ސްކޭމްގެ މައްސަލާގައި އައްޑޫން ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
27 އޯގަސްޓް 2025 - 11:35
ސްކޭމްކޮށްގެން އެކި މީހުންގެ އަތުން މިލިއަނެއްހާ ރުފިޔާ ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އައްޑޫ ފޭދޫ، ޑޭލައިޓްވިލާ، ޝިހާން ޝިޔާމް، 29، އެވެ.
ފުލުހުން މިއަދު ބުނީ މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެންޓި-ސްކޭމް ސެންޓަރާއި އައްޑޫ ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ހިތަދޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއީ، އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައިވާކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.
އޭނާ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން ފައިސާ ފޭރުން ފަދަ އިތުރު 12 މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ 12 މައްސަލައިގައި، މަކަރާއި ހީލަތުން ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓުގައި ދައުރުކޮށްފައިވާ ކަމާއި އެ 12 މައްސަލައިގެ ޖުމްލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަގު ބަކަށި
30 August 2025
މިއަދު އަފީފު ދީދީ ކޮބައިތޯ? އިއްޒަތްތެރި އައްޑޫ މީހުންގެ ހާލަތު އެނގިލައްވާތޯ? އައްޑޫ ބޭފުޅުންނަކީ މިރޮނގުގައިވެސް ހަމަ އެއްވަނަ ދެއްތޯ!
ޖަލީލާބޭ
28 August 2025
އޭނާ އަށް މަޖިލީސް ނައިބު ރައީސް ކަން ދެއްވާ! ނޫނީ އިގްތިސާދީ ވަޒީރުކަން ނޫނީ ރައީސް އޮފީހުގެ އެންމެ އަރިސް މީހެއްކަން ދެއްވާ! ނޫނީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްކަން! އޭރުން މީނަ ޓެލެންޓް އެންމެ މޮޅަށް ބޭނުންކުރެވޭނީ.
ޥަންޗޫ
27 August 2025
މަގޭ ހިތައްއަރަނި ހާދަ މޮޅުސޮރެކޭމި. ރަނގަޅު ވިޔަފާިއެއް މިސޮރަށް ފަށައިދީފިއްޔާ ހާދަ ކުރިއަށްދާނެ ސޮރެކޭމި. މިހަމަ ރާއްޖޭގެ އަންބާނީއަށް ވާނެ ގޮލައެއް.
ވަގެއް
28 August 2025
ވަގެއްވިއްޔާ ކަލޭމެން ނިކަން ގަޔާވާނެ އަދި ތައުރީފްވެސް ކުރާނެ. ހަމަޔަގީނުންވެސް އޭނާގެ ތިޔަބުނާ ވައްކަންކުރުމުގެ މޮޅުކަން އޭނާ ދެކޭނެ ދުވަހެއް އަންނާނެ.
މުލޭ
27 August 2025
މާދަމާ ދޫކޮށްލާނެ ސާބިތުނުވާތީ. ސާބިތު ވެއްޖެއްޔާ ވޯޓަކަށް ދޫކޮށްލާނެ. ވޯޓަށް ދޫކޮށްނުލައިފިއްޔާ ދެންއަންނަ ވެރިކަމެއްގައި ހެޔޮފުޅު ހެދެން ދޫކޮށްލާނެ. ކުށްކުރާ މީހުންނަށް ޔަގީންކަން އޮވޭ ޖަލަށް ލިޔަސް ވަރަށް އަވަހަށް އެމީހުން މިނިިވަން ވާނެކަން. ޢުމުރަށް ޖަލަށް ލިޔަސް ޖަލުގައި ހުންނާނީ ގިނަވެގެން ފަސް އަހަރުކަން އެމީހުންނަށް އެނގޭ. ދެން ކުށްކުރުމުގައި ޢުމުރު ވެސް ހުސްކުރަންވީނުންދޯ.
މާލެ ސާހިބުން
27 August 2025
ކޮބާ އަފީފު މިޔަދު؟
އައްޑޫގޫބައްޑާ
27 August 2025
އައްޑޫ މީހުން ހުރިހާކަމެއްގައިވެސް ހާދަ ކުރިއެރުމެކޭ މިހޯދަނީ. ޕާޓޭން، ގޭންގުތައް، ބޮޑެތިވަގުން، ކުދިވަގުން، މިހެންގޮސް ކިޔާނެކަމެއްނެތް ހުރިހާ ވައްތަރެއް. ޖަލުގައިވެސް މިމީހުން އެހާގިނަ. މީކިހިނެތް ބޮޑުކުރާ ކުދިންބާ!
އަހުމަދު އިދުހާމް
27 August 2025
ބުރަ މަސައްކަތާ އެކު އުމުރަށް ޖަލައްލާ.
އެއްކަލަ މީހާ ދޯ
27 August 2025
ގައިމު މިފަދަ އަދަދަކަށް މަކަރުން ފައިސާ ފޭރުނުއިރު ގައިމު ކޮންމެވެސް ބަޔަކު މި މައްސަލަ ފުލުހަށް އަދި ބޭންކަށްވެސް އަންގާނެތާ؟! މިލިއަނަކުން މަތްޗަށް އަރަންދެން ހަމަ ދެ އަތް އުރާލައިގެން ތިބީތޯ؟
ދަގޭެ
27 August 2025
ސިޔާސީ މަގާމެއް ހައްގު ވެއްޖެ
ހޫނުތަންނުން
27 August 2025
މިލިޔަނެއްހާ ރުފިޔާ ހުރިއްޔާ ތިކަން ހުދުކާފޫރަށް ހަދާލެވިދާނެ.