ފޮރިން މިނިސްޓަރު ހަލީލް، ލަންކާގެ ރައީސް އަނޫރާއާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި އެ ދެ ބޭފުޅުން ސަލާމްކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
26 ޖުލައި 2025 - 12:53
ސްރީލަންކާ އިން އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރާނެ ކަމަށް ފޮރިން މިނިސްޓަރު ވިޖިތު ހެރަތު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ ދިވެހިންނަށް މިހާތަނަށް ދޫކޮށްފައިވަނީ ކުރު މުއްދަތުގެ ވިސާ ކަމަށެވެ. ނަމަވެސް، އަންނަ ހުކުރު ދުވަހުން ފެށިގެން ދިގު މުއްދަތަށް ވިސާ ދޫކުރަން ފަށާނެ ކަމަށާއި އޭރުން އެއް އަހަރު ވަންދެން ދިވެހިންނަށް ލަންކާގައި ދިރިއުޅެވޭނެ ކަމަށް އެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
ލަންކާއިން ދިވެހިންނަށް ދޭ ވިސާގެ މުއްދަތު އިތުރުކުރަން ނިންމިއިރު، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަންނަ ހޯމަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން، ވިސާގެ މި ބަދަލުތައް އިއުލާންކުރާނެ ކަމަށް ބެލެވެ އެވެ.
ދިވެހިންނަށް މިހާރު ވެސް ލަންކާއިން އޮންއެރައިވަލް 30 ދުވަހުގެ ވިސާއެއް ލިބެ އެވެ. ނަމަވެސް، ފީއަކާއެކު އޮންލައިންކޮށް، އެ މުއްދަތުގެ ހަ މަސް ދުވަހަށް އިތުރުކުރެވެ އެވެ.
ވިޖިތު ވިދާޅުވީ ގިނަ ދިވެހިން ބޭސްފަރުވާއަށް މީގެ ކުރިން ލަންކާއަށް ދަތުރުކުރި ކަމަށެވެ. ނަމަވެސް، ހަރުކަށި ގަވައިދުތަކުގެ ސަބަބުން އެކަން ހުއްޓުނީ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް، އެ ނޫސްތަކުގައިވެ އެވެ.
"އެ ނިންމުން ބަދަލުކޮށް ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޭން ވަނީ ނިންމާފައި." އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާ ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތުގައި ލަންކާއިން މި ފަހުން ވަނީ 40 ގައުމަކަށް ދޫކުރާ ވިސާއިން ފީ ނެގުން ވެސް ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި އޭޝިއާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
28 July 2025
ދިވެހިން ލަންކާއަށް އޮއްސާލާ ފައިސާ ބޮޑުތަނުން މަދުވެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާތީ އެޅި ފިޔަވަޅެއް މިއީ. ކިތަންމެ ދިގު މުއްދަތަކަށް ވިސާ ދޫކުރިޔަސް ބައެއް ދިވެހިންގެ ނޭއްގާނީ ޢަމަލުތަކާ ހުރެ ހުރިހާ ދިވެހިންނަށް ވެސް އެކަމުގެ އުނދަގުލާ ކުރިމަތިލާންޖެހޭނެ އަދިވެސް. ލަންކާގެ ގޭންގުތަކާ ގުޅިގެން ކުށްކުރުމުގައި ދިވެހިން ބައިވެރިވާކަމީ ހިތި ޙަގީގަތެއް. އެފަދަ މީހުން ހައްޔަރުކޮށް ލަންކާގައި އަދަބު ތަންފީޒުކުރުވަންވީ.
އޮނަރަބްލް އަފީފު ދީދީ
26 July 2025
ލަންކާ ރައީސް ރާއްޖެ (މާލެ) ވަޑައިގެން މާލޭސަރުކާރު ރައީސާއި ބައްދަލުކުރާއިރު، އެތަން ތަރައްޤީނުވަނީ "ރާއްޖެއާއިމާދުރުގައި ވަކިންއޮންނާތީ، ދަތުރުފަތުރުކުރުމަށް ދަތި އުދަގޫތަނކެއް ހުރުމުގެސަބަބުންކަމަށް، މާލޭސަރުކާރު ވެރިން ވިދާޅުވެފައިވާ، އައްޑޫސިޓީއަށް ލަންކާގެ ޤައުމީ އެއަރލައިން އަމިއްލައަށް އިސްނަގައިގެން ކުރަމުންދާ ޝެޑިއުލް ދަތުރު ތަކަށް މާލޭސަރުކާރުން އެއްވެސް އިނާޔަތެއް ދެވިދާނެތޯ ބަލަން" ވާހަކަދެއްކުމަކީ އަހަރުމެން އައްޑޫމީހުން އެދޭކަމެއް.
ފަހުދު.
