ޗައިނާގައި ދެ މީހަކު ކުޑަ ކުއްޖަކު ގޮވައިގެން ހިނގާލަނީ: އެ ގައުމުގައި އާބާދީ މަދުވާތި ދަރިން ހޯދަން ހިތްވަރުދޭން ސަބްސިޑީއެއް ވަނީ އިއުލާނުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
29 ޖުލައި 2025 - 05:52
ދުނިޔޭގެ ދެ ވަނަ އާބާދީ ކަމަށްވާ ޗައިނާގައި އާބާދީ މަދުވަމުންދާ މައްސަލަ ހައްލުކުރުމަށް ގިނަ ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން، އުމުރުން ތިން އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް އަހަރަކު "500 ޑޮލަރުގެ ސަބްސިޑީއެއް" ދޭން ހުށަހަޅައިފި އެވެ.
ޗައިނާގެ އާބާދީ މިދިޔަ ތިން އަހަރު ވެސް ދިޔައީ ދަށަށެވެ. އދ.ގެ ޑިމޮގްރަފިކް މޮޑެލްތަކުން ލަފާކުރާ ގޮތުގައި 2100 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު މިހާރު އޮތް 1.4 ބިލިއަން އިން 800 މިލިއަނަށް ދަށްވެދާނެ އެވެ.
މި ސަބްސިޑީ ދޭން ނިންމާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުފަންވާ ކުދިންނަށެވެ. ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީވީން ބުނީ މިއީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އާއި ޗައިނާގެ ކެބިނެޓް ކަމަށްވާ ސްޓޭޓް ކައުންސިލް، ޗައިނާއިން ނިންމި ނިންމުމެއް ކަމަށެވެ.
"މިއީ ރައްޔިތުންގެ ލާބައާއި މަންފާއަށް ގައުމީ ފެންވަރުގައި ވަރަށް މުހިންމު ސިޔާސަތެއް،" ސީސީޓީވީން ބުންޏެވެ.
"ގައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް ސީދާ ނަގުދު ފައިސާގެ ސަބްސިޑީ ފޯރުކޮށްދީ، ދަރިން ތަރުބިއްޔަތު ކުރުމުގެ ބުރަ ކުޑަކުރުމަށް އެހީތެރިވެދޭނެ" ކަމަށް ސީސީޓީވީން ބުންޏެވެ.
މިދިޔަ އަހަރު ޗައިނާގައި 9.54 މިލިއަން ކުދިން އުފަންވި އިރު މިއީ 2016 ވަނަ އަހަރު އުފަންވި ކުދިންގެ އަދަދުގެ ދެބައިކުޅަ އެއްބައެވެ. އެއީ އެންމެ ކޮންމެ ދެމަފިރިއަކު އެންމެ ދަރިއަކު ހޯދަން އޮންނަ ސިޔާތު އުވާލި އަހަރެވެ.
މިދިޔަ އަހަރު އާބާދީން 1.39 މިލިއަން މަދުވެފައި ވާއިރު، 2023 ވަނަ އަހަރު ވަނީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު ޗައިނާ އަށް ގެއްލި އިންޑިއާއަށް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލީކޫޒް
29 July 2025
މަވެސް ދަރިއެއް ނުހޯދާ މި ހުންނަނީ. އެ ދަރިފުޅު ބޮޑުވެގެން މި ރާއްޖޭގަ އޮތީ 2 މަގު، އެއް ގޮތަކީ ސިޔާސީ ވުން ދެން އޮތީ މަސްތުވާ ތަކޭތި ވިޔަފާރި ވެރިޔަކަށް ވުން. މާތްކަލާކޯ މަ ބޭނުމެއް ނޫން މިތަނުން އެއް މަގަކުން ވެސް މަގޭ ލާހިކު ދަރިޔަކު ހިންގާކަށް. ސީދާ އާހިރަތުގަ ޖަހަނަމަ އެންމެ އަޑީގަ ތިބޭ 2 ބައިގަނޑުމީ. ޗައިނާ އިން ކިތަމެއް ލާރި ދިނަސް ނުވާނެ.
އާބާދީ
29 July 2025
އާބާދީ ދައްވުމަކީ މައްސަލައެއްނޫން. މިހާރުވެސް މިއުޅެނީ ދުނިޔޭގަ ހުރި ވަސީލަތްތަކައް ނުކަތާވަރައް އާބާދީ އިތުރުވެ އެކަމުން ތިމާވެއްޓައް ކުރާ ނޭދެވޭ އަސަރުތައް ބޮޑުވާތީ. އާބާދީ މަދުވުން މައްސަލައަކައްވަނީ ދުނިޔޭގެ ބޮޑެތި މަހުޖަނުންނައް އެއީ މިދުނިޔޭގެ އިގްތިސާދު މިހިނގަނީ ބޮޑު ޕަރަމިޑް ސްކީމެއްހެން އެންމެ މަތީގަ އެތިބީ ދުނިޔޭގެ ބޮޑެތި މަހުޖަނުން. އާބާދީ ދައްވާނަމަ އެމީހުންގެ މުއްސަދިކަން ދަށައްދާން ފަށާނެ.
ކޮރަލް
29 July 2025
ރާއްޖެ އިން ވެސް އާބާދީ އިތުތު ކުރަން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހެ އެވެ.
އާބާދީ
29 July 2025
އާބާދީ އިތުރުކުރުމައްވުރެ މުހިންމު ކަމަކީ އިތުރުވާ އާބާދީއަކީ މަޖުތަމައުއައް ފައިދާ ހުރިބަޔަކައް ހެދޭނެ ގޮތްތައް ހޯދުން. މިހާރުފެންނަނީ އިތުރުވާ އާބާދީގެ ބޮޑުބައެއް މަސައަކަތެއްނުކޮއް ތިބޭތަން އަދި އަނެއްބަޔަކު މަސްތުވާތަކެތީގެ ވަބާގަ ޖެހި ބޮޑެތި ކުއްތަކައް އަރައިގަންނަމުންދާ މަންޒަރު.
މަބުނީ
29 July 2025
ސަބްސިޑީގަ ދިރިއުޅެން ބޯގިނަކުރާނެކަމެއްނެތް. ފުލެޓްކުލިވެސް ދައްކަނިކީނޫން. ފޯނަށް ޑޭޓާއެޅުނީމަ ނިިމިފަތިބެނީ
ބަބްސް
29 July 2025
އާބާދީ އެބުނީ ތެދެއް. ޒުވާނުންގެ ގިނަބަޔަކު ތިބީ ސިޔާސީ ޕާޓީ ތަކުން ލިބޭ ސިޔާސީ ވަޒީފާގައި. މިއީ ސިޔާސީ ޕާޓީ ތަކުން ރަށްޔިތުންގެ ޙަރަދުގައި ވޯޓު ހޯދާ ސަރުކާރު ހޯދަން ކުރާ ވަރަށް ދަށުދަރަޖައިގެ ކަމެއް. ކޮންމެ ވެރިޔަކުވެސް އައުމުގެ ކުރިން އެބަވައުދުވޭ މިބައި މަދުކުރަން ، ވެރިކަން ލިބުމާއި އެކު ހަދާން ނެތޭ ... ދެން ކުރަނީ ގިނަ.