ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރަން ޖެހޭ ސުންގަޑި ދަންމާލަން ވަނީ ފާސްކޮށްފައި --
11 އޯގަސްޓް 2025 - 11:46
ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިންމަން ގާނޫނުން ކަނޑައަޅާފައިވާ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މީގެ ފަސް އަހަރު ކުރިން އަމަލުކުރަން ފެށި ފެނާއި ނަރުދަމާގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހޭނެ އެވެ. އެ މުއްދަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަމަވެފައިވާއިރު، އަދިވެސް ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް އެފަދަ ގިނަ މަޝްރޫއުތަކެއް ހިނގަމުން ވެސް ދެ އެވެ.
އެހެންވެ، ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އެ މުއްދަތު 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރަން ހުށަހަޅުއްވައިފަ އެވެ. އެ ބިލް ކޮމިޓީން ދިރާސާކޮށް، މިއަދު މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ.
އެ އިސްލާހު ފާސްކުރަން 61 މެންބަރުން ވޯޓު ދެއްވިއިރު، އެމްޑީޕީއަށް ނިސްބަތްވާ ހަތް މެންބަރަކު އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެއްވުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު 2023 ވަނަ އަހަރަށް ފުއްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވީ ނަމަވެސް، ވެރިކަމުގެ ދައުރު ހަމަވިއިރު ބައެއް ރަށްރަށުގައި އެ މަސައްކަތް ނުނިމެ އެވެ. ނަމަވެސް، އެ ސަރުކާރުން ވަނީ ގިނަ ރަށްތަކެއްގެ މަޝްރޫއު ހަވާލުކޮށްފަ އެވެ.
މިއަދު މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ އެ ވައުދު އެމްޑީޕީއަށް ނުފުއްދުނު ކަމަށް ވިދާޅުވެ، އެ ޕާޓީއަށާއި ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އަވަސްކުރުމުގެ ބަދަލުގައި ގާނޫނަށް ބަދަލު ގެނެސްގެން ސުންގަޑި ދަންމާލާތީ، ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
11 August 2025
ބިމަށް ކުޑަކާއި ބޮޑުކަމު ދިއުމަކީ ތިމާވަށިގައި އުޅޭއިރު ކުރުން ރަނގަޅު ކަމެއް ކަނޑުން ލޮނުނަވައިގެން ފެނަށް ބަދަލުކުރާނަމަ ކަނޑުގެ ލޮނު ގަދަވެ ދިރޭތަކެެއްޗަށް ގެއްލުންވާނެ. ރަނގަޅު ގޮތަކީ ވަޅުން ފެންނަގައިގެން ބުއިން. ބިމަށް ބޮޑުކަމު ދިއުމުން ކުކުޅު ހާލާއި ކާޅު ފަދަ ތަކެއްޗަށް ކެއުން ލިބުނީ. ތިމާވެއްޓަށް ރަނގަޅުކަމެއް.
ގުދުގުދާބެއްޔާ
11 August 2025
ދެން އެމްޑަބްލިއު އެސްސީ އިން އަހަރުމެން އަތުން ފެން މީޓަރ ލާން 18 ރުފިޔާ ނަގާފަ! ކޮންމެ މަހަކު މީޓަރަކަށް ފެން ބޭނުންކުރިޔަސްނުކުރިޔަސް 30 ކަނޑަމުންދަނީ!ވޯޓް ހޯދަން ގަޔަށްހިނިއަރައިގެން ގުޅާ މެންބަރުން މިވަރުގެ ކަމެއްވެސް ކަނޑާލަދޭން މަޖިލިސްގަ ތިބެގެން ކޮށް ނުދެވުނު! ވޯޓް ކައިރިވީމާ ގުޅީމާ ފަސްފަހެތިން ދޭނަން!
އިސްމާލި
11 August 2025
"މިއަދު މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ އެ ވައުދު އެމްޑީޕީއަށް ނުފުއްދުނު ކަމަށް ވިދާޅުވެ، އެ ޕާޓީއަށާއި ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ." ބާރަށް މީހަކު ފޮޑިއެއް ޖެހިއަސް އެ ބަހުސްގަ ވެސް ކުރީ ސަރުކާރު މޑޕ ޕޕމ ކިޔުން ނޫން ކަމެއް ނުވޭ. އިހަށްދުވަހު ފެންނަނީ މިތަނުން އިއްޒަތެރި މެންބަރަކު 5 އަހަރުގެ ކުޑަކުއްޖެއްގެ ފެންވަރުފައި ދިވެހި ކިޔަނިކޮއް. ބޯ ހަލާކު.
ޔަހުޔާ
11 August 2025
އެސަރުކާރަށް ލިބުނީ 3 އަހަރު. އެ 3 އަހަރު ކުރެވުނު މަސައްކަތް މަދެއްނޫން. އަނެއް 2 އަހަރު ޖެހުނީ ދިވެހިރައްޔިތުން ބަނޑަށްނުޖެހޭނެ ގޮތެއްހޯދަން. އިގުތިސާދު ނަގައި ކޮޅަށްޖެހީމައި ހަވާލުވި ބަޔަކު ކައިކައިގެން މިކިޔަނީ ކުރީސަރުކާރޭ. ޕީޕީއޭ. އިންސާނީ ތަބިއްޔަތަކީ ކަމެއްކުރަން ނޭނގުނީމައި ބަހަނާ ދެއްކުން. މިހާރު މިފެންނަނީ އެމަންޒަރު.
ދިއްދާ
11 August 2025
ބާރު އޮތަތީ ތާރީޚު ބަދަލުކުރާނަމަ އިރުއިރުކޮޅާ ކީއްކުރަން ފާސްކުރާކުރުމެއްތޯ. މިހާރު ދެވަނަ ފަހަރު، ޤިޔާމަތަށް ދާންދެން ޖަހާލަބަލަ. ފިނިހަކަ ވެރިކަމެއް.
ޕިކްސް
11 August 2025
މިގޮތަށް ގާނޫނު ނުހެދިއްޔާ ރަނގަޅުވާނީ. ބޭނުންވާއިރަށް ފަސްކޮށްލާނީ އޭރުން ނުޖެހޭނެތާ އެކަން ކުރާކަށް.
ޢަލްޓިކޯ
11 August 2025
ރަގަނޅުވާނެ ރައްޔިތުންގެހާލަތުން ވިންދުޖަހާނީ މިޓާރމް ނިމި ވޯޓްލާން ވީމަ އޭގެ ކުރިޔަކުން ވިންދު ނުޖަހާނެ. ކޮސް އެމްޕީން ހޮވުނުފަހަރެއް ވަރަށް ވާނުވާ ސަރުކާރުންބުނީމަ އަމިއްލަމީހާ ގޮޑި ގެއްލޭ ގޮތަށް ފާސްކޮށް ސަރުކާރުން ބޭނުންވީމަ ރައްޔިތުންގެ އަސާސީ ޚިދުމަތަށް ހުރަސް އަޅަން އެތިބެނީ