އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވީއައިއޭގެ އާ ޓާމިނަލްގައި މިއަދު އިންޓަވިއު ދެއްވަމުން އެތަނާއި މަސައްކަތުގެ ތަފްސީލްތައް ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
23 ޖުލައި 2025 - 15:48
ސަރުކާރުން ހިންގާ އެންމެ މުއްސަނދި އެއް ކުންފުނީގެ އެންމެ އިސްވެރިޔާގެ މަގާމާ އޭނާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ވަދެވަޑައިގަންނަވަން ޖެހުނީ ހަމައެކަނި "ރާނައި އުވަޖަހާފައި" ހުރި އާ ޓާމިނަލްގެ ކޮންސްޓްރަކްޝަން ސައިޓަށެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވަމުން އިބްރާހިމް ޝަރީފު މުހައްމަދުގެ ކޮންމެ ދުވަހެއްގެ އެންމެ އިސް ޒިންމާއަކަށްވީ ނުވަ އަހަރުވީ ތަން ނިންމުމެވެ.
އޭނާގެ ކުރިމަތީގައި ހުރީ ބޮޑެތި ހުރަސްތަކެވެ. އިތުރަށް ފައިސާ ބޭނުންވެ އެވެ. ޓާމިނަލްގެ އިމާރާތް ކޮޅަށް ނަގާފައި ހުއްޓަސް ހިދުމަތް ފަށަން ބޭނުންވާ އެއްވެސް ކަމެއް ނިމިފައެއް ނެތެވެ. ބައެއް މަސައްކަތްތަކުގައި ހުރީ އަތް ވެސް ނުލަ އެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ޓައިމްލައިނަށް ހުރިހާ ކަމެއް ފައްތަން ޖެހުނެވެ. އެހެންވެ، އެންމެ ފުރަތަމަ ކުރެއްވި ކަމަކީ "ކްރިޓިކަލް ޕާތް އެނަލިސިސް" އެއް ހަދައި ޓާމިނަލް އެންމެ އަވަހަށް ހުޅުވޭނެ މަގު ފަހި ކުރުވުމެވެ.
އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިއަދު އެއާޕޯޓުގައި: އެ ތަނުގެ ފައިނޭންސިން ހަމަޖެހުނު ނަމަވެސް، އެ ހަމަޖެހިގެން ލިބުމަށް ވެސް ދުވަސް ނެގިކަން އޭނާ ފާހަގަކުރެއްވި.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އަންނަ ހޮނިހިރު ދުވަހުގެ ރޭ ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ޝަރީފުގެ ވާހަކަ ފެއްޓެވީ އެ ހިސާބުންނެވެ. ގޮންޖެހުންތަކުގެ ވާހަކައިންނެވެ.
ޝަރީފު މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ކުރީކޮޅު އިތުރަށް ހޭދަކުރެއްވީ ކުރީގެ ސަރުކާރުގެ ހާއްސަ އިސް ނެންގުމެއްގެ ތެރެއިން ހަމަޖެހިފައި ހުރި ފައިސާ އެވެ. ޓާމިނަލަށް ހޭދަކުރި 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ގެ ތެރެއިން 157 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ) ހަމަޖެހުނީ މިދިޔަ އަހަރު އެވެ. އެއީ ވެސް މަސައްކަތް އަވަސްކުރުމަށް ލިބުނު ބޮޑު އުންމީދެކެވެ.
"ރާނައި އުވަޖެހުން ފިޔަވައި އިތުރު ކަމެއް ނެތް އެތަނުގައެއް. އަޅުގަނޑުމެން މި ހެދި ގޮތަކީ އެތެރޭގެ ޓީމާ އެކު ޕްރޮޖެކްޓްގެ ވިޒިބިލިޓީ ހޯދީ. ކޮން ކަމެއް، ކިހާ ވަރެއް، ކޮން މުއްދަތަކަށްތޯ ކުރެވޭނީ؟" އޭނާ ވިދާޅުވި އެވެ.
ޝަރީފު "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. އާ ޓާމިނަލް ހުޅުވުމަށް ބޮޑެތި ހުރަސްތަމެއް ހުރިކަން އޭނާ ފާހަގަކުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެންމެ ބޮޑު ހުރަހަކަށް ދިމާވީ، ހެޑް އޮފް ސްޓޭންޑް ރޯޑު ނުވަތަ މަތިންދާބޯޓުތައް ޓާމިނަލާ ކައިރިކުރަން ބޭނުންވާ މަގު ހެދުމުގެ މަސައްކަތް ވެސް ނުފަށައި އޮތުމެވެ. އެއީ ޓާމިނަލް ބޭނުން ކުރަން ފަށާ އިރު އެންމެ މުހިއްމު އެއް މަގެވެ. އެހެންވެ، އެ ތަން ހަވާލުކޮށް މިހާރު އެ ވަނީ ނިންމާލައިފަ އެވެ.
