28 ޖުލައި 2025 - 21:42
ސްރީލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ހަމަޖައްސައިފި އެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ، ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެއްވި ޖޮއިންޓު ސްޓޭޓްމަންޓުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ ދިނުމަށް ލަންކާ ސަރުކާރުން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޖޮއިންޓު ސްޓޭޓްމަންޓުގައި އެ މަނިކުފާނު ވަނީ ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.
ރައީސް ވިދާޅުވީ ލަންކާއާއެކު އޮތް ގުޅުމުގެ މައިގަނޑު އަސާސަކީ ދެ ގައުމު މެދުގައި އޮތް ހަރުދަނާ ގުޅުން ކަމަށެވެ. އަދި އެ ދަތުރުފުޅުގެ ސަބަބުން އެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއާއި ލަންކާއަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމު ކަމަށާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވައިފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ގައުމަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެކަމަށް ވަގުތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި ތިމާވެށި ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތައް އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ.
ރައީސް ވަނީ ލަންކާ ވެއްޓިފައި އޮތް އިގުތިސޯދީ ކާރިސާއިން އަރައިގަނެ، ހޯދަމުންދާ ކާމިޔާބީއަށް އަނޫރާއަށް މަރުހަބާ ދަންނަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއީވީގޮތޭ
30 July 2025
މިއީ ދަނޑިވަޅުގެ ގޮތުން ލަންކާއަށް ފައިދާބޮޑުގޮތްވީމައި އެހެން ހެދީ. އެއްވެސް ވިސާ ފީ އެއް އުނިކުރިތޯ؟ ދިވެހީންނަކީ އިސްރާފަށް ނެތްފެންވަރަށް ބޮޑުހޭދަކޮށްގެން އުޅޭބައެއް. އެހެންވީމައި ގިނަދިވެހިން އެއީ ލަންކާއަށް ގިނަފައިސާވަންނާނެ މަގެއް.
އިދްރީސް
29 July 2025
ލަންކާ އިން ތައުލީމް ހާސިލް ކުރާ ކުދިންނަށް ވަރަށް ބޮޑު ލުއި ފަސޭހަ އަކަށްވާނެ ލަންކާ އަކީ އުޅެން ފަސޭހަ ގައުމެއް
ޞުހުތަަނު 6
29 July 2025
ކިޔަވާ ކުދިންނަށް ލިބުނު ލުޔަކީ ކޮބާ؟؟ ކުރިންނެގި 200 ޑޮލަރު ކަނޑައެއް ނުލެވުނު.. އެހެންވީމަ ކޯޗެއް މިވީ..
ސައިބޯނި
29 July 2025
ދިވެހިން ލަންކާއަށް ގޮސް އުޅޭ އިރު ވިސާކަން ކަން ވަރަށް ވެސް ފަސޭހަ އެކަމު ލަންކާއިން ބިޒްނަސް ވިސާގަ މީހަކު ގެންނަން ޔާ ހާދަ ގިނަ ކަން ކަމެއް ޖައްސައޭ 100 ޑޮލަރު ހަރަދު ވެގެން 30 ދުވަސް ލިބެނީ, ރާއްޖޭގަ އިންޖޮނޭރުން ނުލިބޭ ދާއިރާ ތަކުގެ މީހުން އެއްމެ ފަސޭހަ ކަމާއެކު ލިބެނީ ލަންކާއިން,
މައްކުބޭ
29 July 2025
ތިއިން ކޮންމެ ކަމަކީ ރާއްޖެއަށް އާހިރުގަ ގެއްލުން ލިބޭ ކަންކަމެވެ. ރާއްޖެއިން ބޭރަށް ދިޔައިމާ 12000 އާއިލާގެ މައްޗަށް ކޮންމެ އާއިލާ އަކަށް މަދުވެގެން 2000 ޑޮލަރު ޚަރަދުވާނެ، އަހަރަކަށް އެއީ 288 މިލިއަން ޑޮަލަރު، އަދި ޓިއުޝަން ފީ އާއެކު އެތައް ބައިވަރު ޑޮލަރ ރާއްޖެއިން ބޭރުވާނެ. ސަރުކާރުން ކުރަންވީ ކަމަކީ އައުޓް ފްލޯސް ހުއްޓުވޭނެ ކަންކަން ރާއްޖެއިން ކުރުން،. ދިވެހި ބޮޓުން ފަހަތުގަ ތިބެގެން ލަންކާމީޙުން ކުރާ ވިޔަފާރިވެސް ހުއްޓުވާ،
މައުސޫމް
29 July 2025
މިވަގުތުގެ ގޮތުން ލަންކާ ކިތަންމެ ހާލުގަ އޮތަސް އެމީހުންނާވެސް ވާނެ ގާތް ގުޅުން ބާއްވަން. މީ ރީތި މިސާލެއް
މައޫސޫ
29 July 2025
ލަންކާ ހާލުގައޭ، މިޤައުމަށްވުރެ މާ ރަނގަޅު ޕޮޒިޝަނެއްގައި ލަންކާ އޮތީ، މިޤައުމުގެ ދައުލަތުގެ ދަރަނި 130 ބިލިއަން އެބަހުއްޓޭ، ހަވާއަރުވާ ބޭކާރު ޚަރަދުތައް ކުރަމުންދާއިރު
ޝަހުބާދް
29 July 2025
ރައީސް މުއިއްޒުގެ ފޮރިން ޕޮލިސީގެ ތަފާތު މިފެނިގެންދަނީ..
މަފާޒް ސަލީމް
29 July 2025
މީ ހާރިޖީ ސިޔާސަތުގެ ގުޅުން ބަދަހި ކުރުމުން ލިބޭ ނަފާ. މަރުހަބާ ރައީސް. މަރުހަބާ ރައްޔިތުން
ޝައްމާން ވަހީދު
29 July 2025
ނިކަން އުފާވެއްޖެ. ދެން އަހަރުމެން ވިސާ އާ ދޭތެރޭ މާކަ ބޮޑަކަށް ވިސްނާކަށް ނުޖެހޭނެ
ވިސާތަ
29 July 2025
ވިސާ އަށް ލިބުނުލުޔެއްނޫން ތީކީ. އަބަދުވެސްލިބޭމެޑިކަލް ވިސާ . ތީގަ ކުރިއެރުމަކަށްވާނީ އޮންއެރައިވަލް ވިސާ ކޮންމެދިވެއްސަކަށްވެސް މިހާރުލިބޭ އެއްމަސް ދުވަހަށްވުރެ ގިނަދުވަހަށް ބަދަލުކުރުމުން. ހަމަހެޑްލައިނެއް