ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މީހާ -- ފޮޓޯ: ޕޮލިސް
01 އޯގަސްޓް 2025 - 21:27
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޭސްބުކްގައި މަރުގެ އިންޒާރު ދިން މައްސަލާގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ އެވެ. އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރީ މިއަދެވެ.
ރައީސް މުއިއްޒަށް މަސީހް މަރުގެ އިންޒާރު ދިނީ މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމުންނެވެ.
އެ ޚަބަރު ޝެއާކޮށް މަސީހު ވަނީ، އެންމެ ފުރަތަމަ މަރާލަން ޖެހޭނީ ރައީސް މުއިއްޒު ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ކޮށްފަ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި އަދަބުތައް ދިނުމާ ގުޅޭގޮތުން ރައީސް މުއިއްޒު އެކްސްގައި ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނާ މެދު ބައެއް އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ރާއްޖޭގައި ކަނޑައަޅަން ބޭނުންފުޅުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒާރާ އަދުހަމް
03 August 2025
ވަކި ރައީސްއަކަށް ވެގެނެއް ނޫން، ކޮންމެ ރައީސްއަކަސް ހެޔޮ. މަރުގެ އިންޒާރު ދީފި މީހެއް ނަމަ އެކަމެއް ބަލަން ޖެހޭނެ ވަރަށް ހަރުކަށިކޮށް. މިކަހަލަ ކަންކަން ނޯމަލައިޒް ކުރަން ފުރުސަތު މުއިއްޒުވެސް ދީގެން ނުވާނެ. މިއަދު ފިޔަވަޅު ނާޅާފިއްޔާ މާދަން މިކަން އެންމެން ޖެއްސުމަށްވެސް ކުރާނެ. ކޮންވެއަކަސް އަމިއްލަ ދުލުން އެބުނެވުނީ މަރާނެކަމަށް. އެހެންވިއްޔާ އެމީހަކީ ރައީސްއަކަށް ހުރި މީހަކަށް ބޮޑު ތްރެޓްެއް
ސާއިފްް
03 August 2025
މާ ވެފަ މާ ގަޓުހުރި މީހަކަށް ވާން އުޅެގެން ތި ވެވުނީ ފެންސޮޑަކަށް. ހަހަހަހަ. ނެތް ފެންވަރުންވެސް އުޅެން ވާނެ މަށަކީވެސް މީހެއް ކަމަށް ހީކޮށް، ވަރަށް ރީއްޗަށް މީހަކަށް ވެވުނެއްނު
ލަބާން
03 August 2025
މަސްތުވާ ތަކެއްޗާ ގުޅޭ އެންމެންނަށް މަރުގެ އަދަބު ދޭން ރާއްޖޭގެ ގިނަ ބަޔަކު ތާއީދު ކުރާނެ. އަދަބުތައް އަދިވެސް ބޮޑު ކުރަންވީ
އަނީސް
03 August 2025
ކޮން 10 ދުވަހެއް ޖަހާކަށް. އިންޒާރެއްވެސް ދޭނެ ކަމެއް ނެތް. 25 އަހަރަށް ޖަލަށް ލާންވީ
އަމްހަދު މުހައްމަދު ހަަމީދު
03 August 2025
ބަރާބަރު. ރައީސް ކަމުގެ މަގާމަށް އަންނަ އެއްމެނަށް އެ ގަދަރު އޮންނަންވާނެ
އައްސަދު ޝަރީފް
03 August 2025
ރައީސް މުއިއްޒްއަށް އިންޒާރު ދެވިގެން ނުވާނެ. އެވަރިހަމަ ކޮންމެ މީހަކަސް
ހުސައިން
02 August 2025
އެކަމަކު ބޮޑެތި ޢަދަދުން ލާރި ނަގާމީހާ އެނގުނީމަ ވެސް އެ ލާރިއެއް ނުލިބޭ.
ޕިސް
02 August 2025
ސޯޝަލް މީޑިއާގަ ޓަފް ވެލަން، ގަދަ ކޮމެންޓެއް ކޮއްލަން ހަދައިގެން އަމިއްލައަށް އެރިފަ ތިއޮތީ!!