"ހެޑް އޮފް ސްޓޭންޑް ރޯޑު ބޭނުންކޮށްގެން ފިއުލް ބައުޒަރުތަކާއި ބަސްތަކާއި ބެގޭޖު ކާޓުތައް ދުއްވާނީ. އޭގެ ދަށުގައި ހުންނާނެ ކަރަންޓާއި ޓެލެކޮމިއުނިކޭޝަނާއި ފެނާއި ސުވަރޭޖާއި މި ހުރިހާ ސާވިސްތަކެއް. އެހެންވީމާ އެކަން ފުރަތަމައިނުން ކުރީ،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، އާ ޓާމިނަލް އޮޕަރޭޝަނަށް ގެންނަން ބެލިއިރު އެމްއޭސީއެލްގައި އޭރު ހުރި ޕަވާ ޖެނެރޭޝަނަކީ، އާ ޓާމިނަލްގެ އޮޕަރޭޝަނަށް ބޭނުން ކުރެވޭ ވަރުގެ ކުޑަ ކެޕޭސިޓީއަކަށް ވާތީ 16 މެގަ ވޮޓަށް ޕަވަ ޖެނެރޭޝަން އިތުރު ކުރަން ޖެހުނު ކަމަށެވެ. އެ އަށް ބޭނުންވާ ހައި ވޯލްޓޭޖް ކޭބަލް ނެޓްވޯކް ވެސް ގާއިމް ކުރި އެވެ. ފެން އުފައްދާ ނިޒާމު ހަރުދަނާކޮށް ބޭނުންވާ ޕައިޕްލައިންތައް އެޅި އެވެ. އެއީ ޓާމިނަލްގެ ކޮންސްޓްރަކްޝަން ނިމުނު ނަމަވެސް އޮޕަރޭޝަނަށް ގެންނަން ޑިލޭތައް ކުރިމަތިވާނެ ކަންކަމެވެ. އެހެންވެ، ޓާމިނަލްގެ ފިނިޝިން މަސައްކަތްތަކާ އެއް ވަރަށް އެތަނުގެ ހިދުމަތް ފެށުމަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ދިޔައީ ޕެރަލަލްކޮށް ކުރަމުންނެވެ.
އެމްއޭސީއެލްގެ އެމްޑީ ޝަރީފު "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ: އާ ޓަމިނަލް ހުޅުވަނީ އަންނަ ހޮނިހިރު ދުވަހު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ކޮމާޝަލް އޭރިއާގެ ތެރެއިން ކެފޭތަކާއި ޑިއުޓީ ފްރީ އައުޓްލެޓްތަކުގެ މަސައްކަތްތައް އަދިވެސް އަންނަނީ ކުރަމުންނެވެ. އާ ޓާމިނަލް ހުޅުވާއިރު، އެ ތަނުގައި ހަމައެކަނި ބޭނުން ކުރާނީ ޑިއުޓީ ފްރީ ތިން އައުޓްލެޓެވެ. އަދި ބޭނުންކުރާނީ ތިން ރެސްޓޯރަންޓެވެ.
ޝަރީފު ވިދާޅުވީ، އާ ޓާމިނަލް އެއްކޮށް ބޭނުންކުރަން ފެށޭނީ އަންނަ ސެޕްޓެމްބަރު ފަހުކޮޅުގައި ކަމަށެވެ. އެއީ ހުރިހާ އެއާލައިންތަކަކަށް ބޭނުންވާ ހިދުމަތްތައް ވެސް އާ ޓާމިނަލަށް އެއްކޮށް ބަދަލުކުރެވޭނެ ކަމަށް އަންދާޒާކުރައްވާ މުއްދަތެވެ.
އާ ޓާމިނަލް އަންނަ ހޮނިހިރު ދުވަހު ހުޅުވައިގެން ފުރަތަމަ ހިދުމަތް ދޭނީ ހަމައެކަނި މޯލްޑިވިއަންގެ ފްލައިޓުތަކަށެވެ. އެއަށް ފަހު ނެރޯ ބޮޑީ އަދި އޭގެ ފަހުން ވައިޑް ބޮޑީ އެއާކްރާފްޓްތައް ގެންގުޅޭ އެއާލައިންތަކެއްގެ ހިދުމަތްތައް ވެސް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ އެވެ.
