ފުލުހުންގެ މައި އިދާރާ: ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
18 އޯގަސްޓް 2025 - 13:05
މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި ދިވެހި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.
ބަންދުގައި ހުއްޓާ މަރުވީ ގ. ޒާމިއާ، އަހުމަދު އަފްރާހު އެވެ.
އުމުރުން 48 އަހަރުގެ އަފްރާހުގެ ތަހުގީގު ބޭނުމަށް އޭނާ 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ހޮނިހިރު ދުވަހު ނެރުނު އަމުރާ ގުޅިގެން އޭނާ ބަހައްޓާފައި ހުރީ އަތޮޅުވެހީގަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަފްރާހު ބަންދުކޮށްފައި ހުރި ގޮޅި ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ އިއްޔެ ހެނދުނު 5:50 ހާއިރު އެވެ. ހަރަކާތް ހުއްޓިފައި އޮތްކަން ފާހަގަވެގެން، އައިޖީއެމްއެޗަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެެވެ.
އެ މައްސަލާގައި ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަ ށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު ޕޯސްޓްމޯޓަކަށް ފޮނުވޭނެ ވަކި ތާރީހެއް އަދި ނޭނގޭ ކަމަށް ބުންޏެވެ.
އަފްރާހް ބަންދުކުރީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ އަވަހަށް ފަރުވާ ދޭން ޖެހޭ މީހަކަށް ވާތީ އެވެ. ކުށުގެ ރެކޯޑު ވެސް އޮންނަ އަފްރާހު ހައްޔަރުކުރި ދުވަހު ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި ކަމަށާއި އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރި ކަމަށް އެ އިން ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އަފްރާހުގެ މަރުގެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަނަށާއި އެންއައިސީއާ ވަނީ ހިއްސާކޮށްފަ އެވެ. އަދި ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފދފދފ
18 August 2025
ޕޯސްޓްމޯޓަމްއަކީ ވިޔަފާރިއެއް.... ހުއްޓުވަން ޖެހޭ
ހަބޯގެރި
18 August 2025
ތި ޕޯސްޓްމޯޓަމް ގަބޫލު ކުރޭތަ ދިވެހިން؟
މަރުވީ ފުރާނަ ގޮސްގެން-ޕޯސްޓްމޯޓަމް ޖޯކް
18 August 2025
މިހާތަނަށް ހެދި އެއްވެސް ޕޯސްޓްމޯޓަމް އަކާ ގުޅިގެން ތަޙުޤީޤެއް ފުރިހަމަވެ ކުއްވެރިޔާ ހޯދިފައިވޭތަ؟ ތިވެސް ބޮޑު ޖޯކަކަށްވެއްޖެ. ޕޯސްޓް މޯޓަމް ހަދާފަ ލިބޭ ނަތީޖާއަށް ބިނާކޮށް އިތުރު އެއްވެސް ކަމެއް ނުވަންޏާ ތީ ހަމަ ކުރީމޭ ބުނަން ކުރާ ކަމެއް.
ހަބޯގެރި
18 August 2025
ޕޯސްޓްމޯޓަމް ހެދީމަ ވަރަށް ގިނަ ބަޔަކަށް މަންފާ ލިބޭކަމަށް ވޭ
ބޯބުރި
18 August 2025
މިހާރު މިކަންވެސް އާންމު ކަމަކައް ހެދީ......މަރުވީމަ އަނިޔާ ނުކޮށް ވަޅުލާ.
ދެބޯގެރި1
18 August 2025
ޕޯސްޓްމޯޓަމް ނުހަދާ ވަޅުލައިފިނަމަ އާއިލާއިން ނުވަތަ އެހެން ބަޔަކު ފަހުން ދުވަންފަށާނެ ޕޮލިހުން އޭނަ ގަސްތުގައި މަރާލިއޭ ކިޔައިގެން، ދެން ޕޯސްޓް މޯޓަމް ނުހެދީތީ ފުލުހުން ތިބޭނީ ކުށްވެރިވެފަ، އިންޓަގްރިޓީ ކަމިޝަނުން އެބައެއްގެ މައްޗަށް ދައުވާކުރުމަށް ޕިޖީއަށް ފޮނުވާނެ،