ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރަމުންދާ ފްލެޓް. މި މަސައްކަތް ނުނިމި އެތައް އަހަރެއް ވަނީ ވެފައި. - ފޮޓޯ: ނިޝާން އަލީ/މިހާރު
24 މާޗް 2017 - 15:09
ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށީގައި ޓާޓާ ހައުސިން ހައުސިން އިން އިމާރާތްކުރި ފްލެޓް ލިބުނު މީހުންގެ ތެރެއިން ފައިސާ ނުދެއްކުނު މީހުންނާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ޓާޓާ ހައުސިން އިން އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު މީހުގެ ތެރެއިން ފައިސާ ނުދެއްކުނު މީހުން، ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރަން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މުއްދަތު ހަމަވިއިރު ފައިސާ ނުދެއްކި ހުރި މީހުންނާ މެދު އަމަލުކުރަންވީ ގޮތެއް ނުނިންމާ ކަމަށާއި އެކަމާ ގޮތެއް ނިންމުމަށް ހައުސިން މިނިސްޓްރީއާ ގުޅިގެން ބަލަމުން އަންނަ ކަަމަށެވެ.
"އެކަމުގައި އަމަލުކުރަންވީ ގޮތެއް ބަލަމުން އަންނަނީ. އަދި މިހާތަނަށް އެއްވެސް ގޮތެއް ނިންމާފައެެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ޓާޓާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު 268 މީހުންގެ ތެރެއިން ފައިސާ ދައްކަން ދިން މުއްދަތު މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހަށް ހަމަވިއިރު 47 މީހަކަށް ފައިސާ ދައްކައިދޭން އިސްލާމިކް ބޭންކު (އެމްއައިބީ) އިން ވަނީ ނިންމައިފަ އެވެ. އެ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން އެ ބޭންކުން ފައިނޭންސް ހޯދުމަށް 100 މީހަކު ހުށަހެޅި އެވެ. އޭގެ ތެރެއިން 47 މީހަކަށް ފައިސާ ދޭން ނިންމައި 53 މީހެއްގެ ފޯމް އެ ބޭންކުން ވަނީ ބާތިލު ކޮށްފަ އެވެ.
އެޗްޑީސީން ކުރިން ބުނި ގޮތުގައި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ހަދާ އެއްބަސްވުމަކަށް ފަހު އެވެ.
އެ ދެ އިމާރާތުން ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ.
ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
25 March 2017
ދޫނިރާއްޖެ ތިބުނީ ރަގަޅައް މީ މުއްސަދިންގެ ސަރުކާރު މިމީހުން އަތުން އެއްޗެއްދޭނީ އޭގެ ހަގުނަ ލިބެ ގޮތައް ޓާޓާ ފްލެޓަކަސް/ޝޯޝަލް ފްލެޓަކަސް ނުވިތާކަށް ހަޑޫ ހަކުރު ފުށާއި ކަރަންޓާ ފެންވެސް ދޭނީ 10 ގުނަ ފައިދާ ލިބޭގޮތަށް، އެނޫންގޮތަކަށް އެއޯމެންނާ އެއޯމެންގެ ބައިވެރިން ފިޔަވަޅެއްވެސް ނާޅާނެ/ ގުބޯ ބައިގަޑު ރުފިޔާ އަކަށް ވޯޓު އަޅަން ތައްޔާރަށް ތިބޭ
މޮޔަ
25 March 2017
ޓާޓާ ފްލެޓް ފޯމް ހުށައެޅި މީހުން،، އެކަނިތަ ތިބީ، ކޮބާ ހުޅުމާލެ ފޮލެޓް ފޯމް ހުށައެޅި މީހުން، މި ފެބްރުއަރީ ގަ ވަދެވޭނެ ވާހަކަ ބުނި އަނެއްކާ 2018 ގަތަ، މަށަށް އޮޅިއްޖެ
ދޫނި ރާއްޖެ
24 March 2017
ތިތަންވެސް ލިބޭނީ މުއްސަދި އަދި ތަނަވަސް މީހުންނަށް. ދެރަ ނިކަމެތި މީހަކަށް ނުލިބޭނެ.
މާކުންބޭ
25 March 2017
އެބަޔަކު ހަރު ކޮންނަން ޖެޖޭނީ އެބަޔެއްގެ ފެންވަރުން! އިންޑޮނޭސިޔާގެ ރައްފުށު ހިސާބުގެ މީހުންވެސް ބޭނުންވޭ ޖަކާޓާއިން ފުލެޓާ އަދި ޖަކާޓާގެ ޔުނިވަރ ސްޓީއަށްދާން! އެކަމަކު ފެންވަރު ނެތީމާ ނުދެވެނީ! މާލޭގައި އުޅެވޭނެ ފެންވަރު ނެތިއްޔާ ރާއްޖޭގެ ކޮންމެވެސް ރަށަކަށް ހިޖުރަ ކުރީމާ ނިމުނީ ޚަރަދު ކުޑަ ކޮއް އުޅެވޭނެ! އެބައެއްގެ ފެންވަރުގައި ސިއްޚީ ހިދުމަތްވެސް ތަޢުލީމުވެސް ލިބޭނެ!
ހުސޭ
24 March 2017
ތި ފްލެޓްތަކުގެ ދަހިވެތިކަމުގައި ބަޔަކު އެބަތިބި! އެތަނުން ފްލެޓް ދޭމީހުން ބަލަން ތިބޭތި!
މޮޔަ
25 March 2017
ފައިސާ ހުރި މީހުންނަަށް ދޯ ލިބޭނީ