މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑު މެންބަރު ކަމަށް ނަންތައް މަޖިލީހަށް ފޮނުވައިފި -- ފޮޓޯ: މިހާރު
04 އޯގަސްޓް 2025 - 10:02
ޓެކްސް އިދާރާ، މީރާގެ ބޯޑަށް ހަތަރު މެންބަރުން އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ނަންތައް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ރައީސް ފޮނުއްވި ސިޓީފުޅުގައިވާ ގޮތުން އެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވަނީ މުހައްމަދު އިމްތިނާން ސައުދުﷲ އާއި އިސްމާއިލް ހަމްދޫނާއި އައިޝަތު ޝަޒުރާ އަދި އިދުހާމް ހުސައިން އެވެ.
މީރާގެ ބޯޑުގައި ތިއްބެވި ހަތަރު މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވަނީ މި މަހުގެ 31 އަށެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާގެ ބޯޑަށް ކުރިމަތިލާން އިއުލާނުކުރުމުން 14 މީހަކު ކުރިމަތިލި އެވެ.
އެ ބޭފުޅުންގެ ނަންތައް ރައީސް މުއިއްޒު މަޖިލިސް އަށް ފޮނުއްވަނީ އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ.
އެ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އަށް މިއަދު ވަނީ ފޮނުވައިފަ އެވެ.
1. މުހައްމަދު އިމްތިނާން ސައުދުﷲ
2. އިސްމާއިލް ހަމްދޫން
3. އައިޝަތު ޝަޒުރާ
4. އިދުހާމް ހުސައިން
5. އުމަރު އަހުމަދު ހުސައިން
6. މުހައްމަދު އަހުމަދު
7. މުހައްމަދު ރަޝީދު
8. މަރިޔަމް ޖުވެއިރިޔާ
9. އަހުމަދު މައުސޫމް
10. އަހުމަދު ނަޒީހު މުހައްމަދު
11. ހުޝާމް ވަހީދު
12. މަރިޔަމް ޝައްފާއު ޝަރީފު
13. އަބްދުﷲ މިފްރާޒް މިޒާލް
14. އަހުމަދު އަލީ
މީރާގެ ބޯޑުގައި ހަތް މެންބަރު ތިއްބަވަ އެވެ. މި ވަގުތު އެ ބޯޑުގެ ޗެއާޕާސަނަކީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒީނިޔާ މުހައްމަދު
05 August 2025
އިމްތިނާން އެއްމެ ކުޅަދާނަވާނީ. ނިކަން މޮޅު އިކޮނޮމިސްޓެއް އެއީ. އެމްއެމްއޭގަވެސް މިވަގުތު ހުރި އެއްމެ ތަޖުރިބާ ހުރި އެކަކު އެއީ ޅަ އުމުރުގައި
ތުބާނާޒިމް
05 August 2025
ވަރަށް ގާބިލް ވާނެ އިމްތިނާން. އިނގޭތީ މިބުނަނީ
ސައްލިބެ
04 August 2025
ތިއޮތީ މީރާއާ އެމްއެމް އެއްކޮއްލާފަނުން، މިގެ ކުރިންވެސް އެމް.އެމް.އޭގެ ތިން މީހުން، އަނެއްކާވެސް އެންމެ ކުރީގަ އެމް.އެމް.އޭ ގެ ދެމީހުން. މިޙަރުވެސް އެއުޅެނީ އެފް.އައި.ޔޫގެ ރިޕޯޓު ލީކުވެގެން. އަނެއްކާ މީރާވެސް ފުނޑާލަނީދޯ.