މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވާހަކަދައްކަވަނީ -- ފޮޓޯ: އެމްއޭސީއެލް
26 ޖުލައި 2025 - 23:12
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްއާ އޭނާ ހަވާލުވެވަޑައިގަތްއިރު އާ ޓާމިނަލްގެ ނިމިފައި އޮތީ 30 ޕަސެންޓު ކަމަށާއި ބާކީ 70 ޕަސެންޓު މަސައްކަތް ނިންމީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެން، އެ ޓާމިނަލްގެ މަސައްކަތް އަވަސް ކުރުމަށް ބެއްލެވިއިރު، އެ ތަނުގެ މުހިއްމު ގިނަ މަސައްކަތްތައް ހުރީ ނުނިމި ކަމަށެވެ. އޭގެ ތެރޭގައި ހެޑް އޮފް ސްޓޭންޑް ރޯޑު ނުވަތަ މަތިންދާބޯޓުތައް ޓާމިނަލާ ކައިރި ކުރަން ބޭނުންވާ މަގު ހެދުމާއި ޕަވަ ޖެނެރޭޝަން ސިސްޓަމާއި ފެނާއި ނަރުދަމާގެ އިތުރުން ކޮމާޝަލް ޖާގަތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޑީ ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ޑްރޯން ޝޯގެ މަންޒަރެއް.---ފޮޓޯ: އެމްއޭސީއެލް
އޭނާ ވިދާޅުވީ، އެ ހުރިހާ މަސައްކަތްތަކެއް އަވަސް ކުރެވުނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ ތެރެއިން ކުރި މަސައްކަތުން ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ކުލަގަދަ ހަފުލާގައި ހަވާއަރުވަނީ.---ފޮޓޯ: އެމްއޭސީއެލް
"ކަރަންޓު ދެވޭނެ ގޮތެއް ނެތް، ކަރަންޓުގެ ވިއުގާއެއް ވެސް ނެތް. ނިޒާމެއް ނެތް، ފެން ހިނގާނެ ގޮތެއް ނެތް. ތަނަކަށް ބޭނުންވާ 12 މެގަ ވޮޓްގެ ކަރަންޓްގެ ނިޒާމު ގާއިމް ކުރީ އެ ތަނުގެ ހީވާގި އަތްތަކުން،" އޭނާ ވިދާޅުވި އެވެ.
އެހާ އަވަހަށް އެ މަސައްކަތް ކުރެވުނީ، އެމްއޭސީއެލްގެ ޓީމުގެ ބުރަ މަސައްކަތުން ކަމަށް ޝަރީފު ވިދާޅުވި އެވެ.
"ޓާމިނަލް ނިންމުމާ ހަމައަށް އައި އިރު އެކްޓިވް ޑިއުޓީގައި އުޅެފައި އިތުރު ގަޑީގައި އައިސް މަސައްކަތްތައް ކުރަމުން ދިޔަ މުވައްޒަފުންގެ އަގު ވަޒަން ކޮށްލުމަކީ މި ހިނދުގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެން،" އޭނާ ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ކުލަގަދަ ހަފުލާގައި ހަވާ އަރުވާއިރު ރައީސް މުއިއްޒު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްއޭސީއެލް
ޝަރީފު ވިދާޅުވިގޮތުގައި، އާ ޓާމިނަލާ އެކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ހޯދޭނެ މަންޒަރު އޭނާ އަށް މިހާރު ވެސް ސިފަ ކުރެއްވެ އެވެ. ކުރިއަށް އޮތްތަނުގައި ހުރިހާ އެއާލައިންތަކެއްގެ ހިދުމަތް އެ ޓާމިނަލުން ދެވޭނެ ކަމަށް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ކުރީ ސައުދީ ބިންލާދިން ގްރޫޕުންނެވެ. އެ މަޝްރޫއު އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރު އެވެ. ނުވަ އަހަރު ފަހުން އެ މަސައްކަތް ނިންމާ، އެ ތަން ހުޅުވި އިރު އެ ޕްރޮޖެކްޓަށް 457 މިލިއަން ޑޮލަރު (ހަތް މިލިއަން ރުފިޔާ) އެވެ.
އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެ އެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރަށް ވެސް، ހިދުމަތް ދިނުމުގައި ކުރީގެ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
29 July 2025
އެއްކޮށް ނިންމިއަސް އެ ނިންމީ ރައްޔިތުންގެ ފައިސާއިން. ރައްޔިތުން މުސާރަ ދީފަ ތިބި ބަޔަކު ލޯނުނަގައިގެން ބޭރު މީހުންލައްވާ ކުރުވި މަސައްކަތެއް. ދެން ކޮން ކްރެޑިޓެއް ހޯދަންތަ ތިޔައުޅެނީ. އޭގެ ހީރޯއަކީ ކާކުތޯ އަހައިފިނަމަ އަހަރެންބުނާނީ އެކަން ކެރިގެން ފަށާ ބިންގާ އަޅާ ޕްރޮޖެކްޓް ހަގީގަތަށް ހެދި ފަރާތް. އެއީ ރައީސް ޔާމީން. ފަށާފަ ހުރި ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަކީ ދެން ހަވާލުވާބަޔަކު ކުރަން މަޖްބޫރުކަމެއް.
