ރަތް އާފަލު. އާފަލުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް އުފުލިފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
30 ޖުލައި 2025 - 11:42
ބާޒާރުން އާފަލު ލިބުން ދަތިވެ، އާފަލެއްގެ އަގު 10ރ. އިން މައްޗަށް އަރައިފި އެވެ.
އާފަލު ސަޕްލައި ކުރާ ފަރާތަކުން ބުނީ، އެހާ ބޮޑަށް އަގު އުފުލުނީ ސްޓޮކް ލިބުމުގައި ޑިލޭވުމުން ކަމަށެވެ. ރާއްޖެއަށް އެންމެ ގިނައިން އާފަލު ގެންނަނީ ޗައިނާ އާއި މިސްރުންނެވެ.
"ވަރަށް ބޮޑު ޑިލޭއެއް މިއުޅެނީ. މިހާރު ގާތްގަނޑަކަށް މަހެއްހާ ދުވަސް މިވަނީ،" އޭނާ ބުންޏެވެ.
ބާޒާރުގައި ވިއްކަން ޓްރޭއެއްގައި ހުރި އާފަލުތަކެއް-- ފޮޓޯ: ނިޝާން އަލީ / މިހާރު
ބާޒާރުގައި މިހާރު 18 ކިލޯގެ އާފަލު ފޮށިގަނޑެއް ލިބެން ހުރީ 1،200ރ. އަށެވެ. ކުރިން އާފަލު ފޮއްޓެއް ލިބެނީ 550ރ. އަށެވެ. އެއީ 118 ޕަސެންޓުގެ އިތުރުވުމެކެވެ.
ބާޒާރުގައި ހޯލްސޭލްކޮށް އާފަލުގެ އަގު 9-10ރ. އަށް ހުރި އިރު ކުދި ބައެއް ފިހާރަތަކުގައި އާފަލުގެ އަގު އުޅެނީ 11ރ. އާއި 13ރ. އާ ދެމެދު އެވެ. ކުރިން އާފަލެއް 5-6ރ. އަށް ލިބެ އެވެ.
ސްޓޮކް އައުމުން އަނެއްކާ ވެސް އަގުތައް ތިރިވާނެ ކަމަށް އާފަލު އެތެރެ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޣަމާރު
30 July 2025
މިސަރުކާރު އައިފަހުން ވެސް ސޮޓކް ހުރީ މަދުވެފަ
ދިއްދޫމީހާ
30 July 2025
ބާޒާރުގައި ހުރިހާ އެއްޗެއް ހުރީ ހުސްވެފާ
އަހަމީ
30 July 2025
ދެން އާފަލު ނުކައި މަޑުކޮށްލަބަލަ އަގުހެޔޮ ވަންދެން. އެ ނުކެޔަސް މަރެއްނުވާނެ.
ފިޔާ
30 July 2025
ފިޔާވެސް މިތިބީ ނުކައެވެ. ނުކާއެއްޗިހީގެ ލިސްޓް ދިގުވެގެންގޮސް ބަނޑަށް މަރުވާވަރަށް ލިސްޓް ދިގުނުކޮށް ވޭތޯބަލާތި.
ކޮން
30 July 2025
އާފަލު ބޯޓު ޑިލޭވިއަސް މުއިއްޒުތަ؟؟ ދެރަ ކަމެކޭ
ތިލަދުންމަތި
30 July 2025
ހުރިހާ އެއްޗެއްހެން ބޭރު ފައިސާ ބޭނުންކޮށްގެން އިމްޕޯޓަށް ބުރަވެފައިވާ ޤައުމަކަށް، ބޭރުފައިސާ ވައްދާ ވަސީލަތްކަމުގައިވާ ޓްއަރިޒަމް ހިންގާ ގިނަ ފަރާތްތަކުގެ ނުރުހުމާއި އެކު "ޤާނޫނީ ހަންމުށި" ބޭނުންކޮށްގެން މަޖުބޫރުން އެމީހުން ގައުމަށް ވައްދާ ފައިސާ ޕަސެންޓްކިޔާފައި މާރުކުރަން މަޖުބޫރުކޮށްފައި، ބޮޑެތި މުސާރައިގާ ބޭކާރު އެތައް ސަތޭކަ ސިޔާސީ މީހުންނާއި އެތައް ބަޔަކަށް ވަޒީފާ ދީފައި އިސްރާފު އިންތިހާ ކުރީމާ، އެއްޗެތީގެ އަގަށާއި، ވާނެ ހައެތި މިވަނީއެވެ! މީ ގާތްގަނޑަކަށް ދޮޅު އަހަރުގެ ޙާލަތެވެ! މިގޮތަށް ކުރިޔަށްދާން ހިފައިފި ނަމަ ބާކީ އޮތް 3 ން އަހަރެއް ހާ ދުވަސް ވާނީ ކިހިނެތްބާއެވެ! ނުވިތާކަށް އަހަރުމެން ހޮވި މެންބަރުންވެސް ތަޅުއެޅުވީއެވެ!
