މި މަހުގެ 24 އާއި 25 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދެ ދުވަސް ކަމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެ ނިންމެވުމާ އެކު، މި ފަހަރުގެ އަޟްހާ އީދު ބަންދަށް ހަފުތާއެއް ލިބޭނެ އެވެ.
ރައީސް އޮފީހުން ބުނީ މި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަހަކީ ރަސްމީ ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސެވީ އީދު ބަންދާ ގުޅިގެން އާއިލާއާ އެކު ވީހާ ވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
އީދު ބަންދަށްފަހު އޮފީސްތައް އަލުން ހުޅުވޭނީ މި މަހުގެ 31 ވާ އާދިއްތަ ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 26 އެވެ. އީދަށް ވަނީ 27 ވަނަ ދުވަހުން ފެށިގެން 30 ގެ ނިޔަލަށެވެ.