ރަށެއްގައި މީގެ ކުރިން ބަހައްޓާފައި ހުރި ޑޮލަރު އޭޓީއެމަކުން މީހަކު ޑޮލަރު ނަގަނީ.--
20 އޯގަސްޓް 2025 - 12:17
ލޯކަލް ޓޫރިޒަމްގައި އއ. އަތޮޅުން އެންމެ ކުރިއަރާފައިވާ ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއްގެ ބިންގާ އަޅައި ޑޮލަރު އޭޓީއެމްއެމްގެ ހިދުމަތް ފަށައިފި އެވެ.
ޓޫރިސްޓުންގެ ޗުއްޓީ މަންޒިލަކަށް ވެފައި އޮތް ތޮއްޑޫގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވީ، އއ. އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ހިދުމަތް ފެށުމާ އެކު ތޮއްޑޫގައި ބީއެމްއެލްގެ ހިދުމަތް ފުޅާކުރަން އާ އިމާރާތެއްގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ.
މި ރަސްމިއްޔާތުގައި، ރައީސާ އެކު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ތޮއްޑޫ ކައުންސިލް ރައީސް އަހުމަދު ކަރަމް އާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގަތެވެ.
ބީއެމްއެލުން ބުނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމް ހުޅުވަން ނިންމީ އެ ރަށަކީ ޓޫރިޒަމް ކުރިއަރާފައިވާ ރަށަކަށް ވުމާއި އެ ރަށުގެ ގިނަ ވިޔަފާރިތަކަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވާތީ ކަމަށެވެ. ޑޮލަރު އޭޓީއެމްގެ ސަބަބުން އެ ރަށުގައި ޓޫރިޒަމްގައި ހަރަކާތްރެރިވާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލް އިން "މުޅި ރާއްޖެ އަށް ބިއެމްއެލް އޭޓީއެމް" ގެ ދަށުން މިހާރު ވަނީ އއ. އަތޮޅުގެ ގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކޮށްފަ އެވެ.
އއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމުން މީހުން ދިރިއުޅޭ އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުނީ އެވެ.
ޝަރީފް ވިދާޅުވެފައި ވަނީ އެ ބޭންކުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފަސޭހައިން ބީއެމްއެލްގެ ހިދުމަތް ލިބޭނެހެން ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ އަޒުމުގައި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބީއެމްއެލް އިން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސާވިސް ބޭންކިން ސެންޓަރު، 200 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުންމު
20 August 2025
ރަށްފުށުގައި މި ބަހައްޓަނީ ތަންކޮޅެއް މާތް އޭ.ޓީ.އެމް. ވީމަތޯ ރައީސް ހުޅުވައިދެއްވަނީ؟
ކަންޒުއް
20 August 2025
ޝުކުރިއްޔާ ރ.ސޯލިހް، އަދި ރ.ނަޝީދު. ރައްޔިތުންގެ ޖީބަށް ޑޮލަރު ވަނުމުގެ ވިސްނުން އިސްކުރައްވައި ފެށި މަސަކަތުގެ ކުލަޖެހެމުން މި ދަނީ.
އިދްރީސް
20 August 2025
ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެމައްސަލަ ތައް ހައްލު ކޮށްދިނުމަކީ ކޮންމެހެން ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއްކަމުގައި ދެކެން