އަލީ އަޝްފާގް (ދަގަނޑޭ)، އަލީ ސުޒޭން، އަލީ ފާސިރު (ސެންޓޭ): ނިއު އަށް ސޮއި ކުރީ ތިން އަހަރަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 އޯގަސްޓް 2025 - 23:30
އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން، ރަސްމީކޮށް ނިއު ރޭޑިއަންޓާ މިރޭ ގުޅިއްޖެ އެވެ.
ދަގަނޑޭ އާއި ސެންޓޭ އަދި ސުޒޭންއާ އެކު ވެސް ނިއު އިން ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމުމުން، އެ ޖާގަ ލިބޭނީ ނިއު އަށެވެ. އެކަމަކު އެކަން ކަށަވަރު ވާނީ އެފްއޭއެމްގެ އެކްސްކޯއިން ފާސް ކުރުމުންނެވެ. މާލީ ގޮތުން އަޑިގަނޑަށް ވެއްޓިފައިވާ ކަމަށް ބުނެ ސަސް އިން ލީގު ވަކިވިޔަސް ބެލެވިފައިވާ ގޮތުގައި އެ ކްލަބުން އެގޮތަށް ނިންމީ ނިއުގެ މިހާރުގެ މެނޭޖްމެންޓާ އެކު ހެދި ޑީލެއްގެ ދަށުންނެވެ.
ސަސްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ނިޒާމް (ޕީކޭ) އާއި އަހްނަފް ރަޝީދު (އަހުއްކޮ) ވެސް ވަނީ މިރޭ ނިއު އަށް ސޮއިކޮށްފަ އެވެ.
ދެން އެ ޓީމަށް ސޮއި ކުރީ މާޒިޔާގެ ކެޕްޓަންކަން މިދިޔަ ދެ ސީޒަނުގައި ކުރި މުހައްމަދު އިރުފާން (އިރޭ) އެވެ. އަދި އެ ޓީމަށް މިދިޔަ ދެ އަހަރު ކުޅުނު ހަސަން ރާއިފް އަހްމަދު (ހަންނަ) ވެސް ނިއުއިން ސޮއި ކުރުވި އެވެ.
ނިޒާމް، އަހުއްކޮ، އިރޭ އަދި ހަންނައާ އެކު ނިއުއިން ހެދީ އެއް އަހަރުގެ އެއްބަސްވުމެކެވެ.
ދިމްޔާތު ސްޓޭގެ ކޮންފަރެންސް ރޫމުގައި ބޭއްވި ހަފުލާގައި މިރޭ ވަނީ އެއްބަސްވުންތަކުގައި ސޮއި ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މައިކާލޯ
27 August 2025
ދަނގަޑޭ ދެން ހުއްޓާލަބަލަ މިހާރު ކުޅެވިއްޖެއެއްނުން. ފުޅުބޯޅައިގެ އުމުރުން ބަލާނަމަ ތިހިރީ މުސްކުޅިވެފައި މިހާރު ދުއްވައިގަތީމަ ތަންތަނުން އަޑުކިޔާނީ ހުޅުތައް މުޒާހާރާކުރާނީ. ފުރަތަމަ މެޗުގެ 10 ވަރަކަށް މިނެޓްކުޅެފައި ރިޓަޔާމަންޓް ރަސްމީކޮށް އިއުލާކޮށް ރީތިކޮށް ތިކަން ނިންމާލާ! ދަނގަޑޭގެ ފެންވަރުން ދަނގަޑޭ ރާއްޖެއަށް ފުޓްބޯޅައިގައި ކޮންމެވެސް ވަރެއްގެ އުންމީދެއް އާކޮށްދީފި އެކަން އަހަރުމެން ގަބޫލްކުރަން. ތީ މިރާއްޖެ ދުށް އެންމެ މޮޅު އެކަކު.
ވާންޗޯއެއް
27 August 2025
ކަލޯގެޔާ
މުއްސަނދިން މިކަމާ އުޅެންވެއްޖެ
27 August 2025
ކަންމަތީ، ކޮފީ ބަޖެޓް ހަމަޖައްސާނުލެވޭ ގްރޫޕްތަށް މިކަމާ އުޅޭހާދުވަހަކު މިދިވެހި ފުޓްބޯޅަކުރި ނާރާނެ. ވިޔަފާރި ކޮންސެޕްޓަށް ނުގެންގޮސް މިކަމެއް ނުވާނެ. ރަނގަޅު އެކަޑަމީތަކެއް ޑިވެލޮޕްކޮށް އަމިއްލަ ޕްލެޔަރސް އުފައްދަންވެއްޖެ ކްލަބްތަކުން
ވެޓެރަންސް
27 August 2025
މިމީހުން އުމުރު ދުވަހު ބޮޑުބޯލަކުޅެން އަރުވާފަ، ޒުވާނުން ލައްވާ ފުޓްސަލް ކުޅުވާފަ، ދެންތިބި ބާކީ ކުދިންލައްވާ ހޭންޑްބޯލް ކުޅުވީމަ ރާއްޖެ ފުޓްބޯލަ އޮންނާނީ ކުރިއަރާފަ!!
