ހުޅުމާލޭގެ ކެފޭއެއް. ރެސްޓޯރެންޓްތަކުގެ އިންފްލެޝަން ހުރީ 29 ޕަސެންޓުގައި -- ފޮޓޯ: މިހާރު
03 އޯގަސްޓް 2025 - 10:27
ރެސްޓޯރެންޓްތަކުން ވިއްކާ ކާބޯތަކެއްޗާއި އެކޮމޮޑޭޝަން ހިދުމަތްތައް ނުވަތަ ކުލީގެ އަގުތައް 29 ޕަސެންޓަށް އުފުލިއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން އެއީ އެންމެ ބޮޑަށް އިންފްލޭޝަން އުފުލިފައިވާ ދެ ދާއިރާ އެވެ. މިއަހަރުގެ ފުރަތަމަ ތިން މަހު އެވްރެޖުކޮށް ރެސްޓޯރެންޓްތަކުގެ އަގުތަކާއި ކުލީގެ އިންފްލެޝަން ހުރީ 29.5 ޕަސެންޓުގަ އެވެ. އަދި ދެވަނަ ކުއާޓާގައި އިންފްލޭޝަން ހުރީ 29.4 ޕަސެންޓުގަ އެވެ.
އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހަށް ވުރެ 40 ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގެ އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ 0.7 ޕަސެންޓުގަ އެވެ.
ރެސްޓޯރެންޓްތަކުން ވިއްކާ ކާބޯތަކެއްޗާއި ކުލީގެ އަގުތައް އުފުލެން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެއަށް ފަހު އެވްރެޖުކޮށް އެ ދެ ދާއިރާއިން އަގުތައް ދިޔައީ އުފުލެމުންނެވެ.
މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން ހުރީ 3.8 ޕަސެންޓުގަ އެވެ. އަދި ކާބޯތަކެތީގެ އިންފްލޭޝަން ހުރީ ފަސް ޕަސެންޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންކަރާ
05 August 2025
އެމްއެމްއޭގެ ސްޓެޓިސްޓިކްސް ޑިޕާޓްމަންޓް ހެޑް "ތަނުގެ ހިންގުން ހަރުދަނާކުރަން" އެހެން ސެކްޝަނަކަށް އަނެއްކާ އެހެ ނުލާނެބާ؟ މިހެން މިއަހާލީ އެންމެ ފަހުން ކަމުނުދާ ރިޕޯޓެއް ނިކުން ސެކްޝަންގެ ވެރިޔާ އަޝްރަފްވެސް ބަދަލުކުރީމަ.
ކޮރަލް
03 August 2025
ގިނަ ހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަކީ ދިވެއްސެއްގެ ނަމުގަ ހުއްޓަސް އެއީ ބިދޭސީންގެ ފުލް ކޮންޓްރޯލް އޮންނަ ތަންތަނެވެ . އެތަންތަނުން ދިވެއްސަކަށް ވަޒީފާ އެއް ނުދޭނެ އެވެ . 100 ޕަސެންޓް ބިދޭސީންނެވެ . ވިޔަފާރި ހުއްދަ އިންނަ މީހާ އަށް ދޭނީ 5 ހާސް ރުފިޔާ އެވެ . ސަރުކާރުން ވެސް އަޅަ އެއް ނުލާނެ އެވެ . ބިދޭސީ ކޭޝިއަރުން ޑިޕޯޓް ކުރަން ވީ އެވެ .