އެ ހުރިހާ މަސައްކަތެއްގެ އިތުރުން އާ ޓާމިނަލަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމަށް ވެސް ހާއްސަ ތަމްރީނުތަކެއް ދީފައިވެ އެވެ. އެންމެ ޒަމާނީ ވަސީލަތްތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށްޓަކައި ވެސް މުހިއްމު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
"އެމްއޭސީއެލްގައި އޮތީ ވަރަށް ޓެލެންޓެޑް ޓީމެއް. އެ ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ މާހައުލަކާ ގުޅިގެން މަސައްކަތް ކުރެވޭނެ މެކޭނިޒަމެއް އަޅުގަނޑުމެން މި އެސްޓަބްލިޝް ކުރީ،" އެމްޑީ ވިދާޅުވި އެވެ.
އާ ޓާމިނަލާ އެކު، އެމްއޭސީއެލްއާ އިތުރު 1،000 މުވައްޒަފުން ވަނީ ގުޅިފަ އެވެ. އޭގެ މާނައަކީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 5،000 އަށް އެރުމެވެ.
އާ ޓާމިނަލް ކުރިމަތީ މަގު ހެދުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އާ ޓާމިނަލްގެ މަސައްކަތް އެންމެ ފުރަތަމަ އޮތީ މިދިޔަ އަހަރުގެ ޕީކް ސީޒަނަށް ހުޅުވާށެވެ. އެކަމަކު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުން، އާ ޓާމިނަލެއް ހުޅުވުމަކީ ކުރިމަތިވި އަނެއް ބޮޑު ގޮންޖެހުމެވެ. ހިނގަމުންދަ އެއާޕޯޓެއްގެ ބައެއް ހިދުމަތްތަކަކީ، ކުޑަ ވަގުތު ކޮޅަކަށް ވެސް ހުއްޓާނުލެވޭނެ ފަދަ ހިދުމަތްތައް ކަމުން، މަސައްކަތް އަވަސް ކުރުމަށް ވެސް ދަތިތައް ދިމާވި އެވެ.
"ސަތޭކަ ޕަސެންޓު އޮޕަރޭޝަނަލް އެއާޕޯޓެއް ހިންގަމުން އަދި ޓާމިނަލް ހެދުން އެއީ ވަރަށް ބޮޑު ގޮންޖެހުމެއް. އެއާ ސައިޑަށް އެކްސެސްއެއް ނުދެވޭނެ، އޮޕަރޭޝަނަލް އެއާޕޯޓެއްގައެއް. ފެންސް އޮފް ކުރަން ޖެހޭ. ވަކި އޭރިއާއެއް ނަގަން ޖެހޭ. ދެވަނަ ކަމަކަށް ލޭންޑް ސައިޑް ރޯޑްސް، މިހާރު ވެސް ކެނޑިނޭޅި މާފަށް އެދި އެދި މި ތިބޭނީ،" ޝަރީފު ވިދާޅުވި އެވެ.
ޗެކިން ކައުންޓަރުތަކުން ފަސިންޖަރުން ހިދުމަތް ހޯދަނީ. ޓާމިނަލް ރަސްމީކޮށް ބޭނުން ކުރަން ފަށަނީ އަންނަ ހޮނިހިރު ދުވަހު -- ފޮޓޯ: ފަޔާޒް މޫސާ
އޭނާ ވިދާޅުވީ، ބާ ޓާމިނަލަށް ދާ މީހުންނަށް އެކްސެސް ކަނޑާ ނުލައ، އާ ޓާމިނަލަށްވާ ލޭންޑް ސައިޑް ރޯޑު ހަދަމުން ދިއުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އާ ޓަމިނަލްގެ ހިދުމަތް ފެށި ނަމަވެސް، ކުރިއަށް އޮތް އަށް މަސް ދުވަހަށް ބާ ޓާމިނަލް ބޭނުން ކުރާނެ އެވެ. އޭގެ ފަހުން، ޑޮމެސްޓިކް ޓާމިނަލަށް ކުރީގެ ޓާމިނަލްގެ ބައެއް ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ.
އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެ އެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރަށް ވެސް، ހިދުމަތް ދިނުމުގައި ކުރީ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސްވާނެ އެވެ.