27 July 2025
ދޮންކަލޯ! ހޭވެރިކަން ވެބަލަ. މި ރާއްޖޭގައި އޮތީ ހަމައެކަނި އައްޑޫ އަތޮޅެއް ނޫނޭ. ކުޑަދުލަށް ރަތްހިނި އަރައިގެން އުޅޭ ފާޑަށް ނޫޅެބަލަ
އޮނަރަބްލް އަފީފު ދީދީ
26 July 2025
މާލޭސަރުކާރު ވެރިންނަށް އަނގައޮޅި ދޫއޮޅި ކުޑަދޫވެސް އޮޅިގެނެއްނޫން "އައްޑޫ ތަރައްޤީއަށް އޮތް ހުރަހަކީ ރާއްޖެއާއި ވަކިން މާދުރުގައި އައްޑޫ އޮތުމުން ކަމަށް" ވިދާޅު ވެވުނީ. ޚަޤީގަތުގައި ވެސް ރާއްޖެ (މާލެ) އާއި އައްޑުއާއި ދެމެދު އޮތް ދުރުމިނަކީ ތަރައްޤީއަށް އޮތް ހުރަހެއް ކަމަށް ވެދާނެ. މާލޭސަރުކާރު އެއަރލައިނަށް އައްޑޫ މަގުން ބޭރުގެ އެއްވެސް މަންޒިލަކަށް ދަތުރު ކޮށް ނުދެވިގެން އުޅެނީ ވެސް އައްޑޫ އޮތް ހިސާބު ދުރުކަމުން ކަމަށް ވުން އެކަށީގެންވޭ.
ސަރުކާރުބެ
27 July 2025
ބޭފުޅާ ރަށުގަ އޮންނަނީ ވަކި ސަރުކާރެއްތަ؟
އަބްޑޫޅް +
27 July 2025
"ބޭފުޅާ ރަށުގަ އޮންނަނީ ވަކި ސަރުކާރެއްތަ". ޙޫމް. އެ ސަރުކާރަކީ އެކުވެރި ސުވައިދީބުގެ ޖުމްހޫރީ ސަރުކާރު. އެ ސަރުކާރުގެ ނައިބު ރައީސު އުޅެނީ ސެސޭލުސު ގަ.
މުލޭ
28 July 2025
ކިތަންމެ ވަރަކަށް އުޅުނަސް ޑިމާންޑް ނެތް ކަމެއް ނުހިނގާނެ. ފުރަތަމަ ކަމަކީ ޑިމާންޑް އުފެއްދުން. ފަތުރު ވެރިކަމަށް ޑިމާންޑެއް ނެތީސް ފްލައިޓް ދަތުރުތައް އިތުރެއް ނުވާނެ. އައްޑޫގައި އިންޓަނޭޝަނަލް އެއަރޕޯޓެއް އޮތުމަށްވުރެ ހުވަދު އަތޮޅުގައި އެފަދަ އެއަރޕޯޓެއް އޮތުން ހުރިހާގޮތަކުން ވެސް ފައިދާ ބޮޑުވާނެ. ކާޑެއްދޫ ތަރައްގީ ނުކުރެވެނީ އައްޑޫ މީހުންގެ ނުފޫޒާހެދި. އައްޑޫ މީހުން އުޅެނީ ހުވަދު އަތޮޅު ދައްކައިގެން ގަން ތަރައްގީކުރަން. މިކަން މިހެން ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
26 July 2025
މާލޭސަރުކާރުގެ އެއްބާރުލުން ނުލިބި "ލަންކާގެ ޤައުމީ އެއަރލައިން އަމިއްލައަށް އިސްނަގައިގެން" 2015 ވަނަ އަހަރު ކޮލަމްބޯ އާއި އައްޑުއާއި ދެމެދު ޝެޑިއުލް ދަތުރުފެއްޓުމުން އޭރު މާލޭއެއަރލައިން ކުންފުނި ހިންގަންހުރި އެމްޑީ ހާރިސް ވިދާޅުވީ "ތިއީ އަހަރުމެންވެސް ކުރަން އުޅެ ނުކުރެވުނު ކަމެއް ކަމަށާއި، ތިކަމުން ގެއްލުން ނޫން އެއްޗެއް ނުވާނަ ކަމަށް އަދި 3 މަސް ފަހުން ޖެހޭނީ ތިކަން ހުއްޓާލަން" ކަމަށް. އެކަމަކު ގެއްލުމުގައި އަދިވެސް އެމީހުން އެކަން އެބަކުރޭ.
އޮނަރަބްލް އަފީފު ދީދީ
26 July 2025
ހާރިސް އަށާއި މާލޭސަރުކާރަށް މިހުރިހާ ކަންކަން އިގޭ އިރުވެސް މާލޭސަރުކާރުން އެއަރޕޯޓް ޗާޖަސް ތަކަށް ބަދަލު ގެނެސް ޤާނޫނަށް އިސްލާޙްގެނެސް ރާއްޖެއިން ބޭރަށްފުރާ މީހުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗަރ ޗާޖް އާއި އެއަރޕޯޓުގެ އެހެނިހެން ފީތައް ބޮޑުކުރި އިރު އެތައް ބިލިޔަން ޑޮލަރުގެ ލޯނުން ތަރައްޤީ ކުރަމުންދާ މާލޭ އެއަރޕޯޓުން ނަގާ ވަރާއި އެއްވަރު އަދަދަކުން އައްޑޫ ގޭން އެއަރޕޯޓުން ވެސް އަގު ނަގާން ވަނީ ކަޑައަޅާ ގެޒަޓް ކޮށްފައި.