ހެވެއްނު
03 August 2025
ދެދުވަހުން އެއްދުވަހު އަދިވެސް ރެސްޓޯރަންޓާ ކެފޭތައް ދަނީ ހުޅުވަމުން. އެކަމަށް ވަކި ލިމިޓެއް ނޯވޭ. މަގުމަތިން ފެންނަ ކޮންމެ 5 ފޫޓު ގޮޅިއެއްގަ އެބަ ކެފޭ ހިންގާ. ކޮންމެ ތަނެއްގަ ބޭރުމީހުން ފުރިފަ. ދެން ގޭސްފުޅި ގޮވީމަ ބުނާނެ ގޭސްފުޅިއެއް ގޮވީއޭ
ލޯކަލް
03 August 2025
މިރެސްޓޯރަންޓްތަކުން ޕޭވްމަންޓްމަތިލިބެނީ ކޮންެުއުސޫލަކުން
ހަޤީގަތްް
03 August 2025
ކާބޯތަކެތި އުފައްދަން ބޭނުންކުރާ ތަކެތި އިމްޕޯރޓްކޮށް ވިއްކަނީ ހިތަށްއެރި އަގެއްގައި، ބިމު ކުލި ހިތައް އެރި އަގެއްގައި، 5 ހަމީހުންނަށް އެއްތަނެއް ކުއްޔަށްދީފައި، ބާޒާރުމަތީގައި އަގުބަދަލު ކުރަނީ ތަކެތި ގަންނަން ނަގަން ހުއްޓާ. އަދިވެސް މިރާއްޖޭގެ އިމްޕޯރޓް މުދާ ކޮންޓްރޯލް ކުރަނީ އިންޑިއާގެ ބޯރާ ވިޔަފާރަވެރިން، މިހާރު ތަފާތަކީ ދިވެހިންވެސް އެޔަށް ބައިއެޅި ހަޑިހާވާކަން.
ބަދަލަކަށް
03 August 2025
ގަރުދިޔަ އާއި ބަތް ކިހާވަރަކަށް ހުރީ ރެސްޓޯރެންޓްތަކުގަ؟
ޢޮނަރަބަލް ބަކުރުބޭ ގެ ކުޑަމުދިންބެ
03 August 2025
ރެސްޓޯރަންޓުތަކުގެ ކުލި ކާބޯތަކެތީގެ އަގުވަނީތިރި. ޑޮލަރުގެ އަގެއް މައްޗަކަށް ނުދާނެ ޑޮލަރުން ހަވާ އެރުވިޔަސް ޑޮލަރުވާނީ ތިރި ،މިނިވަންދުވަހު ދަރަންޏަށް ކުޑަކަކޫ ޖަހައިގެން ޑޮލަރު މަތިވެ މިނިވަންކަމުގެ އިހުސާސް ކުރެވުނީ ޑޮލަރުން ހަވާއަރުވައިގެން
م
03 August 2025
މިއީ ތޯ ސަޕްރައިޒަކީ؟
ރަދީފްއޮފިޝަލް /
03 August 2025
އެހެންވީމަ ވަރަށް ރަނގަޅަށް ގައުމު އެބަ ހިނގާ ދެއްތޯ؟؟ ލަދު ކޮބާ؟؟
ވޮޗްމޭން
03 August 2025
މީ ޑޮލަރުގެ އަގު އުލެމުން ދިއުމުގެ ނެތީޖާ.. އެހެން ހުރިހާ އެއްޗެއްވެސް ބޮޑުވާނެ. ހައްލަކީ ހުރިހާ ނަމެއްގައި ލައިސަންސް ދީފައި ހުރި "އެކްސްޖޭންޖް ސެންޓަރު" ބަންދުކޮށް ޑޮލަރު ހަމައެކަނި ބޭންކްއަށް މާރު ކުރެވޭގޮތަށް އުސޫލު ބަދަލުކުރުން. އާދައިގެ ޓޫރިސްޓް މީހާވެސް މާލެއަރާ ޑޮލަރު މި މާރުކުރަނީ 20 ރުފިޔާއަށް މިތަންތަނުން.
އުދުހޭ
03 August 2025
ސަޕްލައި އެންޑް ޑިމާންޑް ނޭންގެންޏާ ގްރޭޑް 6 އަކަށް ވަނީމަ ރަގަޅުވާނެ
ވޮޗްމޭން
03 August 2025
ގްރޭޑް 6 ފެންވަރު ހުއްޓަސް މި ބުނަނީ ފަތުރުވެރިޔާ އަތުން ލިބެން އެބައޮތޭ 15.42 ކަށް އޭނަ ބޭންކްއިން ރަސްމީ ރޭޓްގައި މާރުކުރަން މަޖުބޫރުވާނަމަ. ކޮންމެވެސް ޑޮލަރެއް ދިވެހިރާއްޖެއަށް ލިބޭނެ ރޭޓްގައި.