ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
27 ޖުލައި 2025 - 11:49
އެކި މީހުން އެކި ދިމާލަށް ގޮސްގެން ގައުމެއް ނޯންނާނެ ކަމަށާއި މިނިވަންކަން މިހާ ހިސާބަށް ދެމެހެއްޓިފައި ވަނީ ވަރަށް ގިނަ ބައެއްގެ އިހުލާސްތެރި ބުރަ މަސައްކަތުން ކަމަށް ވާއިރު، އެ ބޭފުޅުންގެ މަސައްކަތްތައް އަމާނާތްތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ގެންގޮސް ދިނުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މިނިވަންކަން ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެހެން ނޫނީ މިނިވަންކަމެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ތަރައްގީ އަށް ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށެވެ. ނަމަވެސް، ފަރުދީ ޒިންމާ އަދާކުރަންޖެހޭނެ ކަމަށާއި މި ސަރުކާރަށް މި ވީ ދޮޅު އަހަރުގެ ތެރޭގައި ވެސް އަމަލުކުރީ އެ ގޮތަށްކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ އަދި މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކަމެއްގައި ވެސް ދިވެހިން އިސްކުރުމެވެ. އެކި މަސައްކަތްތަކަށް ބޭރުގެ އެހީ ހޯދިއަސް އެކަމުގެ އަމަލީ މަސައްކަތުގައި އުޅޭނީ ދިވެހިން ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ރައީސް ތަކުރާރު ކުރެއްވި އެވެ.
ރާއްޖެއަށް ފައިދާވާ ހުރިހާ ކަމެއްގައި ބޭރުގެ ގައުމުތަކާ ވެސް ރަހުމަތްތެރި ގުޅުން ބާއްވާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމެއް ވެސް ފުރިހަމަ ވާނީ، ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އެންމެން އެއް ވިސްނުމެއްގައި ތިބެގެންނެވެ.
"އެކި މީހުން އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ގައުމެއް ނޯންނާނެ. އެންމެން އެއް މިސްރާބެއްގައި، ގައުމީ ލޯބީގައި މި ދެންނެވި ވިސްނުމުގައި ކުރިއަށް ދާ ހިނދު އެކަނި ގައުމެއް، ގައުމެއްގެ ގޮތުގައި އޮންނާނީ،" ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"މި އަޒުމް ކަނޑައެޅުމަށް އަޅުގަނޑު ގޮވާލަން ދިވެހި ހުރިހާ ރައްޔިތުން."
President Dr @MMuizzu and First Lady @sajidhaamohamed attend the official function held on the occasion of the Maldives’ 60th Anniversary of Independence, celebrating six decades of sovereignty and national pride.#Minivan60 pic.twitter.com/EUaTgRvr1J
— The President's Office (@presidencymv) July 27, 2025
ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމުގައި މިނިސްޓަރުންނާއި ސަރުކާރުގެ ބޭފުޅުން ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަންކަން ހާސިލްކުރަން ބޭރުގެ އެހީ ހޯދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދޮޅު އަހަރުގެ ތެރޭގައި ކުރި މަސައްކަތަށް ވުރެ ގިނަ ކަންކަން ކުރިއަށް އޮތް ހަފުތާތަކާއި މަސްދުވަސް ތަކުގައި ފެނިގެންދާނެ ކަމަށެވެ. އެއީ، ފާއިތުވި ދުވަސްތަކުގައި ކުރި މަސައްކަތުގެ ނަތީޖާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަޅި
28 July 2025
ވޯޓްގެ ކުރިން ރައީސް އިބޫ ފަހަތުގަ ހުންނަންވާނޭ ދެއްތޮ ތިބުނީ؟
ދޮން ހުސޭނު
27 July 2025
އެކި މީހުން އެކި ދިމާލަށް ގެންގޮސްގެން ވެސް ގައުމެއް ނޯންނާނެ: ދޮން ހުސޭނު
1206
27 July 2025
ވަރަށް މޮޅު ވާހަކައެއް. ގައުމުގައި ތިބި ނުކިޔަވައި އަލިފުބާވެސް ނުއެނގޭ ޖާހިލުންނަށް ސަރުކާރުގެ ބޮޑެތިވެގެންވާ މަގާމާއި މުސާރަ ދިނީމާ، ދެން ތިބި މީހުން ދެ އަތް އުރައިގެން މަށަށް މަށަށް ކިޔާނެ ކަމަށްތޯ ހީކުރެއްވީ.
