އާރުޓީއެލް ފެރީ ހިދުމަތުގެ ލޯންޗެއް އޭގެ ކެޕްޓަން ދުއްވަނީ: ބޭސްފަރުވާއަށް އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 އޯގަސްޓް 2025 - 12:13
ބޭސްފަރުވާގެ ކަންކަމަށް އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރް ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް ސިއްހީ އެކިއެކި ހިދުމަތްތައް ހޯދަން އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.
މިނިސްޓްރީން އެ މަސައްކަތް ކުރާނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ އެމްޓީސީސީއާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެ ހިދުމަތް ފެށުމާ ވަރަށް ގާތަށް މިހާރު ދެވިފައިވާ ކަމަށެވެ.
"ބީއެމްއެލްގެ ހާއްސަ ކާޑެއް ދޭނީ އެންސްޕާ މެދުވެރިކޮށް. އެ ކާޑު ބޭނުންކޮށްގެން ބަލިމީހާ އާއި އެހީތެރިޔާއަށް ހިލޭ ދަތުރުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފަ އެވެ. އެންމެފަހުން އެ ހިދުމަތް ފެށީ ބ. އަތޮޅުގައި، މިދިޔަ ހޯމަ ދުވަހު އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އާރުޓީއެލް ހައިސްޕީޑް ފެރީގެ މަޝްރޫއަށް ސަރުކާރުން 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާ ސަރުކާރުން މިދިޔަ މެއި މަހު ވަނީ 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. އެ ފައިސާ އިން 12 ހައި ސްޕީޑް ފެރީ ބަންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މި މަޝްރޫއު ނިމޭއިރު، ޖުމްލަ 80 ހައި ސްޕީޑް ލޯންޗުން މުޅި ރާއްޖެ ގުޅުވާލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒާނާ
04 August 2025
މާލެ ސަރަހައްދުގަ ފެރީ އާއި ބަހުގެ ޓިކެޓް ސްކޫލް ކުދިންނަށް ހިލޭ. ކީއްވެބާ އަތޮޅުތެރޭގެ ސްކޫލް ކުދިން ފެރީ ޓިކެޓް ގަންނަން މި ޖެހެނީ. ރާއްޖޭގެ ކޮންމެ ތަނެއްގައި އުޅުނަސް ސްކޫލް ކުދިންންކީ ސްކޫލް ކުދިން. އަތޮޅުތެރޭގަ ވެސް ސްކޫލް ކުދިންނަށް ޓިކެޓް ހިލޭ ކޮށްދެއްވުން އެދެން.
އައްލާ ބެއްޔާ
04 August 2025
ސްކޫލް ކުދިންނަށް ހިލޭ. 65 އަހަރުގެ މީހުންނަށް ހިލޭ. ޑޮކްޓަރ އަށް ދާ މީހާ އާއި އެހީތެރިޔަ އަށް ހިލޭ. ދެން ލޯކަލް އިންތިހާބު ކައިރި ވީމަ ޒުވާނުންނަށް ހިލޭ. ފެރީ ހިލޭ ވީ.. އެކަމަކު ރަށްޔިތުންނަށް އެގެން ޖެހޭ ކަމަކީ މީ ހިލޭ ދޭ ހިދުމަތެއް ނޫންކަން. ވަކިބަޔަކު ހިލޭ ދަތުރުކުރަން އަގު ދައްކަނީ ހުރިހާ ރަށްޔިތުންގެ ފައިސާއިން. ތަރެއްގީގެ މަޝްރޫއުތައް ހިންގަން ހުރި ފައިސާއިން ކަން. ތި ދެމެހެއްޓެނެވި ކަމަކަށް ނުވާނެ.
ބުރިޖުލޮޖިކު
03 August 2025
ބިލިޔަނުން ހަރަދުކޮށް ހިލޭ ދުއްވޭ ގޮތަށް ބުރިޖު ހައިވޭ ހެދިގޮތަށް އާރުޓީއެލްވެސް ހިލޭ ކުރެވެން ޖެހޭނެ.
ވަދީއު
03 August 2025
ނިކަމެތި ރައްޔިތުންގެ އިހުސާސް ދަންނަށް ވެރިންނަކީ މީ.. ރައީސް މުއިއްްޒުގެ ވެރިކަމުގަ ބަރަކާތް ލައްވާށި. އާމީން
އަފްރާސިޔާބު
03 August 2025
ރަނގަޅުކަމެއް. އެއީ މުއިއްޒުގެ ގަދަ ކަމަކީ. ވަގުތުން 6 މަސްދުވަހަށް އެނިންމާލީ ދަތުރު ހިލޭ. އޭގެ ފަހުންވާނެ ގޮތެއްނޭގޭ. ކުރީސަރުކާރުގެ ކަމަކުންނޫނީ ނުހުއްޓޭނެ.
ސުފްޔާން
03 August 2025
ރަނގަޅު ރައީސްއެއް، މާޝާﷲ
އެކަލޯ1
03 August 2025
ރ އަތޮޅުގަ ފަށަން ގެންދިޔަ ލޯންޗުގަ ބ އަތޮޅުގަ ފެށީ ނަތީޖާއަކީ ރ އަތޮޅުގަ ފެށުމާ ހުއްޓުމާ ދިޔައީ އެކުއެކީގަ.
ހުސީނާ
03 August 2025
ހުރިހާ ކަމެއް ހިލޭކުރަން ހަދައިގެން، ދުވަހަކުވެސް ރައްޔިތުން ޒިންމާދާރެއް ނުވާނެ
ކުކުނު
03 August 2025
ބިޓުކައިރިޔަށް ހިލޭ ދެވޭނެގޮތް ހަމަޖައްސަދީބަލަ
އިލެކްޝަން
03 August 2025
ފެރީތައް ދުއްވަނީ ލޮނުފެން އަޅައިގެން، ފަޅުވެރިންގެ އުޖޫރައަކީ ކަނޑުމަހާ ފަރުމަސް، ފެރީ ހަދާދެނީ އިންޑިޔާއިން ހިލޭ. އެހެންވީމާ ހިލޭކޮށްލުމަކުން މައްސަލައެއް ނެތްތާ؟ ކެކެކެ
ހޮޅިސަރުކާރު
03 August 2025
އިންތިޚާބްތައް ކައިރިވާވަރަކަށް މިފަދަ ބޭކާރު ކަންކަމަށް ޓެކްސްފައިސާ ޚަރަދުކުރެވިގެނދާތަން ފެންނާނެ. ހަނޑޫ ހަކުރު އަދި ފުށް ހިލޭ ބަހާފައި އުފަންވާ ކޮންމެ ކުއްޖަކަށް 18 އަހަރުވަންދެން އިނާޔަތެއް ދީފައި ، ކޮންމެ ދެމަފިރިއަކަށް ޗުއްޓީ ދަތުރުކުރަން އަހަރަކު އެލަވަންސެއް ދީފައި ކޮންމެ ދިވެއްސަކަށް ސައިކަލެއް ސަރުކާރުން ދޭން ފަށަންވީ. މިއޮތީވާ ޤައުމެއް
މައުސޫމް
03 August 2025
ބަލަ އިންތިހާބު ކުރިއަށް އޮވެގެންތަ ނިކަމެތި ރައްޔިތުން ބަލައިގެން ކޮންމެ އަހަރަކުވެސް ވަކިވަރަކަށް ހަޖަށް އެގެންދަނީ.. ކަލޭމެން ކޮންމެކަމެއްވެސް ސިޔާސީ ކުރަން އުޅޭތި.