އޮނަރަބްލް އަފީފު ދީދީ
26 July 2025
ރިސޯޓް ސައުދާޤަރުން ބޭނުންވާތީ މާލޭސަރުކާރުން ހަނިމާދޫ އާއި GAN International Airport ގައި އަޅުވާފައި އޮތް "މަރުތަޅު ވަރުގަދަކުރަން" ލިބުނު އިތުރު ފުރުސަތަކަށް މިދެންނެވި ޤާނޫނު އެމީހުންވަނީ ހަދާފައި. ރާއްޖޭގެ އުތުރާއި ދެކުނަށް ޓްއަރިޒަމް ހިގައިދާނެތީ އެކަމަށް ހުރަސް އަޅަން ހަނިމާދުއާއި ގޭން އެއަރޕޯޓުން ބޭރުގެ މަންޒިލްތަކުން ކުރާ ދަތުރު ހުއްޓުވަންވެގެން ސީދާ މިކަންކަން މިހެން ކުރަނީ. އެމީހުން ބޭނުމެއް ނުވޭ އައްޑުއަށް ޔޫއެލް ދަތުރު ކުރަންވެސް.
އޮނަރަބްލް އަފީފު ދީދީ
26 July 2025
އުއްމީދަކީ ކޮލަމްބޯގެ Ratmalana International Airport އަށް މޯލްޑިވިއަން ދަތުރު ކުރަން ދިން ފަދަ އިނާޔަތް ތަކެއް Srilankan Airlines އައްްޑުއަށް ކުރާ ދަތުރު ތަކަށް ވެސް ދިނުމަށް ލަންކާ ސަރުކާރުގެ ފަރާތުން މާލޭސަރުކާރަށް ހުށަހަޅައިގެން ކޮލަމްބޯ ގޭން ޓިކެޓް އަގުހެޔޮ ކުރެވޭނެ ގޮތެއް ވޭތޯ ލަންކާ ސަރުކާރުން މާލޭސަރުކާރާއި ވާހަކަ ދައްކައިގެން އަހަރުމެން އައްޑޫ މީހުނަށް ބޭރުގެ މަންޒިލްތަކަށް އަގުހެޔޮކޮށް ދަތުރު ކުރެވޭނެ ގޮތްތަކެއް މިދަތުރުގައި ހަމަޖެހުން.
ސަނީސައިޑްބޮންޑް
26 July 2025
ބަޔަކަށް އާޤައުމުތަކެއްފެނުނަސް އަހަރެމެންނަށް އަދިވެސް ލަންކާއަކީ ހަނދާންނައްތާނުލެވޭނެ ޤައުމެއް
އޮނަރަބްލް އަފީފު ދީދީ
26 July 2025
މާލޭސަރުކާރުން ހެދި ޤާނޫނުގެ ދަށުން އައްޑޫ އެއަރޕޯޓުން ފުރާ މީހާ އަތުންވެސް އިކޮނޮމީ ކްލާހުގައި ދަތުރުކުރާނަމަ 50 ޑޮލަރު، ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުންވެސް 240 ޑޮލަރު ނަގަން ކަޑައަޅާފައި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 480 ޑޮލަރަށް ވަނީ ބޮޑުކޮށް ހިދުމަތް ނުލިބުނަސް މާލެއާއި އެއްވަރަށް އައްޑޫ އެއަރޕޯޓްގެ އަގު އުފުލާފައި.
މަރުތަޅު ދީދީ
26 July 2025
ދެން ލަންކާ ވިސާއާއި ތިޔަކަމާއި ކޮންމެހެން ގުޅުވަން ޖެހޭތަ؟
ދެންނުވާނެ
26 July 2025
ދެން މާގިނަދިވެހިންނެއް ލަންކާއައް ދިރިއުޅުން ބަދަލެއް ނުކުރާނެހެން ހީވަނީ. އެއީ މިފަހުން މާލެސަރަހައްދުގަ ދިރިއުޅެވޭނެ ވަސީލަތްތައް އިތުރުވުމުން އަމިއްލަ ގައުމުގަ ތަންކޮޅެއް ހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހިވެފައިވާތީ.
ހަމީދުނަން
26 July 2025
ލަންކާގައި ކިޔެވުން އަދި ސިއްހީ ހިދުމަތް އަދިވެސް އެތައް ގުނައެއް މާ ރަނގަޅު. އަދި އެއީ ތޮއްޖެހި މަގުމަތީގައި ނުހިނގޭ ވަރު ވެފައިވާ ތަނެއް ނޫން. އެތަނުގައި އަހަރުންނަށް ނުދެވޭ ހޮޓާތަކެއް ނުހުރޭ. ފައިސާކޮޅެއް ހިފައިގެން ގޮސް އަރާމުކޮއްލަންވީ.