އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
11 އޯގަސްޓް 2025 - 23:41
ބ. އަތޮޅު އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިރޭ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ވަޑައިގަތީ އޭދަފުއްޓަށެވެ.
އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ ނާޒިމް ސޮއި ކުރެއްވީ މިރޭ އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން އާބަން ސެންޓަރުތަކުގައި ހުންނަންވާ ފެންވަރަށް ސިއްހީ ހިދުމަތް އޭދަފުށިން ލިބޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އޭދަފުށި ހޮސްޕިޓަލުގައި މާދަމާ މެމޮގްރަފީގެ ހިދުމަތް ފެށި ކަމުގައި ވިޔަސް އަދި އެހެނިހެން އިތުރު ހިދުމަތްތައް ފެށި ނަމަވެސް މިހާރު ހުރި އިމާރާތުގައި އެ ވަރަށް ޖާގަ ނެތް ކަމަށެވެ. އެ ސަބަބާ ހެދި ވެސް އޭދަފުށީ ހޮސްޕިޓަލަށް އާ އިމާރާތެއް ވަރަށް މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދާއިންް
12 August 2025
ވަރަށް އުފާވެރި ހަބަރެއް މިއީ. އިންތިޒާރުތަކަށް ނިމުމެއް އަންނާނެ އަވަހަށް،
ޝިޔާހް
12 August 2025
ޒަމާންތަކެއް ވަންދެން މިއަތޮޅުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އަވަސް މުސްތަގްބަލެއްގައި އަންނާނެކަން ކަށަވަރު.
އަންސާމްް
12 August 2025
ޝުކުރިއްޔާ ރައީސް މުއިއްޒު. ބ އަތޮޅަށް ތާޒާކަމާއި އާރޯކަން އަންނާނެކަން ޔަގީން
މޮހަމެޑްރަޝީދު
12 August 2025
މުއިޒަކަށް ނުވާނެ އެއްކަމެއްވެސް. ދައުރު ނިމިގެން ދާނީ އެއްބަސްވުން ބާތިލްކުރުމާއި ވޯޓަށް ކަޑަޖަހަން އަލުން އަނެއްކާ އެހެންބަޔަކާ ހަވާލުކުރުން.
މޫސާ ޔައިޝް
12 August 2025
ފެނޭތަ އިދިކޮޅަށް؟ މިދިޔަ އެއްވެސް ސަރުކާރަކަށް ނުވި ކަންތައް އެއްމެ 1.5 އަހަރުން ކުރަން މިފަށަނީ މިސަރުކާރުން. މީ ތަފާތަކީ.
މުސްތަފާ ކަރީމް
12 August 2025
ތަރައްގީ ބާރަށް ކުރިޔަށް. މީ އަހަރުމެން ބޭނުންވާ ކަމަކީ.