ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅަކަށް، ރައީސް ޑރ. މުއިއްޒު މިއަދު ބެޖު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
27 ޖުލައި 2025 - 13:06
ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް މިއަދު އިނާމު ދީފި އެވެ.
މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި، ދައުލަތަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 191 ބޭފުޅަކަށް މި އަހަރު ޝަރަފު އަރުވާނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ބުރުގައި ބެޖާއި އައްޑަނަ ދެއްވީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި 94 ބޭފުޅުންނަށެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅަކަށް، ރައީސް ޑރ. މުއިއްޒު މިއަދު އައްޑަނަ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ބާކީ ތިއްބެވި 97 ބޭފުޅުންނަށް އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ. އެ ބުރުގައި އިނާމު ދެއްވާނީ 35-39 އަހަރާ ދެމެދު ހިދުމަތްކުރެއްވި ބޭފުޅުންނަށެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބޭ ބޭފުޅުން ކަނޑައަޅަނީ، އެކަމަށް ހުށަހަޅާ ފޯމުތަކަށް ބަލައި އިނާމާބެހޭ ކޮމިޓީންނެވެ.
އެ އިނާމު ދޭން އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭހޮއްކޮ
28 July 2025
މި ރޮނގުންް މިހާރު މިދެނީ ބޮޑުގުޅަ އިނާމު. މީގެ ތެރޭގައި މުޅި ގައުމަށް ބޭނުންތެރި އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް މަންފާ ލިބޭ ކަންތައް ކުރި 45 އަހަރު 50 އަހަރު ޚިދްމަތްކުރި މީހުން ތިބޭނެ. އެ މީހުންނަށް މިރޮނގުން ޝަރަފު އަރުވަންޖެހޭ. ހަމަ އެކަނި ފޮރިން ސަރވިސްއަކަށް ނޫން ޝަރަފު އަރުވަންވީ.
ހަމަދު ސަލީމް
27 July 2025
ސައުތު ތައުފީގަކަށް ނުދޭތަ؟