ކ.މާލޭ އެސޯސިއޭޝަން.
27 August 2025
އެއްގޮތަނުން ނުވިއްޔާ އަނެއް ގޮތަކުންވެސް ކ.މާލޭ މީހުންނަށް ދައުލަތުގެ ފައިސާ ދޭނެ ގޮތެއް މާލޭ ސަރުކާރުން އެބަހޯދާ.
ލަސް
27 August 2025
ރައްޔިތުންގެ ފައިސާގަ ކްލަބު ހިންނާގަށް ލަދުނުގަނޭތޯ؟
ކައުންސެލަރު....
27 August 2025
ކޮބާ ކިހާވަރެއްވި؟ ބައްސާމު ނިއު ހަލާކުކޮށްލަން އުޅުނު އުޅުނުހެން އަމިއްލައަށް ބޮނޑިބޮއެގެން ސަލާމަތް ނުވެވިގެން އެއުޅެނީ... ނިއު ހަކުޅި ކުރިއަށް ކުޅެގެން ސަސް އެދެމެދަށްވައްދައިގެން ނިއު ދެމިގަތީ. ދެންވެސް ނިއުއާކުޅެން ނުހަދައްޗެ ހަނދާންކޮށް. އެއީ ރާއްޖޭގެ އެންމެ ސަޕޯރޓަރުން ގިނަޓީމު. އެއެއް ބަދަލެއްނުވާނެ ބައްސާމަކަސް. އެކަންވާނެ ހަނދާންކުރަން
ތަރަތަރަ ރާޖާ
27 August 2025
ވަރަށްބޮޑު ގޯހެއް. ރައީސުލް ޖުމްހޫރިއްޔާގެ ޓީމެއްގެ ގޮތުގައި ނިއު ދައްކާ، ދެންތިބި ޓީމްތަކުގައި ތިބި ރަގަޅު ކުޅުންތެރިން ގެންގޮސް އެޓީމްތައް ހަލާކުކުރުން އެއީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް އަދި ރައީސުލް ޖުމްހޫރިއްޔާއަށް ކުރާ ތާއިދު ޖުލުލަކޮށް ގެއްލި އެމަނިކުފާނާމެދު ދެންތިބި ޓީމްތަކުން ނަފުރަތު ކުރާނެ ކަމެއް..
އޮނަރަބްލް އަފީފު ދީދީ
27 August 2025
ކ.މާލޭގެ ޤަބީލާތަކުން ފުރަތަމަ ޤާނޫނުއަސާސީ ވިދާލިގޮތަށް 21 ވަނަ ޤަރުނުގައިވެސް ފެންނަމުންމިދަނީ ޤަވާއިދު އޮޅާލާފައި ޖެހިތަނަކަށް ޖަހާފައި ކ.މާލޭގެ ޤަބީލާތަކަށް ފަހިވާގޮތަށް ނަމުގެތެރެއަށް "ޤައުމީ" ލައިގެން އުފައްދާފައިވާ ފުޓްބޯޅަ އެސޯސިއޭޝަނުން ކަންކަން ކުރަމުންދާތަން. ހިތުން މޮޅުކަމެއްކަމަށް ހީކޮށް އަނެއްކާވެސް ތަނުގެއިތުބާރު ގެއްލޭގޮތަށް 2 ވަނަ ޑިވިޝަންގައިއޮތް ޓީމެއް ތިގޮތަށް ޕްރިމިއަރ ލީގަށް ގެނައުމަކީ ކުރެވޭ މޮޅުކަމެއްނޫންކަން ފަހުންއިގޭނެ.
ޖައުފީ
27 August 2025
މިވަގުތު ތި އުފައްދަނީކީ "ނިޔުރޭޑީއެންޓެއް" ނޫން "އޯލްޑްރޭޑިއެންޓް". ނިޔުގެ ބަޖެޓް ތި ހުސްކޮށްލި ކުޅުންތެރިން އެކޭ ރުކަކުން ވެއްޓިފަ އޮތް ފީކާއްޓަކަށް ބަޖެޓް ހުސްކޮށްލުމޭ އެއްތާކު ޖެހޭނީ. 80/90 ގަ ނިޔުގެ ކާމިޔާބީ އަދި ކުރިއެރުމުގެ އެންމެ ބޮޑު ސަބަބަކީ އޭރުގެ މެނޭޖްމެންޓް އިސްކުރެއްވި ދުރު ވިސްނުން ނިޔު ޓެލެންޓްއަށް އިސްކަންދިނުން. އަނދަރޭ، ޗިކާ، މޫސަ ޝާހުމެން އެންމެ ފޯމިޑަބްލް އަހަރުތަކުގަ ހުރީ ނިޔުގަ.