ލަންކާގެ ރައީސް ރައީސްގެ އޮފީހުގައި މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއިކުރައްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
28 ޖުލައި 2025 - 18:15
ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ގައުމުން މިއަދު ސޮއިކުރި އެއްބަސްވުމަކީ ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް ސޮއިކުރި ޓްރީޓީ އެވެ. އެ ޓްރީޓީއަކީ 2011 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ސޮއިކުރަން މަސައްކަތް ކުރަމުން އައި ޓްރީޓީއެކެވެ.
ލަންކާގެ ރައީސަށް ރައީސް މުއިއްޒު މާލެއިން ރަސްމީކޮށް މަރުހަބާ ދެންނެވުމަށްފަހު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
އެ ޓްރިޓީގެ ދަށުން، ދެ ގައުމުގެ ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދޭނެ އެވެ. އަދި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ހިންގުމާއި ބެހޭ ކަންތައްތަކުގައި ދެ ގައުމުން އެއްބާރުލުން ދޭނެ އެވެ. އެ ޓްރިޓީގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ކުރިއަށް ގެންދާނީ އެ ގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީންނެވެ.
ރާއްޖޭގައި އެކަމާބެހޭ މައި އިދާރާއަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެވެ.
ލަންކާގެ ރައީސަށް ރައީސް މުއިއްޒު މާލެއިން ރަސްމީކޮށް މަރުހަބާ ދެންނެވުމަށްފަހު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
މީގެ އިތުރުން ދިވެހި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީން ދިނުމަށް ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީސް އާއި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އާ ދެމެދު އެމްއޯޔޫއެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.
އެ އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ދެމެދު ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމަށް ފުރުސަތު ލިބި، އެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ދެ ގައުމުގެ ދެމެދުގައި ހިއްސާ ކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޑިސަނާޔަކަ މިއަދު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށްފަހު މިއަދު މެންދުރު ޑިސާނަކަޔަ މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުގައި 21 ބަޑީގެ ސަލާމަކާއެކު ގާޑް އޮފް އޮނާއެއް ވަނީ އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަހުދާން.
29 July 2025
ލަންކާ އަކީ މިކަހަލަ ކަންކަމަށް އެއްމެ ދުނިޔޭގަ ފައްކާ ވެފައި އޮތް ގައުމު. މީގެ ފައިދާ ވަރަށް ބޮޑަށް ނެގޭނެ އަހަރުމެންނަށް.
ރަފްހާން ހަލީމް
29 July 2025
ލަންކާ އަތުން ހޯދެން އޮތް ހުރިހާ މޮޅެއް މި ވިސިޓް އިން ސަރުކާރުން އެބަ ހޯދާ. މޮޅު މީޙެއް ރައީސް މުއިއްޒްއަކީ އަސްލަށްވެސް
ޝަހުމް އާދަމް
29 July 2025
ހާރިޖީ ގުޅުން ބަދަހި ކުރުމުގެ ނަފާ ހުރިހާ ދިވެހިންނަށް މި ލިބެނީ. މުޅި ގައުމަށް މިލިބެނީ.
މިނިވަން ދުވަސް
28 July 2025
އަޅުގަނޑު ދެކެ ބިރުން ފިލަން ރާއްޖެއިން ބޭރަށް ދާ ރަައީސް އިބޫއަށް ވ ސަލާން. ދެން އާދެ ކުޅިވަރުތައް ނިމިއްޖެ