އަންދަލޫސިޔާ
28 July 2025
މި ސަރުކާރު މަޖުލިސް އިންތިޚާބަށް ބުނީ މިހާރު ހުރީ އާ ޓާމިނަލްގެ %90 ނިމިފައޭ. ވެރިކަން ލިބުނީ 17 ނޮވެންބަރު 2023 ގައި. 2024 މާރިޗް މަހަށް %90 ނިމިފަ އޮތް ޓާމިނަލްއެއްގެ %70 އޭގެ ފަހުން ނިންމާނީ ކިހިނެތް؟ 7 ދިހައެއް ނޫން 1 ދިހަ ޕަސެންޓް ނިންމަން ތިއުޅެނީ. ޓާމިނަލް ހުޅުވިޔަސް އަދިވެސް މަސައްކަތް ނުނިމޭ!
އަދުރެމެޓިކްސް
28 July 2025
457 މިލިއަން ޑޮލަރަކީ އެންމެ 7 މިލިއަން ރުފިޔާތަ؟
ދެން ކީކޭ ބުނާނީ؟
28 July 2025
ބްރިޖްގެ ފެނުންމަތީ %90 ވެސް ދެއްތޮ؟
އަފްރާސިޔާބު
27 July 2025
ކޮންމެކަމެއްވެސް އޮޅުވާލުމެއްގެ ތެރެއަށްގެންދިޔައީމާ ކަމަކުނުދާނެ.އެމަސައްކަތް ކުރީ ބިންލާދިން ގްރޫޕާއި ޗައިނާމީހުން. އެމަސައްކަތަށްހިނގާނެޚަރަދުލާފާކޮށްފައިވަނީ 800މިލިއަންޑޮލަރު. އޭގެތެރެއިން ބޮޑުބައެއްޔާމީނު ހޯއްދެވި. މަސައްކަތް ބިންލާދިންގްރޫޕަށާއި ޗައިނާކުންފުންޏަށް އެވޯޑްކުރި. މަސައްކަތްފަށައިގެން ފައުންޑޭޝަންގެ ބައެއްކަންކަން ނިންމާފައިވަނިކޮށްއިބޫގެ ވެރިކަމުގައިކުރެހުމަށް ބައެއްބަދަލުގެނެސްއަލުން މަސައްކަތްފެށީ. ދެންމުއިއްޒަށްއޮތީރިބަން.
ހާފިޒް ރަސާދު
27 July 2025
ކާކަށް އޮޅުވާލަންތޯ، ދިވެހިންނަކަށްވެސް އަބަދަކު އޮޅުވައެއް ނުލެވޭނެ. ދޮގުހަދައިން އަބަދަކު ކާމިޔާބެއްވެސް ނުލިބޭނެ. ދަވާދުލުން އެއީ %70 ވެއްޖެއްޔާ އެކަންކުރީ މިސަރުކާރުން.
ރައްޔަތު މީހާގެ ދަރި
27 July 2025
ޢެހަދަނީ ދޮގް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުނުއިރު 65% ވަނީ ނިމިފައި އަދި ފައިސާ ހުރީ ހަމަޖައްސާފައި. މުއިއްޒު ވެރިކަމާއި ހަވާލުވެގެން ކުރާކަމަކީ ފާއިތުވެދިޔެ ސަރުކާކުން ކޮއްފައިވާ މަސައްކަތްތަކުގެ ފައިދާ ނެގުމާއި ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ މާލިއްޔާއިން ބޭކާރުގޮތުގައި އެއްވެސް މަންފާއެއްނެތި ހަރަދުކުރުން. ތަރައްގީގެ އެއްވެސް މަސެއްކަތެއް ފަށާފައިނުވޭ، އަންނައަހަރުކުރާނެމޭ ބުނަނީ، އެބުއަންނަ އަހަރެއްވެސް ނާދޭ
ވަރަށް ވެދުން
27 July 2025
މިކަމުގެ ހަގީގަތް ދިވެހިންނަށް އޮޅިފައެއް ނުވޭ. ރ. ޔާމީންގެ ތަސައްވަރު ، އެ މަނިކުފާނުގެ އިސްނެގުމެއް. މި ޕްރޮޖެކްޓުގެ 80% ތާރީފާއި ޝުކުރު ހައްގީ ކުރީގެ ރައީސް ޔާމީނަށް. %10 ރައީސް އިބްރާހިމް މުހައްމަދު ސޯލިޙަށް އަދި ބާކީ ރައީސް މުއިއްޒަށް.
ޟމމކ
27 July 2025
ދޮގުހަދައިފި، ދޮގުހަދައިފި. ދޮގުމައްޗަށް ދޮގުހަދައިފި.
ބޯރޑު މެމްބަރ
27 July 2025
މި ގަރުނުގައި ތަކުރަކަށް ހެދޭނެ އެއްމެ ބޮޑު ދޮގު ހަދައިފި އެސޮރު!
ހަމަދު ސަލީމް
27 July 2025
އެކަން އެކުރަނީ އަންގާގޮތައް، މަގާމްގަ ދެމިހުރެވޭނީ ވަރަށް ދޮގުހަދައިގެން.