ޕޮލްކޯ އޮފީސް. އެ ކުންފުންޏާ ގުޅޭ ގިނަ މައްސަލަތަކެއް މާލިއްޔަތު ކޮމިޓީން އަންނަނީ ބަލަމުން --
05 އޯގަސްޓް 2025 - 14:24
ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ވިސުލްބްލޯވަރުން ނުވަތަ ލިބިފައިވާ ސިއްރު މައުލޫމާތުތައް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ އަށް މިއަދު ހުށަހަޅައިފި އެވެ.
ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯގެ އިތުރު މައްސަލަތަކާ ގުޅޭ ގޮތުން ވިސުލްބްލޯވަރުން މަޖިލީހާ ހިއްސާކުރި މައުލޫމާތުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަނީ ސިއްރުން ކަމަށެވެ. ސަބަބަކީ، އޭގެ ބައެއް މައްސަލަތަކުގައި ފުލުހުންގެ މިހާރުގެ ވެސް ވެރިންގެ އަނބިދަރިންނާއި އާއިލާގެ މީހުންނާ ގުޅުން ހުރި މައުލޫމާތުތައް ވެސް ހިމެނޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ މެދުވެރިކޮށް ޕޮލްކޯއާ ގުޅޭ ގިނަ މައްސަލަތަކެއް އަންނަނީ ބަލަމުންނެވެ.
ޕޮލްކޯގެ މައްސަލަތައް ބަލަން މަޖިލިހުން، ފުލުހުންގެ ފްލެޓްތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވި ހިސާބުންނެވެ. މިދިޔަ އަހަރުން ފެށިގެން ސަބް ކޮމިޓީން އަންނަނީ އެކަމާ ގުޅޭ މައްސަލަތައް ބަލަމުންނެވެ.
ފުލުހުންގެ ފްލެޓު އިމާރާތުގެ ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓުން އަމަލުކުރި ގޮތުން ޕޮލްކޯ އަށް 291 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް ވަނީ ހާމަވެފަ އެވެ. އެހެންވެ، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓު އިމާރާތް އެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތަށް ނަގަން އެދެން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅޭ ގޮތުން ހެދި އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު، މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެ ގުނަ ބޮޑު އަދަދެއް ކަމަށް އޮޑިޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދީދީ
06 August 2025
ސިވެކް, ޕޯލްކޯ ތީ ޖަރީމާ ހިންގަން އުފެއްދި ކުންފުނި ތަކެއް. ކޮން ކަމަކާއި ހާސްވާންވީ?
އިސްމާލި
06 August 2025
"ފުލުހުންގެ ފްލެޓު އިމާރާތުގެ ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓުން އަމަލުކުރި ގޮތުން ޕޮލްކޯ އަށް 291 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް ވަނީ ހާމަވެފަ އެވެ." ކޮންޓްރެކްޓަރު އަމަލުކުރާނީ އޭނާ އަށް ފައިދާވާގޮތައް. ކްލަޔަންޓު ޖެހޭނީ އޭނާގެ ހައްގު ހިމާޔަތްކުރަން. މީގައި ބޮޑަށް ޒިންމާ ކުރުވަންވީ، އެހެނަސް ނުވާނީ، ދައުލަތައް މިފަދަ ގެއްލުމެއް ލިބުމަށް މަގުފަހިކުރުވި މީހުން.
ވޯލް
06 August 2025
ޕޮލްކޯ ، ސިފްކޯ މުއީ ވަގުތުން އުވާލަންޖަހޭ 2 ކުންފުނި. ފުލުހުންނާ ސިފައިންނާ ކުރަންޖަހޭ ޚަރަދެއް ދައުލަތުގެ ބަޖެޓުން ކުރެވޭނެ.
ބަބޫ
05 August 2025
ކުށްކުރުން ހުއްޓުވަން ތިބި މީހުން ކުށެއް ކުރީމަ ގާނޫނުގަ އޮތް އެއްމެ ބޮޑު އަދަބު ދޭންޖެހޭނެ. އަދި ތިގޮތައް ސިއްރުކޮށްގެން ގެންގޮސްގެންވެސް ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
05 August 2025
ފުލުހުންގެ ތެރޭގައި އުފައްދާފައިވާ ވިޔަފާރި ކުންފުނި POLCO އާއި ޑިފެންސް ފޯހުގެފަރާތުން އެތަނުގައި އުފައްދާފައިއޮންނަ ކުންފުނި Sifainge Co-oparative ނުވަތަ ސިފްކޯ އަކީ ކޮރޮޕްޝަންގެ ހާލިތަކަކަށް ވެގެން ހިގައްޖެ. ތިޔަ ވައްކަމުގެމައްސަލަ ބަލާފައި ހަމައެކަނި އައިލެންޑް އެކްސްޕާޓް އަށް ފިޔަވަޅު އެޅުމުގެބަދަލުގައި ތިކަމުގައި ބައިވެރިވެފައިވާ ފުލުހުންގެމައްޗަށް ވެސް ދައުވާކޮށް އެމީހުން ފުލުހުންގެ ތެރެއިން ބޭރުކޮށްގެންނޫނީ ތިފަދަކަންކަން ނުހުއްޓުވޭނެ.
