ދޮށިމޭނާ ބިލްޑިންގް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރެ މޯދީ ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
25 ޖުލައި 2025 - 21:07
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރެ މޯދީ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް، ދޮށިމޭނާ ބިލްޑިންގު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ރައީސް އޮފީހާ ޖެހިގެން ހުންނަ އެ އިމާރާތް ހުޅުވައިދެއްވީ ބޮޑުވަޒީރު މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ކެބިނެޓްގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
އިމާރާތް ހުޅުއްވައިދެއްވުމަށް ފަހު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދު އޮތް ވަރުގަދަ އެއްބާރުލުމުގެ މިސާލެއް" ކަމަށެވެ.
ރައީސް މުޢިއްޒުއާއި އެކު އަޅުގަނޑު ވާނީ ޑިފެންސް މިނިސްޓްރީގެ އައު އިމާރާތް އިފްތިތާޙުކޮށްފައި. މިއީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދު އޮތް ވަރުގަދަ އެއްބާރުލުމުގެ މިސާލެއް.@MMuizzu pic.twitter.com/XAgjQLKRAW
— Narendra Modi (@narendramodi) July 25, 2025
އިންޑިއާގެ ހިލޭ އެހީގައި އެޅި މި އިމާރާތް ޑިފެންސް މިނިސްޓްރީގެ ބޭނުންތަކުގެ އިތުރުން ކޯސްޓްގާޑްގެ ހިދުމަތްތަކަށް ބޭނުންކުރާނެ އެވެ. އިމާރާތް ހުޅުވުމުގެ ގޮތުން ދެއްކި ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި އެ އިމާރާތަކީ މުސްތަގުބަލުގެ ކުރިއެރުމަށް މަގުފަހިކޮށްދީ، ހިންގުމަށް ހަރުދަނާކަން ގެނެސްދީ، ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރާނެ މަރުކަޒަކަށް ވެގެންދާނެ އެވެ.
ކޯސްޓުގާޑު ބިލްޑިންގް ހުރި ތަނުގައި އަލަށް އިމާރާތްކުރި ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް, ދޮށި މޭނާ ބިލްޑިންގް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވަނީ. pic.twitter.com/ZFW346kQZD
— Mihaaru (@Mihaarunews) July 25, 2025
ކުރީގެ ކޯސްޓްގާޑް ބިލްޑިންގު ތަޅާލައި ޑިފެންސް މިނިސްޓްރީ އާއި ކޯސްޓްގާޑް މަރުކަޒު ހިމެނޭގޮތަށް އެތަނުގައި 10 ބުރީގެ އިމާރާތެއް ބިނާކުރުމަށް ބިންގާ އެޅީ ފެބްރުއަރީ 19، 2014 ގަ އެވެ. ނަމަވެސް ކުރިން ހުރި އިމާރާތް ތަޅާލައި، އާ އިމާރާތް އަޅަން ފެށީ އޭގެ ފަސް އަހަރު ފަހުން 2019ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެއްަޔާގެ ދަރި
26 July 2025
މި ކަމުގެ ޝުކުރުގެ ބޮޑު ބައެއް ލިބޭނީ ރައީސް ސޯލިހަށް. އިމާރާތް ގާތްގަނޑަކަށް ނިންމީ އެ ވެރިކަމުގައި. މަޝްރޫއު ހަމަޖައްސަވައިދެއްވާ ބިންގާ އެޅުއްވީތީ ރައީސް ޔާމީނަށް ވެސް ޝުކުރު. ރިބަން ކެންޑުންވީތީ ރައީސް މުއިއްޒު އަދި ބޮޑުވަޒީރު މޯދީ އްށް ވެސް ޝުކުރު ހައްގު
ކޮރަލް
26 July 2025
ރާއްޖޭގައި އެމްއެންޑީއެފް އާ ފުލުހުންގެ ތެރޭގައި ގިނަ މީހުންނަކީ މަސައްކަތެއް އެނގޭ ބަޔަކަށް ހަދަން ވި އެވެ. ދޭތެރެ ދޭތެރެއިން ރަށްރަށް ދަތި ހާލުގަ އުޅޭ މީހުންނަށް އެކި ކަހަލަ ކުދި މެއިންޓަނަންސް މަސައްކަތް ތައް ކޮށްދޭން ވީ އެވެ. ސަރުކާރުގެ ބައެއް މަސައްކަތް ވެސް ވަގުތު ލިބޭ ވަރަކުން ކޮށްދޭން ވީ އެވެ. މިއީ ހަނގުރާމަ އެއް އޮތް ތަނެއް ނޫނެވެ. މިހާރު ކައިގެން ބޮއިގެން ޑިއުޓީ ކުަރަނީ އެވެ. ކޮފީއާ ސައި ޓިކްތޮކް އާ ސޯސަލް މީޑިޔާ ގަ އެވެ.
