އދ. އޮމަދޫގައި އަމިއްލަ ގޭގެ ކޮޓަރިއެއްގައި ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
28 ޖުލައި 2025 - 12:16
އދ. އޮމަދޫގައި އަމިއްލަ ގޭގެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އޮމަދޫގެ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑުގަދަކޮށް، ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި، ތަކެއްޗަށް ގެއްލުންދީ އަދި އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައެއް ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ކޮޓަރީގައި އަލިފާން ރޯކުރުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.
ފުލުހުން ބުނީ މީހަކަށް އަނިޔާ ނުވި ނަމަވެސް، އެ ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އެ ރަށު ސްޓެލާ، އަހްމަދު ނާފިއު، 32، އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް /
28 July 2025
މަ ހީކުރީ ނޭޕާލް މީހެއް ކަމަށް.ނިކަން ވިސްނަވާ.މިއަދުގެ 2 ކުށް ވެސް ގުޅި ލާމެހެނީ މަސްތުވާތަކެއްޗާ.މި ދަރަޖައަށް މިކަން ދިޔަ ސަބަބު ހޯދައި ދިރާސާ ކުރުމަށް ބަޔަކު ވިސްނަން ތިބޭނެ އޮފީހެއް ހަދަން ނުވޭތަ.
ބަބްސް
28 July 2025
ހަމަ އަނެއްކާވެސް ފަހަތުގައި މަސްތުވާތަކެތި ...
މައުކަނާ
28 July 2025
ކޮބާ ލަދު؟