15 އޯގަސްޓް 2025 - 07:25
މިދިޔަ އަހަރާ އަޅާބަލާއިރު، ދައުލަތުން ސަބްސިޑީ ދިނުމަށް ކުރާ ހަރަދު 650 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ކުޑަކޮށްފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ސަބްސިޑީ ދިނުމަށް 2.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 650 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ކުޑަކޮށް، 1.8 ބިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ އަށް ޖުމްލަ 1.86 ބިލިއަން ރުފިޔާ ލިޔުނީ ސަބްސިޑީ ދިނުމުގެ އުސޫލު ބަދަލުކުރުމުގެ ވިސްނުމުގަ އެވެ. ނަމަވެސް، މި ސަރުކާރުގެ ރިފޯމް އެޖެންޑާގެ ދަށުން އެ ފިޔަވަޅު އެޅުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށް މިދިޔަ މޭ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ޖުމްލަ ރިކަރަންޓު ހަރަދުތައް ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.
މިދިޔަ އަހަރު 26.8 ބިލިއަން ރުފިޔާގައި ހުރި ޖުމްލަ ރިކަރަންޓު ހަރަދުތައް މި އަހަރު އެހާތަނަށް ވަނީ 22.3 މިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ.
ޖުމްލަ ރިކަރަންޓު ހަރަދުތައް މަދުކުރިޔަސް، މުސާރަ އާއި ޕެންޝަން ދިނުމުގެ ހަރަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު މުސާރަ އާއި ޕެންޝަނަށް 7.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެ އަދަދު މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ 8.4 ބިލިއަނަށް އިތުރުވެފަ އެވެ.
ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރުމާ އެކު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، އަހަރުގެ މިހާތަނަށް ސާޕްލަސް ބަޖެޓު އަދިވެސް ދަނީ ދަމަހައްޓަމުންނެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 23.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 22.3 ބިލިއަން ރުފިޔާ އެވެ.
ހަރަދުގެ ތެރޭގައި ދައުލަތުން ދައްކަންޖެހޭ ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހޭދަ ވެސް ހިމެނެ އެވެ.
އެއާ އެކު، ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ 1.4 ބިލިއަން ރުފިޔާއިން އަަރަނިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރީފާއްތަ
15 August 2025
އިގްތިސާދީ މާހިރުން ނެތް ސަރުކާރުގެ ޕާފޯމަންސް 100.
ޙުސްބުޅި
15 August 2025
މިވޭތުވެދިޔަ 40 އަހަރުވެސް ސަރުކާރުތަކުގެ ޕާފޯމެސް ރަަގަޅު. ގޯހުން ގޯހަށް ދަނީ ރައްޔިތުންގެ ޕާފޯމެންސް.
ާަފަޓުލޫނީ
15 August 2025
ބިލު ނުދައްކަނީ ކަމަށް ވާނީ
ސއދ
15 August 2025
ތެލުގެ އަގު ދަށްވީމާ ކުޑަވީ ދޯ....އެކަމުންވެސް މެޑެއްޔެއް ޖަހާލެވޭތޯ މި ތެޅެނީ.
މިއައު
15 August 2025
ސަބްސިޑީއާ އާސަންދަ ރައީސްފުޅަށް ބޮޑުވެފަ ކުރާނެ ކަމެއް ކުރަންވީ ކަމެއްވެސް ނޭނގޭހާ ސިޔާސީ މީހުންނަށް ހަރަދު ކުރުން އޯކޭ؟
އަނބުސީ
15 August 2025
ޚަބަރުތަކުގެ ހެޑްލައިން ތަކަށް ބާލާއިރު ފެންނާނީ، ޚަރަދުކުޑަކުރެވިއްޖެވާހަކަ، އާމްދަނީ އިތުރުކުރެވިއްޖެ، ދައުލަތުގެ ރިސަރވް އިތުރުވެއްޖެ، އެކަމަކު ރައްޔިތު މީހާ އަށް ވާ ފައިދާ އެއް ނެތް. ކުދި ވިޔަފާރިތައް ބަނގުރޫޓުވެ ތަކެތީގެ އަގުބޮޑުވެ، ޑޮލަރުވީ އަގުވީ ބޮޑު. ބޭބެއަށް އަކަށް މިހިސާބެއް ހަމަ ނުވިސްނޭ.
ޙައްގުބަސް.
15 August 2025
ދިވެހިންނައްވުރެ ބޭރުމީހުން ހަޑޫކާ ގޮތް ގިނަ. ބަންލަދޭސްސައްވުރެ ރާއްޖޭގަ ހަޑޫ ފުއް ހަކުރު އަގުހެޔޮ.
ބުއްޅަބޭ
15 August 2025
ސަބުސިޑީއެކޭ އާސަންދައެކޭ ކިޔާފަ އެކިދިމަދިމާލުން ގައުުމު ލޫޓުވަނީ. އަތުގައި ހަތަރުއާނާ ނެތްމީހާ ފަތިސްވެ އަލިވިލޭއިރު ހުންނަނީ ނުކަތާ ވަރަށް މުއްސަދިވެފަ. ލާރި ހޯދަން ކުރި މަސައްކަތެއް ވާރުތަ މުދަލުން ލިބުނު އެއްޗެއް ފެންނާކަ ނުހުރޭ. މިކަން ބަލާނެ ބަޔަކު ނުތިބޭ. އެއީ ބަލަން ތިބޭމީހުންވެސް އެއްހާލަތެއްގައި ތިބީމަ. މިއީ އޭރުވެސް މިހާރުވެސް ކަންއޮތްގޮތް. ކީކޭބުނާނީ
ދާއިން
15 August 2025
މިފެންނަނީ ހަރުދާނާ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ގައުމަށް ވަމުންދާ ފައިދާއެވެ.
ކެކެކެކެކެކެކެކެކެ
15 August 2025
ކުޑަވާނެތާ! އެންމެ އަސާސީ ކަންކަން ތެރޭގައި ހިމެނޭ ބޭސް އާސަންދައިން ނުލިބި ގަންނަން ޖެހޭގޮތް ވީމަ!
ޢާސަންދަ676
15 August 2025
އަސްލު މިސަރުކާރުން ޢާސަންދަހޯދާދިވެހިންނަށް ހާއްސަކޮއް ކެންސަރުބަލީގެ މީހުންނަށް ވަރަށް ޖެއްސުންކުރެ... މިހާރު ކެންސަރައް އާސަންދަ ވަރަށް ނުދެ... ޢެކަމު މިތާ ބަލަންހުންނަ ޑޮކްޓަރުން ވަރަށް ކަޑަ