ކުޅުދުއްފުށީ ހޮސްޕިޓަލް.
06 އޯގަސްޓް 2025 - 12:08
ހދ. ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު، މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ރަށު ޖިފުޑި، ހަސަން މޫސާ، 67، ރޭ ފަތިހު 5:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވާ ކަމަށް ހެނދުނު 10:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުޅުދުއްފުށީ ޒޯނު ސްޓޭޑިއަމްގެ ފާހަނާ ތެރޭގައި ވެއްޓިފައިވާ އޮއްވާ ފެނިފައިވާ ކަމަށާއި އެހެންވެ ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ ވަނީ މަރުވެފަ އެވެ.
"ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޫޑޯ
06 August 2025
ޙަސަން މޫސާ އަކީ ތެދުވެރި މީހެއް.
ސަލީމު އިދުރީސް
06 August 2025
އޮޓޮޕުސީ ނުހަދަ ލޮލުންބަލާފަ މިބާވަތުގެ މަރުތައް ގުދުރަތީ މަރެއްކަމައް ބަލާ. ވަޅުލަނަމަ ބޮޑެތި ކުއްތައް ކުރާމީހުނައް އެކަން ކުރަން ފަސޭހަވާނެ
ހެޔޮނުވާނެ!
06 August 2025
އޮޓޯ ޕުސީ ހައްދާން ޖެހޭނީ! އެހެން ނޫނީ ސަބަބެއް ނޭނގޭނެ. އެކަކަށް ހައްދާފައި އަނެކަކަށް ނަހައްދައި ކިހިނެއް މަރު ސަބަބު ދެނެގަންނާނީ. ހަމަ ތިބެލާފައި މީހާގެ ބޭރުފުށުން އަނިޔާ އެއް ފެނިފައި ނެތޭ ކިޔާ ނިންމާލެވޭތަ؟