އުނދަގޫ ދިގު ދަތުރަށް ފަހު އާ ޓާމިނަލްގެ މަސައްކަތް ނިންމާލުމަކީ، ޝަރީފާއި އޭނާގެ ޓީމަށް ލިބޭ އެންމެ ބޮޑު ކުރިއެރުމެވެ. ސަބަބަކީ، އެ ކުންފުނީގެ އާމްދަނީ ފުޅާކުރުމަށް އާ ދޮރުތައް ހުޅުވިގެން ދިއުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮށިފަރީދު
26 July 2025
މާލޭ ސަރަހައްދު މީހުންނަށް ލުއިކުރަން ދިވެހި އެންމެންގެ ޓެކްސްފައިސާ ހަރަދުކުރާގޮތައް ބޮޑު ބުރިޖެއް މާލޭގަ އާޅާފި މިގައުމުގެ އެންމެ އުސް އިމާރާތުގެ ގޮތުގައި ބޮޑޫ ހޮސްޕިޓަލެއް އަޅާފި މި ސަރަހައްދުގެވެސް ނެތްފެންވަރުގެ ބޮޑު ޓާމިނަލެއް ހަދައުފި ދެން ރާއްޖެރޭގަ ކުދި ކުދި ޕްރޮޖެކްޓު ހިންގާލަހިންގާލަ ތިބެނީތޯ.ނިމިދިޔަ އެއްވެސް ސަރުކާރަކުން ރާއްޖެތެރޭގައި ބިޔަ ބޮޑު މަޝްރޫއެއް ހިންގާކަށްނުކެރޭ،ޔާމީނު ފަށަންއުޅުނު ޕްރޮޖެކްޓުވެސް މާލޭބަޔަކު ހުއްޓުވާލީ.
މިސްޓަރ ވާން
25 July 2025
މިހާރު ހަމ ށަރީފު އައިސްގެން ކުރި ކަމެއް ނޫނީ ނެތް ހެން ހީވޭ ސަަަރީފުގެ ބަސް މަގު ހުރިގޮތުން.
ވޯލް
24 July 2025
އާޓާރމިނަލް ހުޅުުވުންވެސް ތިޔަވީ ރަށްރަށުގެ ބަދަރާ މަގުހެދުމާ ފެނާނަރުދަމާ ފަދަ ޕްރޮޖެކްޓްތައް ، އެސްއޯއީ (އެމްޑަބްލިއުއެސްސީ، ފެނަކަ، އާރުޑީސީ،، ވެމްކޯ) ތަކާ އެކު ސޮއިކޮށްގެން ޕްރޮޖެޓްގެ އަމަލީ މަސައްކަތް ފެށުނީކަން ދައްކަން ކަންކުރި އުސޫލުން. ހަމައެކަނި ލޯކަލް އެއަރލައިނަށް ހިދުމަތްދޭން ތިޔަ ފަަށަނާ އިންޓަރނޭޝަނަލް އެއަރލައިންތަކަށް ހިދުމަތް ދެވޭ މިންގަނޑަށް ތަނުގެ ސްޓޭންޑަޑް ނުގެނެވޭތީ ސިޔާސީ މަންފާއަށް ކަންކަން ކުރުން ހުއްޓާލަން ވެއްޖެ.
މުޙައްމަދު އިބްރާހީމް
24 July 2025
މައުމޫނުގެ ރަން ތިރީސް އަހަރު އަބަދުވެސް އިވޭނެ ކުވޭތު ފަންޑުން ލޯނު ނަގައި ގެން އެއަރ ޕޯޓު ހަދާ ވާހަކަ. އެ ލޯނަށް ވީގޮތެއް އެނގޭ މީހަކު އެބަަހުރިތަ ؟
އޮރި
26 July 2025
އޭރު ނެގީ ލުއި ލޯނު. އޭގެން ކިރިޔާ އެވަގުތަކު ކުރަން ހުންނަ ކަންތައް ކޮށްލެވެނީ
އޮނަރަބްލް އަފީފު ދީދީ
23 July 2025
ހިސާބު ތަކުން ސައްޙަ އަދަދު އިގެން ނެތްނަކަށް ވިޔަސް ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑު ޙަރަދެއް ކުރި އަދި ކުރިއަށް އޮތްތާގައިވެސް މާލޭސަރުކާރުން ހުއްޓުމެއްނެތި ލޯނު ނަގައިގެން ތިތަނަށް ޙަރަދު ކުރާނެ ކަމަށް ބެލެވޭ "ތިޔަ ޖަވާހިރު އެއަރޕޯޓަށް" ނުޖެއްސިގެން ލަންކާއަށް ޑައިވާޓް ކުރާ ފުލައިޓް ތަކުގައި ތިބޭ ގެސްޓުން ރާއްޖެ އުފުލުމަށްޓަކާ ލަންކާގައި ސީޕްލޭން ބޭސް އެއް ހަދަންވީނު؟ އޭރުން އައްޑޫ ގޭން އެއަރޕޯޓާއި ހަނިމާދޫ ތަރައްޤި ނުކުރިޔަސް ރަނގަޅުވާނެ.
