މިނިސްޓަރު ޝަހީމްގެ ދޮށީ ދަރިފުޅު މާހިލް
15 އޯގަސްޓް 2025 - 18:49
ރާއްޖެ އަށް ގިނަ އަދަދެއްގެ ވޭޕް ވަގަށް އެތެރެ ކުރަން އުޅުނު މައްސަލައެއްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ފިރިހެން ދަރިފުޅާއި އިތުރު މީހަކު ކަސްޓަމްސް އިން ރޭ ހިފަހައްޓައި، ޖޫރިމަކޮށްފި އެވެ.
އެ މީހުންގެ ތަފުސީލް ކަސްޓަމްސްގެ މީޑިއާ އިން ނުދިން ނަމަވެސް ރާއްޖެ އަށް ވޭޕް އެތެރެކުރަން އުޅުނު މައްސަލައެއްގައި ރޭ ދެ މީހަކު ހިފެހެއްޓިކަން ކަށަވަރު ކޮށްދިނެވެ. އަދި އެ މީހުން ޖޫރިމަނާ ކުރުމަށް ފަހު ރޭ ދޫކޮށްލި ނަމަވެސް ސްމަގްލިން އަށް ފެތޭތޯ ބަލައި، ދައުވާ ކުރާ ނަމަ އެކަމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ މެލޭޝިއާ އިން ރާއްޖެ އައި އެ ދެ މީހުންގެ ތެރެއިން އެއް ބޭފުޅަކީ ޝަހީމްގެ ދަރިފުޅު އަދި ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީގެ ވެސް މެމްބަރު އަބްދުﷲ މާހިލް ޝަހީމް އެވެ. އޭނާ އެތެރެކުރަން އުޅުނީ 118 ވޭޕް ސްޓިކް ކަމަށް ވެ އެވެ. ދެން ހުރި މީހާ އެތެރެކުރަން އުޅުނީ 107 ވޭޕް ސްޓިކް އެވެ.
އެ ދެ މީހުން ޖޫރިމަނަކުރި އަދަދެއް ކަސްޓަމްސްއަކުން ނުބުނެ އެވެ. އެ ޖޫރިމަނާއާ ގުޅޭ ޑޮކިއުމަންޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ނަމަވެސް ކަސްޓަމްސް އިން ބުނީ އެއީ ސައްހަ ލިޔުމެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މާހިލް ވޭޕް އެތެރެކުރަން އުޅުނީ "ގައިގައި ބަނދެގެން" އަދި ވަޒީފާ އަދާކުރައްވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކަމަށް ބުނެ ބައެއް މީޑީއާތަކުގައި ރިޕޯޓު ކޮށްފައިވާތީ ޝަހީމް އެކަން ދޮގުކުރެއްވި އެވެ. އެކަމަކު، ދަރިފުޅު ވޭޕް އެތެރެކުރަން އުޅުނު ކަމަށް ބުނާ ވާހަކަ ދޮގެއް ނުކުރައްވަ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާ އަދަދު 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެ އަށް ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ކުރުން މަނާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް މިހާރު ވަނީ ކަނޑައަޅާފަ އެވެ.
ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޭކު
19 August 2025
ކިޔަވައިގެން އަންނަ ކޮންމެ މީހަކީ ޝޭޙެއް ނޫން. ޝަހީމް އަކީ ވެސް ޝޭޙެއް ނޫން! އިސްލާމް ދީނަށް ހަޖޫޖެހުން ހުއްޓާލާ!!!!
ދޮން އަމާ
17 August 2025
ޓިޕިކަލް ނެޕޯ ބޭބީ ބިހެވިއަރް
ފަހި ސުއްޓާ
16 August 2025
މީނަ ފަޅާ އަރުވާލި ކަމަށް ލަފާ ކުރެވެނީ ކައްޓަމުގައި އުޅޭ އިދިކޮޅަށް ވަފާތެރި ދީނާއި ޤައުމަށްޓަކައި މަސައްކަތް ކުރާ އަބުތާލެއް ކަމަށް ބެލެވެނީ
ހަސަންދީ (ލ)
16 August 2025
ކޮންކަހަލަ ޒުވާނުންތަކެއް މި ސަރުކާރުން މިގެންގުޅެނީ؟ އެއްބަޔަކު ވޭޕް އެތެރެކުރަނީ، އަނެއްބަޔަކު އަންބަރާކޮށް މަޖާކޮށް ފެންލައިޓުން މީހުން ވެއްޓޭވަރަށް މަޖާކުރަނީ! ހާދަ ވިޔާނުދާ ޖެނެރޭޝަނެކޭދޯ!
ވަކިކުރޭ
16 August 2025
އެކުއްޖާ ވަޒީފާއިން ވަކިކުރޭ އެކަހަލަ ބޮޑު މަގާމެއްގައި ހުންނަ މީހަކު ގުންޑާއިން ކުރާކަހަލަ ކަންކަން ކުރާނަމަ އެއީ ގައުމަށް ލިބޭ ބޮޑު ގެއްލުމެއް
ސުދީރު
16 August 2025
މިއީ ފަލަ، ރަތް ރޮނގު ރައީސް ވަރަށް ބާރަށް ފަވާލި ރޭ، ސޯ އެއްވެސް މީހަކަށް އެމަނިކްފާނު ބެއްލެވުމެއް ނޯއްނާނެ. ޙައްގު އަދަބުލިބޭނެ.
ސަމްސިއްޔާ
16 August 2025
އެކަކު 72 މިލިއަނުން ޖޫރިމަނާ؟ ގަވާއިދުތައް ހަދާއިރުވެސް ވިސްނަންޖެހޭދޯ. ކޮންތާކުހްން 72 މިލިއަން ނެރެނީ؟؟
ބެއްަޔާގެ ދަރި
16 August 2025
އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ބަންކަރިންނަށް ވުރެ ގިނަ ފައިސާ މިކަމުން އެބަ ލިބޭ. 400 މިލިއަން ދައުލަތަށް.
ނެޕޯސް
16 August 2025
މިފަހަރު އެގޭނެ މުއިއްޒުގެ ހުރި ގަޓުކަން، ވަކި މީހަކަށް ނުބަލާ ފިޔަވަޅު އަޅާ ގާނޫނު ނަގަހައްޓާވަރު، ކިޔާއަޑު އިވޭ މިސޮރަކީ މެލޭޝިޔާ އެމްބަސީގަ ސިޔާސީ މަގާމެއްގަ ހުންނަ މީހެކޭ، އެހެންވިއްޔާ ވަގުތުން ވަގުތަށް މަގާމުން ވަކިކުރަންޖެހޭ، ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ވޭޕް ނައްތާލަން ކުރާ މަސައްކަތުގައި ހުރި ސާބިތުކަމެއް އެގިގެންދާނެ މިފަހަރު،
ބަރު ބާދު
16 August 2025
ޝަހީމު ވެސް އިސްތިއުފާ ދިނުން ރަނަގަޅީ