މާލެ މަގެއް ފުލުހުން ބަންދު ކޮށްފައި.--
17 އޯގަސްޓް 2025 - 15:56
މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް، މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، އެވެ.
އަފްރާހުގެ ތަހުގީގުގެ ބޭނުމަށް އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ މެންދުރު 1:26 ގައި އަމުރު ކުރުމާ އެކު، ބަހައްޓަފައި ހުރީ އަތޮޅުވެހީގަ އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަތޮޅުވެހީގައި އަފްރާހު ބަންދުކޮށްފައި ހުރި ގޮޅި ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ ރޭ ފަތިހު 5:50 ހާއިރު ކަމަށެވެ.
އޭރު ވެސް އޭނާގެ ހަރަކާތް ހުއްޓިފައިވާކަން ފާހަގަ ކުރެވުމުން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އަފްރާހުގެ ބަންދުގެ އަމުރުގައި ބުނެފައި ވަނީ އޭނާ ބަންދު ކުރީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ އަވަހަށް ފަރުވާ ދޭން ޖެހޭ މީހަކަށް ވާތީ ކަމަށެވެ.
ކުށުގެ ރެކޯޑު ވެސް އޮންނަ އަފްރާހު ހައްޔަރުކުރި ދުވަހު ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި ކަމަށާއި އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރި ކަމަށް އެ އިން ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އަފްރާހުގެ މަރުގެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަނަށާއި އެންއައިސީއާ ވަނީ ހިއްސާކޮށްފަ އެވެ. އަދި ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެޔޮވެދާނެ
18 August 2025
ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އޯ... ހަހަ
ފެންޑީ
18 August 2025
ތިތަނުން ގެއްލުވާލި ޑޮލަރުކޮޅު ފެނިއްޖެބާ؟
އޮނަރަބްލް އަފީފު ދީދީ
17 August 2025
މަތީގައިދެންނެވި މައްސަލަތަކުގެ ހައްލު ހޯދުމަށާއި، ފުލުހުންގެ މައްޗަށް އޮތް "ސިޔާސީ ނުފޫޒު ހުއްޓުވުމަށް" ފުލުހުންގެ މުއައްސަސާ ރީސްޓްރަކްޗަރ ކުރަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ހަދާ ކޮންމެ ރީޖަނެއްގައި ކޮމިޝަނަރެއް ބަހައްޓަވާ މުއައްސަސާގެ އެންމެ އިސް ވެރިޔަކީ Dictator General of Police ކަމަށް ކަޑައަޅާ ތިތަން ތަންކޮޅެއް ޒަމާނީ ކުރަން ވެއްޖެ ނޫންތޯ.
އިހްސާސް
18 August 2025
ވެރިކަމަށް ދަހިވެތިވެގެން މިއުޅޭ ބޭޅާމެންނަކަށް ތިޔަކަން ކުރާކަށް ނުކެރެޔޭ... ވީމާ އަފީފުބޭ ދެންއަންނަ ރިޔާސީ އިންތިޙާބެއްގަ ވާދަކުރަން ވީނުންތޯ...
ކޮމިޝަނަރު
17 August 2025
އަވަހަށް ކޮމިޝަނެއް ހަދާ މަރު ތަހުގީގުކުރޭ.
އޮނަރަބްލް އަފީފު ދީދީ
17 August 2025
ދިވެހި ފުލުހުންގެ މުއައްސަސާ އޮތީ ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި. ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހަށް ބަލާއިރު ވަޒީފާގައި ތިބި ފުލުހުން ވަނީ ވައްކަމާއި ޙިޔާނާތުގެ އިތުރުން ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ޑްރަޤް ވިޔަފާރިކޮށް އޭގެ ބޭނުން ކުރުމުގެ އިތުރުން ގޭންގް ތަކާއި ގުޅިގެން މީހުންނަށް ޖިސްމާނީ އަނިޔާ ކުރުމާއި ސެކްސް ރިންގް ތަކުގައި ބައިވެރިވުން ފަދަ އެތައް ޖަރީމާ ތަކުގައި އަމަލީ ގޮތުން ބައިވެރި ވެފައި.
ޓްރެއިޓަރ އަފީފު ދދ
17 August 2025
އަފީފު ބެއްޔާ މިފަހަރު ތެދެއް ހައްދަވައިފި
ބޮކިއަލިފުޅު
17 August 2025
ދިވެހިރާއްޖޭގައި ފުރަތަމަ އުފެދުނު ރައްޔިތުންގެ ވެރިކަން ވައްޓާލަން އޭގެކުރިން، ޒަމާނުއްސުރެން ރަސްކަމެއްފަދަ ވެރިކަމުގައިއުޅުނު މީހުނާއި ގައުމު ލޫޓުވަމުން ދިޔަމީހުނާއި އެކުވެ ފުލުހުންނާއި ސަިފައިން ގަނެ ފަސާދަ ކުރިފަހުން އެމީހުންގެ ތެރޭ ބަލިމަޑުކަމެއް ފެތުރި ފަނިވެރިވެފަ އެތިބެނީ. މިކަން ރަގަޅުކުރެވޭނެ އުރައްޕެއް ހުރި ވެރިއަކު މަތިނުވެ ރަގަޅެއްނުވާނެ.
އޮނަރަބްލް އަފީފު ދީދީ
17 August 2025
މަތީގައިދެންނެވި މައްސަލަތަކުގެ ހައްލު ހޯދުމަށާއި، ފުލުހުންގެ މައްޗަށް އޮތް "ސިޔާސީ ނުފޫޒު ހުއްޓުވުމަށް" ފުލުހުންގެ މުއައްސަސާ ރީސްޓްރަކްޗަރ ކުރަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ހަދާ ކޮންމެ ރީޖަނެއްގައި ކޮމިޝަނަރެއް ބަހައްޓަވާ މުއައްސަސާގެ އެންމެ އިސް ވެރިޔަކީ Dictator General of Police ކަމަށް ކަޑައަޅާ ތިތަން ތަންކޮޅެއް ޒަމާނީ ކުރަން ވެއްޖެ ނޫންތޯ.
ދޮންދޫނި2.0
17 August 2025
ނަވީން ފުވައްމުލަކުގައި މަޖާކުރުމުގައި. ފަރުހާދު މަގާމުގައި ހުރެވޭތޯ ބޮޑުންނަށް ފޯނު ކުރުމުގއި، ކަސްޓޯޑިއަލް ހެޑް ޕްރޯޝަން ލިބޭތޯ އައުވާނުން އެއޮކޮށްގެން ދުވާލު ދާ ހަތަރުދަމު ޕޮލާޓޭގައި ކޮފީގައި. ކިހިނެއްތޯ ފުލުސް އޮފީސް ހިންގަނީ….
ޗަކް
17 August 2025
މަސްތުވާތަކެތި ނުލިބި ސިކްވެގެން މަރުވުމާ ވައްތަރީ. އެޑިކްޓްވެފައިތިބޭ މީހުން ކޮޓަރިކޮޓަރިއަށްލައި ބަންދުކުރުމަކީ ނުރައްކަލެއް. ފަރުވާ ދޭތާކަށް އެމީހުން ގެންދަން ޖެހޭނީ.
ޅައިޒް
18 August 2025
އޭ ބުނަން. ކައެމެން ނަކަށް ރައްޔިޔުން އިތުބާރެއް ނުކުރޭ.