ތެދުވެރި ސަރުކާރު
06 August 2025
ހަވާ އަރުވަނީވެސް ސިފްކޯގެ ފަރާތުން މިލިއަނުން މިކަމަށްވެސް ރައްޔިތުންގެ އަތުން އެމީހުން އަތުލަމުންދޭ/ ބަޑިބޭސް ވީމަ އެހެން ބަޔަކަށް ނުވެސް ގެނެވޭ މިވެސް ދެފުށްނުފެންނަ ވިޔަފާރިއެއް މިނިޓަކަށް 5000 ރުފިޔާ / ޕޮލްކޯ އަދި ސިފްކޯ އިން ރައްޔިތުންނަށް ހިޔާނާތްތެރިވެފައިތިބިމީހުން މަޤާމުތަކުގައި ތިބެގެންނުވާނެ ބޭރުކުރޭ ޝެނީން މެންނަކީވެސް މިހާރު މިގޮތަށް ވެރިންނަށް ކާންދީގެން މަޤާމުތަކަށް އައިސް ތިބިމީހުން
އޮނަރަބްލް އަފީފު ދީދީ
05 August 2025
ސަރުކާރުގެ ޕްރޮޖެކްޓް ތައް އިންތިހާ އަށް ބޮޑު އަގުގައި ނުވަތަ އަގު ކަޑައެޅުމެއްނެތި ފަހުން ބޭނުން އަގެއް ޖަހާލެވޭ ގޮތަށް ޕޮލްކޯ އަށާއި ސިފްކޯ އަށް ޚަވާލު ކުރުމަށް ފަހުގައި ސަރުކާރުގެ ބޮޑުންނާއި ގުޅުން ހުރި ކުންފުނިތަކަށް މަސައްކަތް ސަބް ކޮންޓްރެކްޓަށް ދޫކޮށްގެން މިފަދަ ޖަރީމާ ހިންގުން މިހާރު އާންމު ކަމަކަށް ވެފައިވާތީ، ދައުލަތުގެ ޕްރޮޖެކްޓް ތަކުގެ ތެރެއަށް ފުލުހުންނާއި ޑިފެންސް ފޯހުގެ ކުންފުނިތަކަށް ޚަވާލު ނުކުރެވޭ ގޮތަށް ހަދާންޖެހޭ.
ހުރިހާތަނެއް
05 August 2025
ޕެންޝަން އޮފީހުގެ ކަންކަން ވެސް ބެލުން މުހިއްމު
އަފްރާސިޔާބު
05 August 2025
ނުބެލޭނެ. ބެލިއަސް އެނގޭނެ އެއްޗެއްނޯންނާނެ.
ކުންނު
05 August 2025
މިމީހުންނަށް ހުކުންނުކޮއްފިނަމަ...މުއިޒައް ވޯޓު ހަރާން
މުލޭ
05 August 2025
ހުކުން ކުރަނީ މުޢިއްޒެއް ނޫން.
އަފްރާސިޔާބު
05 August 2025
އެކަމަކާ ވޯޓަކާ ކީއް؟ ބަލަބަލަ މުއިއްޒެއްނޫނޭ އެކަންކުރީ. އެމަނިކުފާނުގެ ދުރުވިސްނުންފުޅުގެ ސަބަބުން ރައްޔިތުންގެ ފައިސާ ނަގާމީހުން އެ ފަޅާއަރުވާލަނީ.
ގުދުގުދާބެއްޔާ
05 August 2025
އަފްރާސިޔާބު ބޭ! އެމަނިކުފާނުގެ ދުރުވިސް ނުމުން 1 އަހަރުވީއިރުވެސް މައްސަލަ ހިންދާލައިގެން އެތިބީ! އެންމެ ފަހުން އެމްއެމްއޭގެ ރިޕޯޓް ސޯޝަލްމީޑިޔާގަ ލީކުވީމަ ގަޔަށް ހިނިއަރއިގެން ތެޅިގަތީ!