އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން.
29 ނޮވެމްބަރ 2024 - 20:40
ސިނަމާލެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ބުރުޒު މަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯނުގައި އޮތް ކާރެއްގައި އަލިފާން ރޯކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:25 ހާއިރު އެވެ.
އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު 35، އާއި އދ. މާމިގިލީ، ބްލޫވިންޑް ހަސަން ނަސީމް 31، އެވެ.
އެ މީހުން ތަހުގީގުގެ ބޭނުމަށް ކޯޓުގެ އަމުރަށް ބަންދުކޮށްފައިވީ ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި އަލިފާން ރޯކޮށްލީ ކާރުގެ ކުރީކޮޅުގަ އެވެ. ކާރުގެ އެހެން ހިސާބަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އަލިފާން ނިއްވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންބެއްޔާ
29 November 2024
މިފަދަ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން ދައުލަތުން ރަޖަމުކޮށްބަލަ. މިމީހުން ދޫކޮށްލައިގެން މުޖުތަމައު އިތުރަށް ފަސާދަ ވުން ނޫންކަމެއް ނުވާނެ