30 ޖުލައި 2025 - 22:49
ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރު ޑިސަނަޔެކެ ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި މިރޭ ފުރާވަޑައިގެންފި އެވެ.
މިދިޔަ ހޯމަ ދުވަހު ޑިސަނަޔަކެ ރާއްޖެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިިކުރުމުގެ މަޝްވަރާތަކާއި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބޭއްވެވި އެވެ. އަދި ދެ ގައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވި އެވެ.
ލަންކާގެ ރައީސް ރާއްޖެ އިން ފުރާވަޑައިގަތުމުގެ ކުރިން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
ރާއްޖެއާ އަބަދުވެސް ގާތްގުޅުމެއް ބާއްވާ ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތް އިރު، ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މިއަހަރު 60 އަހަރު ވެއްޖެ އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާ އެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ ދެވަނަ ލީޑަރެވެ. މި ސަރުކާރު އައި ފަހުން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
31 July 2025
އެ ނަމަކީ ޑިސާނާޔަކަ. ގަބޫލު ނުކުރަންޏާ ސިންގަޅައެއް ކުރެން އަހާބަލަ.
ލުޖައިން އަލީ
31 July 2025
މީ އަހަރެން އުފާވެކުރާ ދަތުރެއް. މިދަތުރުގެ ސަބަބުން ލަންކާއިގައި އުޅޭ ދިވެހިންނަށް ވަރަށް ބޮޑު ފައިދާ ވެގެން ދިޔަ. ނުލާހިކު ބޮޑު ލުއިތައް ލިބިގެން ދިޔަ
ވައިކަޑަ
31 July 2025
ހާދަސިމްޕަލް ރައީސެކޭ ލަންކާގައި
ވާންޗޯ
31 July 2025
ދެން ލަންކާ އައް ފަހު ބަޑަށް ޖެހޭނީ މިތަން، ބަލަށްޗޭ.
ވާންޗޯ
31 July 2025
ދެން ކޮންކަމެއް މަށަ.