އަބްޑޫޅް +
26 July 2025
މޮޑީބޭ ފުރީމަ އެވީ "އިންޑިޔާ އައުޓް، އޭ އިންޑިޔާ އައުޓް".
މޯދީބާއީ
26 July 2025
ދެން ހެލިކޮޕްޓަރު ދުއްވާ މަދަނީ ރޯ ސިފައިން ތިބޭނީ ތިތަނުގަތާ
އިބުރ
25 July 2025
ކުރީގެ ކޯސްޓްގާޑް ބިލްޑިންގު ތަޅާލައި ޑިފެންސް މިނިސްޓްރީ އާއި ކޯސްޓްގާޑް މަރުކަޒު ހިމެނޭގޮތަށް އެތަނުގައި 10 ބުރީގެ އިމާރާތެއް ބިނާކުރުމަށް ބިންގާ އެޅީ ފެބްރުއަރީ 19، 2014 ގަ އެވެ. ނަމަވެސް ކުރިން ހުރި އިމާރާތް ތަޅާލައި، އާ އިމާރާތް އަޅަން ފެށީ އޭގެ ފަސް އަހަރު ފަހުން 2019ގަ އެވެ. އެހެންވީމާ، މިކަންވެސް މިވީ ކުރީ ސަރުކާރުގެ ކަމަކަށް.
ކުރީސަރުކާރު
25 July 2025
މިކަންވެސް ކުރީ ވޭތުވެދިޔަ ސަރުކާރުންދޯ!
އަފްރާސިޔާބު
27 July 2025
ގައުމީ ކަންކަން ކުރާނީ ގައުމުގައި އެއިރަކުއޮންނަ ސަރުކާރަކުން. ކޮންމެވެސް ވަރަކަށް މުއިއްޒު ކުރީގެވެރިންގެ ވާހަކަ ދެއްކި. އެކަމަކުއެމް.އޭ.ސީ.އެލްގެ މެނެޖިންގ ޑިރެކްޓަރ (އިއްޔެ އެއަރޕޯޓް ދުށް މީހެއް)ގެ ވާހަކައެދެއްކީ. އެއަޕޯޓް ފަށައިގަތުމަށް ބޭނުންވާ ފައިސާހަމަޖައްސައި ބިންގާއެޅީ ޔާމީނު. ކޮންމެސް ސަބަކާހުރެ އޮތީ މަސައްކަތް ހުއްޓިފައި. ދެން އެމަސައްކަތް ފެށީއިބޫ. ބަދަލު ތަކެއްގެނެސް އިންފްރާސްޗަކްޓަރ ނިންމާފައިވަނީ. އެކަމަކު ކައްޕިއަކަށްވީ މުއިއްޒު
ޜޔތމހ
25 July 2025
މިކަންވެސް ފެށުނީ ޔާމީން ދައުރުގަދޯ؟ ފެންނަ ގިނަ ކަންތައް ފެއްޓީވެސް ހަމަ ޔާމީން ދައުރުގަ އެންމެ ގިނަ ޕްރޮޖެކްޓް ނިންމީވެސް ޔާމީން، ވަގަށް ގޮވިޔަސް، ކަންނެތަސް ކަމެއް ކުރެވުނީ އޭނައަށް އެކަނި