ށ. ފޯކައިދޫ ޕޮލިސްގެ އިސްވެރިޔާގެ ސައިކަލުގައި ރޭ ރޯކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ ފޯކަައިދޫ ޕޮލިސްގެ ސްޓޭޝަން އިންޗާޖު ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުރި ސައިކަލުގައި ރޯކޮށްލާފައިވާކަން ރޭ 10:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ރޯކޮށްލުމުގެ ސަބަބުން އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ސައިކަލުގައި ރޯކޮށްލިއިރު، ޕޮލިސްގެ ސްޓޭޝަން އިންޗާޖު ދިރިއުޅޭ ގޭގެ ގޭޓަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އައި ނަމަވެސް، ސައިކަލްގައި ރޯކޮށްލި ސަބަބެއް އަދި ސާފެއް ނުވެ އެވެ.