ހަމަ އަސަރު ކުރަނީ
24 July 2025
ކިތަންމެ އަސަރެއް ކޮށް ވައިނުބައި ކުރަން މަސައްކަތް ކުރިއަސް ވާނެ އެއްވެސް ކަމެއް ނޯންނާނެ.
އަފްރާސިޔާބު
23 July 2025
ކޮން ގޮންޖެހުމެއްތަ ކުރިމަތިވީ. ތިޔަ ތަން ޙަވާލުކޮށްގެން އުޅެނީ އެމްއޭސީއެލް އިން މަސައްކަތްކުރާ ގޮތަށްތަ؟ އަހަރެންނަށް އަޑުއިވުނީ އަރަބި ކަރައިގެ މަސައްކަތު ގްރޫޕަކުން ކަމަށް ތިޔަތަން ހަދަނީ. އެމީހުންނަށް ލާރި ދެނީވެސް އަރަބި ކަރައިން ދިން ފައިސާއަކުން ލޯނެއްގެ ދަށުންކަން. ދެން އެމް.އޭސީ.އެލް އަށް އޮތް ގޮންޖެހުމަކީ ގަވާއިދުން ޕޭމަންޓް ދެއްކުން. އެއީވެސް އެކައުންޓް ބަލަހައްޓާ މުވައްޒަފުންގެ ކުރުން ވާޖިބު މަސައްކަތެއް.
ކައުންސެލަރު....
23 July 2025
އެންމެންނަށްވެސް އެނގޭނެ އެމްޑީޕީއަކީ ޤައުމަށް ހެޔޮއެދިގެން ރައްޔިތަށް ލާބަހުރި ކަމެއް ކޮށްދޭނެ ބައެއްނޫންކަން. މިހިރީ ހެކި ފެންނަން. ރައީސް ޔާމީން ބުރިޖް އަޅާހުޅުވީ. އެއާޕޯރޓްގެ ރަންވޭ ނިންމެވީ. ރައީސް މުޢިއްޒު ޓާމިނަލް ނިންމެވީ. ކޮބާ؟ 5 އަހަރު ވެރިކަމުގަ ހުރެ ފައިބައިގެންދިޔައިރު ވީވަރަކީ ރައްޔިތުން ބޮލުގަ ބިލިއަނުން ދަރަނި އެޅުވުން. ރ. ޔާމީން ބުރިޖް އެޅީމާ މަށަށްވެސްވާނޭކިޔާ ގޮނޑިން އުފުރާލިއިރުވެސް ވީކަމެއް ހަރާން. ދެންޖަހަނީ ތަންތާ ހުޅު
މުހައްމާކަލޯ
23 July 2025
ދެން ދައުރަކަށް ޝަރީ ކުރިމަތި ލާން ފެނޭ
ލުބްލާ2025
23 July 2025
ކަލޭމެންގެ ސްޓޭންޑަރޑްސް ހާދަ ދަށޭ.
ލަޔާއިލް
23 July 2025
އުއްމީދު ކުރަން ތަން ގޮނޑުވިޔަ ނުދީ، ތި ސާފުތާހިރުކަމުގައި، ތިއަލިކަމާއި، އޮފުކަމާއި އެކު ތާއަބަދު ފެނިގެން ދާނެ ކަމަށް. މިސަރުކާރު އެސަރުކާރު ނުކިޔާ، ދެންވެސް އަންނަ ވެރިންވެސް މީ ޤައުމީ ތަރިކައެއްކަން ދަނެ، ވިޔަފާރިކުރުމަށް ގޮވާލަން.
ޢެކްސް ޢެސްޓީއޯ
23 July 2025
ޝަރީފް އަކީ ޤާބިލް ބޭފުޅެއް. އެސްޓީއޯގަ އުޅުނު އިރު ވަރަށް ގާތުން ޝަރީފްގެ މަސައްކަތް ފެނިފަ ވަނީ.
ވޯލް
24 July 2025
އެއއރޕޯޓެއް ހިންގުމުގެ ތަޖުރިބާއެއް ހުރި މީހެއްބާ؟