މީމާ
30 July 2025
ތަކެތީގެ އަގު ކޮންޓްރޯލް ކުރަން ގޮވާލަން..
މަލްކޮއާ ޝިއުއްކޮ
30 July 2025
ގިނީސް ރެކޯޑްފޮތަށް އަރުވާފަ ހަވާ އަރުވަން ފެނޭ. ޝުކުރިއްޔާ ރައީސް
އަފްރާސިޔާބު
30 July 2025
އަގެއް ބޮޑެއްނުވޭ. ދިވެހިރުފިޔާ އަގު ތިރިއަށް ދާތީ މީހުންނަށް ހީވަނީ.
ބޭބް
30 July 2025
މިރިޕޯޓްގައި ހަމައެކަނި އާފަލުގެ އަގު އުފުލިއްޖެޔޭ ކިޔާފަ އޮތަސް އާފަލެކޭ އެއްގޮތަށް ކާބޯތަކެތި އަދި އެހެނނިހެން ޢާންމުކޮށް ގެއަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނުގެ އަގުތައްވަނީ އިންތިހާއަށް އުފުލިފައި! ޝަވަރޖެލް، ލޯޝަން، ޝޭމްޕޫ، ދަތްއުނގުޅާ ބޭސް، ކުކިންއޮއިލް، މޭވާ، ތަރުކާރީ ބަޓަރ، ޖޭމް، ކުކުޅުބިސް، ފިޔާ، ވޮޝިން ސޯޕް، ސޮފްޓްނާ މިހެންގޮސް ކިޔާނެކަމެއްނެތް! ޑޮލަރަށް މިވާ އެއްޗެއްވެސް ނޭގޭ! ބޮޑެތި ވިޔަފާރިވެރިން ބްލެކްމާކެޓް ހަދައިގެން ފައިދާނަަގާ!
އެއްކަލަ ޝިނާ
30 July 2025
ޖީއެމްއާރ އަތުން އެއަރޕޯޓް ނަގަން 600 މިލިއަން، އޭގެ ފަހުން އެތަން ތަރައްގީ ކުރަން 800 މިލިއަން ޑޮލަރ. މުޅިން ދަރަނި، އަދި އެއަރޕޯޓް ތަރައްގީ ކުރަން އުޅެ އެކަން ނުވެދިޔަ 12 އަހަރު ގެއްލުނު ފައިދާ. އެމްއެމްޕީއާރސީ ތެރެން ވަގަށް ނެގި 1 ބިލިއަން ޑޮލަރ. ނަސީބެއް 12 ރުފިޔާއަށް ވެސް އާފަލެއް ލިބޭކަން
ހުސަ
30 July 2025
ވަރަށް ދެރަ! މެނޭޖް ކުރުމުގައި މައްސަލަތައް ހުރިކަމަށް ފެނޭ! އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުވެރިންގެ ޢަދަދު އިތުރުވީމާ ޑޮލަރު ތިޔާގިވާނެ! އެކަމަކު މިއުޅެނީ އަނގަޔާ އަތާ ދިމާނުވާގޮތަށް! ރައްޔިތުން އުފުލަންޖެހޭ ތަކްލީފް ބޮޑު! ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ! ބްލެކް މާކެޓްގައި ޑޮލަރު 20ރ މަތީގަ! ވިޔަފާރިވެރިން މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރަށް ޓީޓީ އެބަހަޖައްސާދޭ ދައުލަތުން! އެކަމަކު މުދަލުގެ އަގުތިރިކުރާކަށް ނޫޅޭ އެކަކުވެސް ނޫޅޭ!