މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 އޯގަސްޓް 2025 - 23:06
އދ. އަތޮޅުގެ ފަރަކަށް އެރި ޔޮޓެއްގެ ސަބަބުން އެ ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން 4.8 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ، ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓުގެ ލޯކަލް އެޖެންޓުގެ ގޮތުގައި ރާއްޖެ އައި ޓެމްޕަލް މެރިން އެލްޓީޑީގެ "އެމްވައި ބިގް ފިޝް" މިދިޔަ އޭޕްރީލް 28 ގައި ފަރަށް އެރުމުން ޖެހިގެން އައި ދުވަހު އެ އުޅަނދު ފުންކޮށްފައިވާ ކަމަށެވެ.
އެ ތަނަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އުޅަނދުގެ ވެރިފަރާތުން ހަމަޖެއްސި ސާވެޔަރުންނާ އެކު، ފަރަށް އެރި ސަރަޙައްދުގައި ޖޮއިންޓު ސާވޭއެއް މިދިޔަ ޖޫން 4 ގައި ވަނީ ހަދައިފަ އެވެ. އެ ސަރަހައްދު ބެލިއިރު ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެހެންވެ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން 4.8 މިލިއަން ރުފިޔާ އިން އެ އުޅަނދުގެ ވެރިފަރާތް މިދިޔަ ހޯމަ ދުވަހު ވަނީ ޖޫރިމަނާކޮށްފަ އެވެ.
އެ ޖޫރިމަނާ ފައިސާ ދެއްކުމަށް ޓެމްޕަލް މެެރިން ކުންފުންޏަށް ދިނީ 30 ދުވަހުގެ މުއްދަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަޢިީމްބެމެންގެ ބަލާވެރިކަން
07 August 2025
މީގެ ކުރިން އެންޓްރެކް އެޖެންސީގެދަށުން އައި ގްރީކް ބޯޓެއް ރަސްފަރިއަށް އެރީމަ، 10 މިލިއަން އެއްފަހަރާ. މިއަދު، ޔޮޓެއް. މީ ގަސްދުގައި ކުރިކަކަމަށް ނުބެލޭ. މޫސުން އެހޭ ގޯސް ދުވަސްވަރެއް. ވަރަށް ގިނަ ބޯޓު ނަގިލި ކަހަފައި އެބަހުރި. ސުވާލަކީ އިންޑިޔާގެ އެމްއެމް އެސްޕޯޓާއި އެފްކޮން އަދި ހަރީ އެންކޯ ފަދަ އިންޑިޔާ ކުންފުނިތަކުން ޖުރިމަނާ ނަގަން ނުކެރިގެން މި އުޅެނީ ކީއްވެބާއޭ؟ ކަރަޕްޝަން މާބޮޑަށް ހިނގަނީ.
ޖިމޯ
07 August 2025
އުޅަނދު ފަރަށް އަރުވާލީ ގަސްތުގަ ކަމަށް ވާނަމަ ޖޫރިމަނާ ކުރުން ރަނގަޅު. އެހެން ނޫންނަމަ ވެރިފަރާތަށް އެ ދެވެނީ ވަރަށް ބޮޑު އަނިޔާއެއް. އުޅަނދު ހަލާކުވެގެން އެތަށް މިލިޔަން ރުފިޔާއެއްގެ ގެއްލުންވާއިރު ޖޫރިމަނާގެ ގޮތުގައިވެސް މިލިޔަނުން ދައްކަން އެބަޖެހޭ. މި ހުންނަނީ ހަދާފައި ހުންނަ ދޯހަޅި ޤާނޫނު ނުވަތަ އުޞޫލު.
ނައީމުފާރި
07 August 2025
ތިއީ މިހާރު މިގައުމުގަ ޓުއަރިޒަމްއައްވުރެވެސް ކުރީގައުޅޭ ވިޔަފާރިއެއްނު. ފަރައްއަރާ ޔޮޓުތަކުގެ ވިޔަފާރި.
ފަރުހަކި
07 August 2025
ރަސްމާލެ ހިއްކާއިރު ފަރުތަކަށް ލިބޭގެއްލުމުގެ ޖޫރިމަނާ ކިހާވަރެއްވާނެބާ
ފަރަންޖީ
07 August 2025
ބައްލަވާ ނައީމު، ތިޤަވާއިދު އިސްލާހު ކުރާކަށް ނުވޭތޯ؟ ޖޫރިމަނާ ބޮޑުކަމުން މީހުން ލާރިއެއް ނުދައްކާ؟ މާފުކުރަނީ! ދެން 187 އަކަމީޓަރު ހަލާކުވެގެން 4.8 މިލިއަން ރުފިޔާ ޖޫރިމާނާކުރިއިރު ކިތައް އަކަކިލޯމީޓަރުގެ ފަރުތޯ ބޭކާރުކޮށްކޮނެ ހިއްކައިގެން ހަލާކުވީ؟ ތިބޭފުޅުން ހުއްދަދީގެން ހަލާކުކުރީމާ އެހަލާކުވީކަމަށް ނުވަނީތޯ؟ ޖޫރިމަނާގެ ބޭނުމަކީ ތިމާވެށްޓަށްލިބޭ ގެއްލުން ކުޑަކުރަން ކަމަށްވަންޏާ ތި ދައްކާވާހަކަވެސް ކުރާކަމެއްވެސް ދިމައެއްނުވޭ.
ރަހަނުލާ ޖޫރިމަނާ
07 August 2025
ޖޫރިމަނާ ކުރެވިދާނެ، އެކަމަކު ތި ހޯދޭނެ ގޮތެއް ނޯންނާނެ، މުޅި މިރާއްޖެ މި ހަލާކުވަނީ ތިކަހަލަ ޖޫރިމަނާއާއި ހުރެ، ބަލަ ޖޫރިމަނާ ނުދައްކައިފިއްޔާ އަދަބެއް ދެވޭނެ ގޮތެއް އޮންނަންވާނެ، އެކަމަކު އެ މަންޒަރެއް ނުފެނޭ، ބޯގޯސް
ބޒބސބ
07 August 2025
ކޮބާތާ ވިލިނގިލި ކައިރި ފަރު ހަލާކު ކުރި ބޯޑު
ފައިސާ ފައިސާ
07 August 2025
ކީއްވެތަ މީގެން ކޮންމެ މީހަކު ސަރުކާރަކީ ވިޔަފާރި ކުންފުންޏެއް ގޮތުގަ މިދެކެނީ؟ ފައިސާ ގަނޑެއް ލިބެން އޮތިއްޔާ ދަމާލަން. ބަލަ ސަރުކާރު ހިންގަން ޓެކްސް ދީފަ ހުންނަ އިރު އިތުރު ކޮން ސަކަރާތެއްތަ މިޖަހަނީ؟
ސަމްޕޮޓީ
07 August 2025
މ.ވޭވަށު ފަރަށް އެރި ސަފާރީގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ބަލާ ދިރާސާ ކުރަނީ ކޮން ދުވަހަކުންހޭ އިބުރާހީމް ނަޢީމޫޫ ޫ ޫ. ވަކި ބަޔަކުހޭ ކުށްވެރިވަނީ. މީ އަޖާއިބުން ފުރިގެންވާ ގައުމެކޭ.
ނިއުމާ ބަދީޢޫ
06 August 2025
އައްޑޫ މީދޫގައި ހުރި ބިޔަ ބޮޑެތި ގަސް ކަނޑާލީ މީދޫ އަވަށު އޮފީހުން. އެކަން ނުހުއްޓުވާ، ފިޔަވަޅު ނާޅާ.