ލަކުޑިބޯ
27 July 2025
ރޭގެ އެހާ ކުލަގަދަކޮށް ހުޅުވި އެއާރޕޯޓް ނުފެނިގެން ހޯދަހޯދާ ހުއްޓާ މިއަދު ފުލައިޓް ކަޓައިފި - ދެން ނޫސްތައް ބަލާލި އިރުވެސް ބަންދުކުރި ވާހަކައެއްނެތް! ކިހިނެއްތޯ މިވީ؟
ދާނީކިހިނެތް
27 July 2025
އެއްމިސްރާބެއްގައި ދާނީ ކިހިނެތް. ކިތަންމެ މައްޗަށް ކިޔަވައިގެން ހުއްޓަސް އަދި ކިތަންމެ ތަޖުރިބާއެއް ހުއްޓަސް ވަޒީފާތައް ދެނީ ކަމަށް އެކަށީގެންނުވާ މީހުންނަށް.
ޗޫޤީ
27 July 2025
ކޮންމެ ޕާޓީއަކުންވެސް އިންތިޚާބު ކާމިޔާބުކުރަން މަސައްކަތްކުރަނީ މުޅި ރައްޔިތުންގެ ވިސްނުމުގައި. އިންތިޚާބުން މޮޅުވެ މަޖިލީހާއި ވެރިކަން އަތަށް ލިބުމާއެކު ބޮޑާ ބަސްތައްބުނެ ނިކަމެތި އާންމުން ވެރިކަންކުރާ ޕާޓީގެ ދަށުލާ. ދެން ފެންނަނީ ގައުމަށް ވުރެ ޕާޓީ އިސްކޮށްގެން ދައުރު ފުރިހަމަކުރާތަން. ދެން ދައުރު ދެބައިވާ ހިސާބުން އަނެއްކާވެސް ރައްޔިތުންނަށް ގޮވާލާނެ ފިތުނަ އުފައްދަން ނޫޅެ، މިއޮޑިއަށް އަރައިގެން ގައުމުގެ މިސްރާބު ސީދާކުރަން މަސައްކަތްކުރަން.
އިސްލާހު
27 July 2025
އަމިއްލަފުޅަށް ތިޔަ ނަސޭހަތް ގަބޫލުކުރުން ރަގަޅުވާނެ ކަމަށް ދެކެން. ވެރިކަން ބޭނުންވީމާ ޤައުމު ފަސާދަކުރަން ދޭދޭ އެކުވެރިޤައުމުތަކާއި ރައްޔިތުންނާއި ދޭތެރޭ އަދާވާތްތެރިކަން އުފެއްދުން އެއީ އެހާ ކޫލް ކަމެއްނޫންކަން މަިކުފާނަށްވެސް މިހާރު ވިސްނިފައި ހުންނާނެ ކަމަށް ދެކެން.
ޗަމޫން
27 July 2025
މި އަދު ޖަލްސާގަ ވީޑިއޯގައި ދެއްކިގޮތަށް މިގައުމު އިގްތިސާދު މަޑުމަޑުން މިއުޅޭ ބަންގާޅީންނާއި ، ލަންކާ އަދި އިންޑިއާމީހުން މިއޮތްގެންދަނީ... ސަރުކާރު އޮތީ ގަދަނިންޏަކުން ނިދާފަ... ހޭވެރިކަމެއްވާއިރު އޮންނާނީ މާލަސްވެފައި...
ކަނގަނާ
27 July 2025
ރައީސް ތި ދެންނެވީ ވަރަށް ތެދު ވާހަކައެއް، އެހެންމެ އެންމެ ފުރަތަމަ ބަލައިލާ އެންމެ ކައިރީގަ ތިބި މީހުނަށް. އެންމެ އަވަހަށް ދިމަ ދިމާލަށް ގޮސްގެން ހުސްވެ ނިމޭނެ މީހުން އެޔީ.
ޝޮކްތެރަޕީ
27 July 2025
އެމްޑީޕީ އަކީ ފިތުނަ އުފައްދާ ބައިގަނޑެއް.