ހައްވާ ޔުމްނު ރަޝީދު-- ފޮޓޯ: މިހާރު
06 އޯގަސްޓް 2025 - 11:52
މިދިޔަ އޭޕްރީލް މަހު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާލިބުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޔުމްނު، 21، ވެއްޓުނު މައްސަލައިގައި އޭނާގެ ބަޔާން ނެގުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު އޭނާއަށް މިހާރު ފަރުވާދެނީ މެލޭޝިއާގަ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޔުމްނު މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހަކު އެ ގައުމުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި އޭނާގެ ބަޔާން ނަގަން ތައްޔާރުވި ނަމަވެސް، ތަހުގީގަށް އެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެހެންވެ، މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަމާއެކު ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭރު ބުންޏެވެ.
އެކަމަކު، ފުލުހުން އޮފިޝަލް މިއަދު ވިދާޅުވީ މެލޭޝިޔާގައި ތިބި ދިވެހި ފުލުހުން އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށާއި އެ ގައުމުގެ ފުލުހުންގެ އެހީތެރިކަމާއެކު ވެސް ބަޔާން ނެގިފައިނުވާ ކަމަށެވެ.
އެ ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ފުލުހުން ބުނާ ރައުދު ހައްޔަރުކޮށް، އެކި ފަހަރު މަތިން އޭނާ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ. އެކަމަކު މައްސަލަ ތަހުގީގުކުރުމަށް ފަހު މިހާރު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.
އެ މައްސަލާގެ ތަހުގީގުގައި ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްްސަ ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވި އެވެ. އެ ކޮމިޝަނުން ވެސް ނިންމާފައިވަނީ ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފަ އެވެ. ނަމަވެސް ޔުމްނު ގަސްދުގައި ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށް އެ ކޮމިޝަނުން ވެސް ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕާޓޭބޮސް
08 August 2025
ޔުމްނުއޯކޭ ޔުމްނުގެ ބަޔާން ރައުދުއަތުންހޯދާ، ރައުދު ޔުމްނުގެބަޔާން ސިޑިމަތީގަނެގީ..
ސަރގު
07 August 2025
ތީކީ ބަޔާންދޭންޖެހޭ މީހެއް ހެނެއްހިޔެއްނުވޭ، ސަރުކާރުން ވަނީ އުސޫލުންބޭރުން އެހެންރައްޔިތުންނާ ތަފާތުކޮށް ބައިވަރުކަންކަން މިނާއަށް ހަމަޖައްސައިދީފައި، އަނެއްހެންބުނަންޔާ ސަރުކާރުން ވަނީމައްސަލައާއި ހަވާލުވެ ބަދަލުދީފައި، މޮޅަށް ދެނެވޮޑިގެންވާނީ ﷲ
ށސ11
07 August 2025
ތިޔަ އަންހެނާއަށާ އޭނާގެ ބޯހަރު އާއިލާއަށް ފިޔަވަޅުއަޅާބަލަ އަމުރަށް ނުކިޔަމަންތެރިވިކަމަށްޓަކާ. ދެން ނުބައިކަންކަން ކުރި އެންމެނަށް އަދަބުދީ
ފިލިވަގު
07 August 2025
ނޫސްވެރިން އެބަޖެހޭ ތަންކޮޅެއް ޒިންމާދާރުވާން. ޚަބަރެއް ކިޔާ ނިމޭއިރު ސުރުހީގަ އޮންނަ އެއްޗެއްގެ ބޭރުން އިތުރު މައުލޫމާތެއް ނުލިބެ. މި ޚަބަރު ކިޔާ ނިމުނު އިރުވެސް ބަޔާން ނުނެގުނު ސަބަބު ނޭނގެ. އެ ސަބަބު އޮޅުންފިލުވަން ކުރެވުނު މަސައްކަތެއްވެސް ނެތް.
ތަކުރު...
06 August 2025
ޔުމްނުއަށް ހުއްދަ ނުހޯދާ މީހެއްގެ ގެއަށް ވަނުމުހެ ދައުވާ އާއި މަސްތުވުމުގެ ދައުވާ އުފުލާ ހުކުމްކޮށް މިމައްސަލަ ނިންމާލަންވީދެން.
ބީބީ
06 August 2025
ބަޔާން ނެގިވަރަކަށް ފަލީހަތްވާނީ.. ދެން ކިހިނެތް ބަޔާން ދޭނީ.
މަން
06 August 2025
ތި ޔުމްނުއާއި އޭނާގެ އާއިލާއަކީ ގާނުނަށް ވުރެ މަތީގައި އުޅޭ ބަޔެއްހެން ހީވަނީ... އާއިލާއިން ބޮޑެތި ތުހުމަތުތަކެއް ކޮށް އެންމެ ފަހު ވަގުތު އެއްބާރުލުން ނުދޭނަމަ ހައްޔަރުކޮށްގެން ވެސް ބަޔާން ނަގަން ޖެހިފަ ތިއޮތީ.
ފަންސޫރު
06 August 2025
ނިކަން މެލޭޝިޔާ ދެކޮޅު ޓިކެޓެއް ދީބަލަ ތި ބަޔާން ނަގާދީފާނަން.
ރަދީފު ބިން ރަފައިދާ
06 August 2025
އިސްޓެފަން ހޯކިންގް ބޭނުންކުރި އާލާތް ބޭނުންކޮށްގެންނަމަވެސް މިހާރު ތިޔަ ބަޔާނެއް ނަގާންވެއްޖެ. މައްސަލަ ލަސްވާވަރަކަށް ޒުވާނުން ނުބައިއެއްޗެތި ގޮވާލެއް ވަނީ ގިނަ.
މުއިޒު
06 August 2025
ބަޔާން ނަގަން އަނެއްކާ ކޮމިޝަނެއް އުފައްދަންވީ