ކުއްޖަކު ފޯނެއް ހިފައިގެން: ދެކުނު ކޮރެއާގައި މިއަދު ވަނީ ކްލާސްރޫމްތަކުގައި ފޯނު ގެންގުޅުން މަނާކޮށް ބިލެއް ފާސްކޮށްފައި.
27 އޯގަސްޓް 2025 - 20:06
ދެކުނު ކޮރެއާގައި، ފޯނާއި ސްމާޓް ޑިވައިސްތައް ކްލާސް ގަޑީގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް މިއަދު ފާސްކޮށްފި އެވެ.
ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ފޯނާ ދުރުކުރުމަށް ގައުމުތަކުން ފިޔަވަޅު އަޅަމުން އަންނަ އިރު އެ ލިސްޓުގައި ހިމެނުނު ދެކުނު ކޮރެއާގައި ފާސްކުރި ބިލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ މާޗް މަހު ފަށާ ދިރާސީ އަހަރާ އެކުގަ އެވެ. މިއީ ސްމާޓްފޯން އެޑިކްޝަންގެ ސަބަބުން ކުދިންނަށް ކުރަމުންދާ ނޭދެވޭ އަސަރާ ދެކޮޅަށް ގައުމުގެ މައި ސިޔާސީ ދެ ޕާޓީ އެކުވެގެން ކުރި މަސައްކަތުން ފާސްކުރި ބިލެކެވެ.
ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި ބެލެނިވެރިން ވެސް ބުނެފައިވާ ގޮތުގައި ސްމާޓްފޯންގެ ސަބަބުން ކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރުކޮށް، އެ ކުދިން ކިޔެވުމުގައި ހޭދަކުރެވޭނެ އެތައް ވަގުތެއް ފޯނާ އެކު ހޭދަކުރަމުންދެ އެވެ.
ނަމަވެސް މި ގާނޫނު ތަންފީޒުކުރާނެ ގޮތަކާއި އޭގެ ނަތީޖާއާ މެދުގަ އާއި ގާނޫނެއްގެ ކުރިން ކުދިން ސްމާޓްފޯނަށް ދެވިހިފާ ސަބަބުތައް ނައްތާލަން މަސައްކަތް ނުކުރުން ފަދަ ކަންކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ.
މަޖިލީހުގެ 163 މެންބަރުންގެ ތެރެއިން 115 މެންބަރަކު ބިލަށް ތާއީދުކޮށް ވޯޓު ދެއްވި އެވެ.
ދެކުނު ކޮރެއާގެ ގިނަ ސްކޫލްތަކުގައި މިހާރު ވެސް ސްމާޓްފޯން މަނާކުރުމަށް އެކި އުސޫލުތައް ހަދާފައިވެ އެވެ. އަދި އެ ގައުމުގައި ނޫނަސް އެހެން ބައެއް ބައެއް ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.
ފިންލޭންޑާއި ފްރާންސް ފަދަ ބައެއް ގައުމުތަކުން ވަނީ ފޯނު ބޭނުންކުރުން ކޮންމެވެސް މިންވަރަކަށް މަނާކޮށްފަ އެވެ. އެ ގައުމުތަކުގައި އޮންނަޏީ ހަގު ދަރިވަރުންނަށް ސްކޫލްތަކުގައި ފޯނު ބޭނުންކުރުން މަނާކޮށްފަ އެވެ. ނަމަވެސް އިޓަލީ، ނެދަލޭންޑްސް އަދި ޗައިނާ ފަދަ ގައުމުތަކުން ވަނީ ހުރިހާ އުމުރުފުރައެއްގެ ސްކޫލްތަކެއްގައި ވެސް ފޯނު ބޭނުންކުރުން މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައިނީސް
28 August 2025
ފުރަތަމަ ހުއްދަ ދިނީ ކީއްކުރަން ހޭ!
ހުސައިން
28 August 2025
80% ތާއީދު، މިއީ ކޮންޓްރޯލް ކުރަންޖެހޭކަމެއް. މިއީ ރާއްޖޭގައިވެސް ކުރަންޖެހިފައިވާ ކަމެއް
ނޭނގޭ
28 August 2025
މިހާރުވެސް ދަރިވަރުން ސްކޫލަށް ފޯނު ގެނައުމަކީ މަނާކަމެއް. އޭލެވެލް ހަދާ ދަރިވަރުންނަށް ބައެއް ސްކޫލުތަކުގައި ހުއްދަ ދީފައިވާނެ. އެކަމަކު ކުލާސް ގަޑީގައި ހުއްދައާނުލާ ބޭނުމެއް ނުކުރެވޭނެ