އެމްޑީޕީން މިއަދު ބޭއްވި ދުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ އިސްވެރިންނާއި ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/މިހާރު
01 އޯގަސްޓް 2025 - 19:30
އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ހާއްސަ ދުވުމެއް މިއަދު ހުޅުމާލޭގައި ބާއްވައިފި އެވެ.
"ރަން ރީނދޫ" ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި އެ ދުވުމުގެ ބޭނުމަކީ، އެ ޕާޓީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ޕާޓީގެ އެއްބައިވަންތަކަން ދައްކާލުމެވެ.
އެމްޑީޕީން ބުނީ، ހުޅުމާލޭގައި އެ ހަރަކާތް މިއަދު ފެށި ނަމަވެސް އެ ހަރަކާތް ރަސްމީކޮށް ނިންމާލާނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ފަހު ކަމަށެވެ. އެ ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ހާއްސަ ދަންމަރަކާއެކު އެ ދުވުން ފެށިއިރު، އެމްޑީޕީން ބުނެފައިވަނީ، އެއީ އެމްޑީޕީން ވޭތުވެދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭނެ ދަންމަރެއް ކަމަށެވެ.
އެ ދުވުމުގައި އެ ޕާޓީގެ ގިނަ އަދަދެއްގެ އަންހެން މެންބަރުން ވެސް ހިމެނޭހެން 300 އެއްހާ މީހުން ބައިވެރިވެފައިވެ އެވެ.
އެމްޑީޕީއަކީ 2003 ވަނަ އަހަރު ފެށުނު އިސްލާހީ ހަރަކާތަށްފަހު ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ އެވެ. އެ ޕާޓީގައި 40،000 އަށް ވުރެ ގިނަ މީހުން މިހާރު އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުނބޯބެ
03 August 2025
120 މިލިއަނުން ދައުލަތް ދަރުވާލާފައި މަގުތަކުމައްޗަށް ނުކުމެ ދުވަން މި ބައިގަނޑު ލަދެއްވެސް ނުގަނެއޭ ދޯ
ނަފާ
02 August 2025
އެމްޑީޕީ ހަމަ ރަގަޅަށްވެސް ފުޓިއްޖެ ދެންވީ ފީއެންސީއިން ރައްޔިތުން އެންމެ ބޭނުން ޖެހިފައިވާ ބޯހިޔާވެހިކަން ޔަގީން ކޮއްދެއްވަން ބިންވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހި" އަވަސްކޮއްދެއްވާ މުއިޒުގެ ހިކުމަތު އަމަލް ބޭނުން ކުރައްވާ ރައްޔިތުން ހެއްވާލަ ދެއްވާ؛ އަޅުގނޑުމެން މިތިބީ ޕީއެންސީއާ އެކު ...
ޑރ ވާންޗޯ
02 August 2025
ހާމުދުރޭ ކުލަ ރަންމީބަ ކައްތިރި ބަވަނަ ވެއްޓުނު މަހާރަދުން.
ނީމު
02 August 2025
ބޮޑު ދެޕާޓީ އައް ސުޕަމެެޖޯރިޓީ ދިނީމަވެސް ތަރައްގީ އެއް ނުގެނސް ދެވުނު ޔާމީން ވަރެއްނެއް މިހާރު ދެރަވޭ ޔާމިން ބާލަން އިބޫގެ ބަހައް ހެއްލެވުނީމަ
ހޫރާ މޫސާ
02 August 2025
40000 މީހުންގެ ޕާޓީ އަކުން 300 ހައިރަާންވެ އަންތަރީސް ވެއްްޖެ ސުޕަމެޖޯރިޓީ ދިނީމަ ކަމެއް ނޮކޮއްދެވުމުގެ ނަތީޖާ
ހީހީ ސުލީހް.
02 August 2025
މުޅި ގައުމު އިނދަޖައްސާލާފަ. ހާދަ ލަދުކުޑަބަޔެކޭ
މީސްމީހާ
02 August 2025
ކޮންމެހެން މީހުން ގިނަވާންޖެހޭތަ؟ ކޮންމެ ރެއަކު ކުރިން ވެރިކަން ކުރި މީހަކު ވެސް 2 ތިން ހަތަރު މީހުން ލައިގެން ޖަލްސާ ބާއްވާ ރައީސް އަށް ބަވަމުން ދޭ މީހުން މަދުވިއަސް އެއީ މައްސަ އެއް ނޫން ކަން ނޭނގެ!
ޔެސް
03 August 2025
ޔެސް މީހުން ގިނަވާންޖެހޭނެ. އޭރުން ސައިޒް ދައްކާލެވޭނީދޯ
ފުރޭތަ1
02 August 2025
ފައްޔާޒު އިބޫ ޝަހިދު ޕާޓީ މީހުންވެސް ބަލައި ނުގަނޭ. މިމީހުންގެ ސައިޒަކީ މީހަކަށް 100
އިރުސާދު ރަސާދު
02 August 2025
ގައުމު ދަރުވާލި ބައިގަނޑު ރައްޔިތުންނަށް އޮޅުވާލައިގެން މަކަރާއި ޙީލަތުން އަލުން ވެރިކަމަށް އަންނަން މަސައްކަތްކުރާއިރު ރައްޔިތުން އަދި ތިބީ ހޭލާ
ފޮޓޯތައް
02 August 2025
ހުސް ކުލޯސް އަޕް ފޮޓޯ ހުރީ ނަގާފަ. ކުރިން އެމްޑީޕީ އެއްވުމުގައި މަތިންނާއި ދުރުން އެކި ގޮތް ގޮތައް ފޮޓޯ ނަގާނެ ކީއްތޯ މިވީ ފޮޓޯތަކައް
އަޅެފަހެ
03 August 2025
ލައިވްކޮށް ދެއްކިއިރު އަދަދު ފެނިފަ އޮތީ. ދެން ފޮޓޯ އޮޅުވައިގެން އަދަދު ގިނަކޮށްފަ ދައްކާނެހާ ހިތްވަރެއް ނެތް