ސިންގަޕޫރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ޔޮކަރެސް: އާސެނަލްގެ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗަކީ އެއީ --- ފޮޓޯ: ގެޓީ އިމޭޖަސް
29 ޖުލައި 2025 - 11:21
އާސެނަލުން އަލަށް ސޮއި ކުރުވި ފޯވާޑް ވިކްޓޯ ޔޮކަރެސް ވެގެންދާނީ ވާދަވެރި އެހެން ކްލަބަތަކަށް ބިރަކަށް ކަމަށް އެ ޓީމުގެ ޑިފެންޑަރު ވިލިއަމް ސަލީބާ ބުނެފި އެވެ.
ސްޕޯޓިން ލިޒްބަން އަށް 74 މިލިއަން ޑޮލަރު ދޭ ގޮތަށް، އާސެނަލުން ސްވިޑެންގެ ފޯވާޑް މިދިޔަ ހަފުތާގައި ސޮއި ކުރުވި އެވެ.
ސަލީބާ ބުނީ ޔޮކަރެސްއާ ދެކޮޅަށް ކުޅޭ އިރު އޭނާގެ ނުރައްކާކަން އިހްސާސް ކުރެވޭ ކަމަށެވެ. ވާދަވެރި ޓީމުތަކަށް ވެސް އެ ބިރު އޮންނާނެ ކަމަށް އޭނާ ބުންޏެވެ. ފްރާންސްގެ ޑިފެންޑަރު ބުނީ އާސެނަލް އަށް ތަށިތައް ހޯދައި ދޭން ޔޮކަރެސް އެހީވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަހަރެން ކްލަބްގައި އޭނާ ހުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި އަހަންނަށް ޔަގީން އަހަރެމެންނަށް މެޗުތައް ކާމިޔާބުކޮށްދީ ތަށިތައް ހޯދައިދޭން އޭނާ އެހީވެދޭނެކަން،" ސަލީބާ ބުންޏެވެ.
މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި އާސެނަލުން ވަނީ ހަ ކުޅުންތެރިން ސޮއި ކުރުވާފަ އެވެ. އެފްއޭ ކަޕްގެ ތަށި 2020 ގައި ކާމިޔާބު ކުރި ފަހުން އާސެނަލަށް ތައްޓެއް ހޯދިފައެއް ނުވެ އެވެ.
ސަލީބާ ބުނީ ކޮންމެ ސީޒަނެއް ތަފާތު ވާނެ ކަމަށެވެ. މިދިޔަ ތިން ސީޒަނުގައި ކުރިމަތިވި މައްސަލަތަކުން މިހާރު ފިލާވާލު ދަސްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"(މިހާރު) އަހަރެމެންގެ ވިސްނުމަކީ ޕްރިމިއާ ލީގު ކާމިޔާބު ކުރުން. ފުރަތަމަ މެޗުން ފެށިގެން އަހަރެމެން އެންމެ މަތީ ފެންވަރު ދައްކާނަން. ގިނަ އާ ކުޅުންތެރިންތަކެއް އަހަރެމެންގެ ޓީމުގައި މިހާރު އެބަތިބި. އެ ކުޅުންތެރިން އެހީވެދޭނެ ޕްރިމިއާ ލީގު އަހަރެމެންނަށް ކާމިޔާބުކޮށް ދޭން،" ސަލީބާ ބުންޏެވެ.
އާސެނަލުން ޕްރީ ސީޒަން ޓްރޭނިން ކުރިއަށްގެންދަނީ ސިންގަޕޫރުގަ އެވެ. ޕްރިމިއާ ލީގުގެ ބައެއް އެހެން ޓީމުތަކުން ވެސް ވަނީ ސިންގަޕޫރުގައި ކޭމްޕްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސްލޮޓް ބިންތް ގާޑިއޯ
29 July 2025
ވިކްޓަރ ގޮއިކެރެސް އަކީ މީގެ ކުރިން ޕްރެމިއަރ ލީގާއި އިނގެރޭސި ދެވަނަ ޑިވިސަން ގެ 4 ޓީމެއްގައި ފްލޮޕްވެފައި ހުރި ކުޅުންތެރިއެއް، އެހެންވީމަ ވާދަވެރި ކުލަބުތަކުން ގޮއިކެރެސް އާއި މެދު ބިރުވެރިކަން އޮތުމަށްވުރެ ބޮޑަށް އެޓީމުތަކުން ކުރަނީ އުފާ
ވަގުތު
18 August 2025
ޑިބްރިޔިން އާއި ސަލާޙްއަކީ ޗެލްސީގެ ޓީމުގައި ރަގަނޅު ކުޅުމެއް ޒުވާން އުމުރުގައި ދެއްކުނު ކުޅުންތެރިންނޫން. އެކަމަކު އެހެން ޓީމުތަކުގައި ރަގަނޅަށް ކުޅެ ފަހުން ޕުރިމިއަރ ލީގަށް އައިސް ދެއްކި ކުޅުން ނުފެނޭތަ/