝާމިލުވީ ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ!
ބަކުރުު
27 July 2025
ގާތްގަނޑަކަށް 12 ވަރަކަށް ފޫޓުގެ އެ ޓާމިނަލުން އައުޓާމިނަލްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 12ވަރަކަށްފޫޓް. މާނައަކީ 12 ފޫޓް މުޅިއަކުން ހަމައެއްނުވާނޭ.
އަލީބޯ
27 July 2025
ހަވާ ކުރިހަރަދާބަލާފަ 0 ޑުރޯންތައްތިރިނުކުރެވެނީސް ހަވާއެރުވީމަ ޑުރޯންތައް އެތައްމިތަނަށް ވެއްޓުނީ ފުލައިޓްތައް ޑިލޭވެގެންދިޔައީ ބަދަލުދޭން ނުޖެހުނިއްޔާ ކިތައްމެހާވެސްރަގަޅު
ޢެޑްމުންޑޯ
27 July 2025
12 ވަރަކަށް ފޫޓޭ ؟؟؟؟؟؟
ތަމެންދޯ
27 July 2025
މީ ސީދާ މަމެން ޕިންކީންގެ އުފެއްދުމެއް މީގައި އެމްޑީޕީގެ އެއްވެސް ހިއްސާ އެއް ނޯންނާނެއޭ އެހެންވެއޭ އިބޫ ފިލައިގެން ގޮސް މެލޭސިއާ ގައި ވެސް އެހުރީ މިޒާތުގެ ގައުމަށް ފައިދާ ވާ ކަންކަން ކުރަން އެމްޑީޕީ އަށް ނޭގޭނެއޭ ކެނެރީގެ ނަށީދާއި މާރިޔާ ބާލިދީ އެއަރޕޯރޓޭ ކިޔާ ދިވެހިންގެ މިނިވަން ކަމަށް މަލާމާތް ކުރި ބައިގަނޑަށް މިހާރު ހުންނާނެ އެއްޗެއް ހަނދާން ވެފައިދޯ..
ޢެމެރިކާ
27 July 2025
ޢެމްޑީޕީގެ ވިސްނުން ހުރީ އެއާޕޯޓުގެ ހިސްސާތައް ވިއްކާލުން ދެރަ
ގަސަމް
27 July 2025
ޓާމިނަލްގައި ބޮޑު އުނިކަމެއް އެބައޮތެވެ. ޑިޕާޗާ އެންޓްރެންސް އާއި ޗެކްއިން އޭރިއާ އާއި ދެމެދު އޮންނަ ސަރަހައްދަކީ ވަރަށް ހަނި ތަނެކެވެ.މި ސަރަހައްދު ތޮއްޖެހިގެންދާނެ-ހައްޖު ދަތުރުކުރާ މީހުން ދޫކޮށްލަން ދާ މީހުންނާ މެދު ވިސްނާށެވެ. އެމްއޭސީއެލް އިން ޖެހެނީ އެހެން ހުރިހާ ބައިނަލްއަގްވާމީ އެއާޕޯޓްތަކެކޭ އެއްފަދައިން ދަތުރުކުރާ މީހުންނާއި އެމީހުން ފޮނުވާލާ މީހުން ހިމެނޭ ގޮތަށް ހުރިހާ މީހުންނަށް ވަދެވޭ ގޮތަށް މުޅި ޗެކް-އިން އޭރިއާ ހުޅުވާށެވެ.
ނޯ ޕްރޮބްލަމް
27 July 2025
ނުޖެހޭ ހައްޖަށް ފުރުވަން ވިޔަސް މުޅި އާއިލާ އެންމެން ޓަރމިނަލް ދޮރު ބުޑަށް އެއްވާން. ސަލާން ގަލާން ކޮށް ނިންމާނީ ގޭގަ ނުވަތަ ޓަރމިނަލް އާ ތަންކޮޅެއް ދުރުން. މިކަހަލަ ކުދި ކަންކަމަކީ ޓަރމިނަލް ޑިޒައިން މައްސަލައެއް ނޫން.
އަލީ
27 July 2025
ދިވެހީންނަށް މިހާރު ހެޔޮ ހަމަ އެއްގޮތްވެސް ނެތެވެ.
ވައިރަސް
27 July 2025
ބްރޯ މާ މޮޅީއެވެ.
ނުކިއްސަރު
26 July 2025
މިތަން ހުޅުވުމުގެ ކާމިޔާބީއަކަށްވާނީ، އަވަހަށް އިތުރު ފުލައިތުތަކަށް ޖާގަދެވި މިހާރު ދެމިލިޔަން ގެސްޓުންގެނެވޭ ޓާގެޓް ދެގުނަކޮށް ފެށޭސީޒަންގައިވެސް މީޖެނަތީޖާފެނި ގައުމުވެއްޓިފައިވާ ނުރައްކާތެރި އިގްތިސޯދީ އަނދަވަޅުން އަރަައިގަނެވުން. އިގްތިސޯދު ކޮޅަށްޖަހަލެވުން އެހެންނޫނީ ތިޔަތަން މަރާމަތުކޮށް ބެލެހެއްޓުމުގެ ހަރަދުބޮޑުވެ އެމްއޭސީއެލްއަށް ހިތިބޭހަަކަށް ވުން އެއީ ވުންގާތްކަމެއް. މިތަންރީތި ކިޔައިގެން ތިބެވޭކަށްނެތް. އަތުކުރިއޮޅާލަމާ..